Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ސީޝެލްސްއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އަރުވައިފި
  • ޚަބަރު

ސީޝެލްސްއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އަރުވައިފި

admin January 20, 2026
jhbknm-750x375

ރާއްޖެއިން ސީޝެލްސްއަށް ކަނޑައެޅުއްވި އައު ސަފީރު މަސްޢޫދު އިމާދު، އެޤައުމުގެ ރައީސް ޑރ. ޕެޓްރިކް ހަރމިނީއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.ސީޝެލްސްގެ ވެރިރަށް ވިކްޓޯރިއާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސަފީރު މަސްޢޫދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެޤައުމުގެ ރައީސަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިއްޔާ އަރިސްކުރައްވާފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި، ސީޝެލްސް ސަރުކާރުން ވިދާޅުވި ހޫނު މަރުޙަބާއަށް ސަފީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޚާއްޞަގޮތެއްގައި ދެ ޤައުމަށްވެސް މުހިންމު ދާއިރާތައް ކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ސަފީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.މި ބައްދަލުވުމުގައި ސީޝެލްސްގެ ރައީސް ޑރ. ޕެޓްރިކް ހަރމިނީ ވަނީ އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ސަފީރު މަސްޢޫދުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން އައު އުސްމިންތަކަކަށް ވާޞިލްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަފީރު މަސްޢޫދު އިމާދު ވަނީ އެޤައުމުގެ ނައިބު ރައީސް ސަބޭސްޓިއަސް ޕިއްލޭގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.މަސްޢޫދު އިމާދަކީ މިވަގުތު ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރެވެ.

ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތު ދެއްވާގޮތުގައި، ސީޝެލްސްގެ ސަފީރުކަމުގެ މަސްއޫލިއްޔަތުތައް މަސްޢޫދު އަދާކުރައްވާނީ ލަންކާގައި ހުންނަވައިގެންނެވެ.

ޒުވާނުންނަށް ތިޔަކޮށްދެއްވާ ކަމަށް ޝުކުރިއްޔާ ރައީސް

75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގޮތަށް ތަސްދީޤު ކުރައްވައިފި

އިސްރާއީލުން މުސްލިމުންނާއި ދެކޮޅަށް ކޯލިޝަނެއް

Continue Reading

Previous: އެއާޕޯޓުގައި މާރާމާރީ ހިންގި ލަންކާ ދެމީހުން އުފުރާލައިފި
Next: ޝައިޚް އަޒީބެ އަށް ސްޓްރޯކެއް ޖެހިއްޖެ، ހެދި ދުޢާ ކޮށްދީ!

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.