“ހަރުކަށި” ފިކުރާއި ދެކޮޅަށޭ ކިޔައި މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން އުޅެނީ ކޯލިޝަނެއް ހަދާށެވެ. އެ ކޯލިޝަންގެ މެމްބަރުންގެ ތެރޭގައި އިންޑިއާ، ގްރީސް، ސައިޕްރަސް އަދި މިވަގުތަށް ނަން ސިއްރު ކޮށްފައިވާ ޢަރަބި ޤައުމުތަކާއި، އެފްރިކާ އަދި އޭޝިއާގެ ޤައުމުތައް ހިމެނެއެވެ.
ވެގެން އުޅޭ ގޮތަކީ އިސްރާއީލުގެ ޒައެނިސްޓުން ފަލަސްޠީނުގެ މުސްލިމުން ކަތިލަމުން ޝަހީދު ކުރަމުން ދާތީވެ އީރާނާއި ލުބުނާނާއި ޔަމަނުގެ ގްރޫޕްތަކުގެ ނުރައްކާ އިސްރާއީލަށް އޮތުމެވެ. މިކަމުން ސަލާމަތް ވުމަށް ޓަކައި އިސްރާއީލުން މިހާރު ކޯލިޝަނެއް ހަދަން ހިފީއެވެ.
އެމިހުންގެ އަމާޒަކީ އެމީހުން ބުނާ ފިކުރާއި ދެކޮޅަށް މަސައްކަތް ކުރުމެވެ. އެގޮތުން ސުންނީ މުސްލިމުންނާއި އަދި ޝީޢީންނާއި ދެކޮޅަށް މި ކޯލިޝަނުން މަސައްކަތް ކުރާނެ ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުނެފައި ވެއެވެ.
