Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މައުމޫން ކުށުން ބަރީޢަ ވެއްޖެ
  • ޚަބަރު

މައުމޫން ކުށުން ބަރީޢަ ވެއްޖެ

admin January 22, 2026
2609BB54-B0F8-4D74-8349-65279C420164

ރިޝްވަތު ހިފުމުގެ މައްސަލައިގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މައުމޫނުގެ މައްޗަށް އުފުލި ދައުވާގެ ތެރެއިން 5 ދައުވާއެއް ސާބިތުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ގަސްދުކުރާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. 

ރިޝްވަތު ހިފުމުގެ މައްސަލައިގައި ޢަބްދުﷲ މައުމޫނަށާއި އޭނާގެ ޢާއިލާ ބައެއް ފަރާތްތަކާއި އޭނާއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް 2024ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18ވަނަ ދުވަހު ހުށަހެޅިއެވެ.

މި މައްސަލާގައި ޢަބްދުﷲ މަޢުމޫންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ، އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޖުމްލަ 7 ދަޢުވާކޮށްދިނުމަށް ޕީޖީ އޮފީހުން ހުށަހެޅިއެވެ. 

ޕީޖީ އޮފީހުން އޭރު ވިދާޅުވީ މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ޢަބްދުﷲ މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުޢާމަލާތުގެ ތެރޭގައި އޭނާ ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގާފައިވާކަން ތަހްޤީޤުތަކުން ހާމަވާ ކަމަށެވެ. އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ ޢާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާކަން ތަހުގީގުތަކަށް ފާހަގަވާކަމަށްވެސް ވިދާޅުވިއެވެ. 

މި މައްސަލައިގައި ޕީޖީ އޮފީހުން ޢަބްދުﷲ މައުމޫންގެ މައްޗަށް 7 ދައުވާއެއް އުފުލި ނަމަވެސް 5 ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި 5 ދަޢުވާ ސާބިތުނުވާކަމަށް ނިންމީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ކުރުމެއްނެތި، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ. 

އެހެންކަމުން، ސާބިތުނުވާކަމަށް ކަނޑައެޅުއްވި 5 ދަޢުވާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޤަޞްދުކުރައްވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން ކަމަށާއި، އެ ރިޕޯޓް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ. 

މި މައްސަލާގައި ޢަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 2 ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، 12 އަހަރާއި، 9 މަހާއި، 18 ދުވަހަށް ޖަލަށްލުމަށް 29 ސެޕްޓެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

8 މިލިއަން ރުފިޔާ ދައުރުކުރި ބިދޭސީ މީހާގެ ޝަރީއަތް ހިންގަން ޕީޖީއަށް ފޮނުވައިފި

އެމެެރިކާ އަށް އިތުބާރު ނުކުރަން މިފަހަރު ގޮވައިލީ ސީދާ އެމެރިކާއިން

ލަންކާ ރައްޔިތުންނަށް ވިސާ ދިނުން ހަރުކަށިކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް!

Continue Reading

Previous: 48 ގަޑިއިރުތެރޭ ރޯދަ ހަދިޔާ ބަހަން ފަށާނެ
Next: ވަޒީފާގެ ވާޖިބު އަދާކުރައްވަނިކޮށް ނިޔާވި އެމްޕީއެލް މުވައްފުގެ ޢާއިލާ އަށް ރައީސްގެ ތަޢުޒިޔާ

Related Stories

35E44987-6A40-462D-A332-85931DE677BA
  • ޚަބަރު

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

admin February 10, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
FA8388C0-E3CF-42B1-8A30-D68AB76B335A
  • ރިޕޯޓް
  • ޚަބަރު

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.