Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ވެމްކޯއިން ޕެންޝަން ޖަމާނުކުރާ ކަމަށް ބުނެ ފަތުރަނީ ދޮގެއް
  • ޚަބަރު

ވެމްކޯއިން ޕެންޝަން ޖަމާނުކުރާ ކަމަށް ބުނެ ފަތުރަނީ ދޮގެއް

admin May 11, 2025
mujj

ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކޮށް 8 މަސް ދުވަސް ވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދާ ހަމައަށް ވެސް އެ ކުންފުނިން އަންނަނީ މުވައްޒަފުންގެ ޕެންޝަން ފައިސާ ދައްކަމުން ކަމަށާއި ޕެންޝަން އޮފީހާއި އެ ކުންފުންޏާއި ދެމެދު ވާހަކަ ދެކެވި، ޖެހިފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.

ވެމްކޯގެ މާލީ ހާލަތަށް ބަލާއިރު، ކުންފުނީގެ ހަރަދުތަކާއި މުވައްޒަފުންގެ މުސާރަ ހަމަޖައްސަމުންދަނީ ކުންފުންޏަށް ލިބޭ އާމްދަނީއަކުން ވެފައި، ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ގިނަ ތަންތަނުން ނުލިބޭ ކަމާއި، އެގޮތުން މާލޭ ސިޓީ ކައުންސިލުން މިހާރުވެސް ދައްކަން ޖެހި ނުދައްކާ 66 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށް ވެމްކޯ އިން ބުނެއެވެ.

އަދި މިވަގުތު މުވައްޒަފުންގެ މުސާރަ އާއި ޕެންޝަން ފައިސާގެ ކަންކަމާ ގުޅިގެން ޕެންޝަން އޮފީހާ ވާހަކަ ދައްކައިގެން ފަސޭހަ އިންތިޒާމަކުން ފައިސާ ހަލާސްކުރެވޭނެ ގޮތަކަށް ދެފަރާތުން އެއްބަސްވެވިފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ. އެގޮތުން އެއްވެސް މުވައްޒަފެއްގެ ޕެންޝަން ހައްގަށް އުނިކަމެއް ނާންނާނެހެން ފައިސާ ދެއްކުން ރޭވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ވެމްކޯއިން ވަނީ މުވައްޒަފުންނަށް އޮޅޭނެހެން އަދި މުވަޒަފުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭނެ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ އެކަން ކުށްވެރިކޮށް، އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ބިދޭސީންނާއިމެދު ގޯސްކޮށް ޢަމަލުކުރާ ފަރާތްތައް މިއަދުން ފެށިގެން ޖޫރިމަނާ..!

ރައީސްގެ ވަޢުދާއި އެއްގޮތަށް 24 ގަޑިއިރު މުދާ ކްލިއާ ކުރާގޮތަށް ހަދައިފި

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނުގައި ބައިވެރިވޭ

Continue Reading

Previous: ޙައްޖު މިޝަންގެ މެމްބަރުންނާއި اسلامىކަންތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި
Next: ބަނގްލަދޭޝްގެ ސަރުކާރުން ހަސީނާގެ ޕާޓީ “ކަފުންކޮށްފި”

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.