Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ގްރީން ޓެކްސް ދެގުނަ އިތުރުވެއްޖެ
  • ވިޔަފާރި

ގްރީން ޓެކްސް ދެގުނަ އިތުރުވެއްޖެ

admin May 1, 2025
IMG_5226

އެއާޕޯޓުގައި ފުލައިޓުތަކެއް؛ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެއްޖެ

އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރު ވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރަށް ވުރެ ގާތްގަނޑަކަށް 6.9 އިންސައްތަ ވަނީ އިތުރު ވެފައެވެ. 

ދައުލަތުގެ ޖުމްލަ އާމްދަނީ 12.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފައެވެ. ގްރީން ޓެކުހުގެ ގޮތުގައި 617.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 361.9 މިލިއަން ރުފިޔާއެވެ.

އެގޮތުން، 24 އޭޕްރިލްގެ ނިޔަލަށް ދައުލަތަށް 12.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާ އެވެ. އެގޮތުން، ދައުލަތުގެ އާމްދަނީގެ ތެރޭގައި ހިމެނެނީ: 
• ޓެކްސް: 9.5 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 9.4 ބިލިއަން ރުފިޔާ)
• ޓެކްސް ނޫން އާމްދަނީ: 2.8 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 1.98 ބިލިއަން ރުފިޔާ)

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) މެދުވެރިކޮށެވެ. އެގޮތުން، ޓީޖީއެސްޓީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ.

މީގެއިތުރުން، ޑިޕާޗާ ޓެކުހުގެ ގޮތުގައި 490.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރު ލިބިފައިވަނީ 380.7 މިލިއަން ރުފިޔާއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ 492.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 389.1 މިލިއަން ރުފިޔާއެވެ. 

މި މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 13.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވި 9.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވި 804.5 މިލިއަން ރުފިޔާ ވެސް ހިމެނެއެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދުގެ މައިގަނޑު ބައިތަކަށް ބަލާއިރު މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށް 3.7 ބިލިއަން ރުފިޔާ އަދި އިދާރީ ހަރަދުތަކަށް 5.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. 

ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް މިހާތަނަށް ވަނީ 1.9 ބިލިއަން ރުފިޔާއިން އަރަނިވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ހުރީ 1.6 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ. އަދި މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓް ގެ އޯވަރޯލް ބެލެންސް ހުރީ 3.5 ބިލިއަން ރުފިޔާއިން އަރަނިވެރިވެފައެވެ.

ދިރާގުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ދީފި

ސަރުކާރުން ޑޮލަރުގެ ކަޅުބާޒާރަށް ލޮޅުން އަރުވާލަނީ

އެސްޓީއޯގެ ބަންކަރިން ޚިދުމަތުން 7.4 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިއްޖެ

Continue Reading

Previous: ކުޅުދުއްފުށީގެ އެއް ޢާއިލާއެއްގެ ދެ އަންހެނުން ހައްރުކޮށްފި
Next: ޣައްޒާ މަންމައެއްގެ ރުއިމާއި އާދޭސް! 

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
6D005774-EF96-4A5E-AEAD-C70D09AC9338
  • ވިޔަފާރި
  • ޚަބަރު

ބޭނުންކުރެވޭ ރިޒާވް 300 ބިލިއަން ޑޮލަރަށް އަރައިފި

admin February 21, 2026
04DDA77C-1405-49D6-A7BF-46D71A87A96C
  • ވިޔަފާރި
  • ޚަބަރު

ޤަބޫލު ކުރިޔަސްނުކުރިޔަސް، ކްރޫޒް ޝިޕްތަކަށް ޓޫރިޒަމް އާއި ގުޅުން ހުރި މުއައްސަސާތަކުގެ އިހުމާލު ބޮޑު

admin February 14, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.