Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޣައްޒާ މަންމައެއްގެ ރުއިމާއި އާދޭސް! 
  • ރިޕޯޓް
  • ޚަބަރު

ޣައްޒާ މަންމައެއްގެ ރުއިމާއި އާދޭސް! 

admin May 11, 2025
IMG_5490

ޣައްޒާގެ އަންހެނެއް އޭނާގެ ދަރިފުޅުގެ އަތުގައި ބޮސްދެމުން ރޮނީ.

އެއީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެގެން ގޮސްފައިވާ، ދުނިޔޭގައި އުއްމީދު ފުނޑުފުނޑުވެފައިވާ  ޣައްޒާގެ މަންމައެއް ކަމަށްވާ ޔާސްމީނެވެ.  ޒުވާން މަންމައެކެވެ.

 ޔަހޫދީންގެ ވަޒަންތަކާއި، އުންޑަތަކާއި، އަލިފާނުގެ ބޮންތަކުން ސަކާމަތްކުރުމަށް ޔާސްމިން ތާއަބަދު ލޮލުފިިޔަ ޖަހާނުލައި އިންނަނީ އޭނާގެ 4 މަހުގެ ތުއްތު އަންހެން ކުއްޖާ އައިލާ އަށްޓަކައެވެ.  2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އުފަންވި އައިލާއަށް ބިރުވެރިކަމާއި ބަނޑުހައިހޫނުކަމާއި ފަނާވެފައިވާ ޣައްޒާގެ ފިނި ހިމޭންކަން ނޫން އެހެން އެއްޗެއް އެނގިފައެއް ނުވެއެވެ.

މިއަދު އުމުރުން އެންމެ 25 އަހަރުގެ ޔާސްމީނަށް “މަންމައެއްގެ ލަޤަބު” އެނގިފައިވަނީ  ކޮންމެ ދުވަހަކު ވެސް ބަޔާން ނުކުރެވޭ ދަތިތަކާއި ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިއެއްގެ ގޮތުގައެވެ. އެހެނަސް އޭނާގެ އަތުގައި  ބަޑިއެއް ނެތެވެ. ބޮމެއ ، ޓޭންކަރެއ  ނެތެވެ. އެތަކެއްތިން މިއަދު ވަނީ އޭނާ ވަށާލާފައެވެ. ހުރިހާ ފަރާތަކުންނެވެ.

އެހެނަސް، އޭނާގެ ހުވަފެނަކީ ސާދާ ހުވަފެނެކެވެ. އަންހެން ދަރިފުޅު ލޯތްބާއެކު ތަރުބިއްޔަތު ކުރުމާއި، ގާތުންދިނުމާއި، ފަރުވާތެރިކަމާއެކު ތަރުބިއްޔަތު ކުރުމެވެ. އެކަމަކު ޔަހޫދީން ވަނީ މި އަސާސީ ހުވަފެންތައް ވެސް ޔާސްމީނު އަތުން ވަގަށް ނަގާފައެވެ.

“އަހަރެން މަސައްކަތް ކުރަނީ ގާތުން ކިރުދޭން” ޔާސްމީން ބުންޏެވެ، “އެކަމަކު އަހަރެން ވަރަށް ބަލިކަށިވެއްޖެ. އަހަރެންނަށް ކިރިޔާ  ދުވާލަކު އެއްފަހަރު ކާން ވެސް ލިބެނީ.” ކާނާ ލިބުން ދަތިވެ ބަނޑަށްޖެހިފައިވުމާއި، ސްޓްރެސް އާއި، ކެތްތެރިކަމެއް ނެތް ބިރުވެރިކަމުގެ ސަބަބުން އޭނާގެ ބާރު ފޭރިގަނެފައިވާ އުމުރުން 25 އަހަރުގެ ޔާސްމީނާއި ބެހޭގޮތުން ފޮނުވި ޑޮކިއުމެންޓަރީއެއްގައި ޔާސްމީނު ބުނި ކަމަށް ރިޕޯޓަރު އިނގިރޭސީން ބުނި އަޑު އަހުރެން އެހީމެވެ.

މަންމަމެންގެ ދުވަސް މިއަދު ފާހަގަކުރާއިރު ޔާސްމީނަކަށް ގާތުންވެސް ނުދެވެއެވެ. އޭނާގެ ހަށިގަނޑުން ދަރިފުޅު އައިލާއަށް ފައިބާން ހުންނަ ޤުދުރަތީ ކާނާ ވަނީ  ހިކިފައެވެ. އެހެންކަމުން ދެން މިޖެހެނީ ފޯމިއުލާއަށް އެނބުރޭށެވެ. އެކަމަކު އޭގެ ކުޑަ ދަޅެއް ވެސް މި ލިބެނީ 6  ޑޮލަރަށެވެ.  އޭނާގެ އަތުގައި އެ ފޯމިއުލާ ދަޅު ގަންނާނެ ފައިސާއެއް ނެތެވެ.

ހުރިހާ އެއްޗެއްގެ ތެރެއިން އެންމެ މުހިންމު ބޭނުން ކަމަށްވާ ފެނަކީ މިއަދު ޣައްޒާގެ މަދު ބަޔަކަށް ނޫނީ ނުލިބޭނެ ޚަޒާނާއެކެވެ. ކޮންމެ ދުވަހަކުވެސް ޔާސްމީންގެ ފިރިމީހާ އިރުއެރުމުގެ ކުރިން ނުކުމެގެން ދަނީ ބޮންތަކުން ފުނޑުފުނޑުވެފައިވާ ޣައްޒާއިން ނުކުމެ ފެންފޮދެއް ހޯދާށެވެ. އޭނާ އެނބުރި އަންނަނީ ކިރިޔާ ބޭނުންކުރެވޭ ވަރަށް ލޮނު ގަދަ ފެން ހިފައިގެންނެވެ. ކައްކަނީ އެ ފެނުންނެވެ. ބޮނީ އެ ފެނެވެ. ލޮނުކަން ގަދަ ފެނެވެ. އެ ބޮއެފައި ރުއިން ނޫން ކަމެއް ނެތެވެ.

ޔާސްމީންގެ ފިރިމީހާ އުޅެނީ ބަޒީފާގައެއް ނޫނެވެ. ޢާމްދަނީ ލިބެން ނެތް މަސައްކަތަކަށް އޮންނާނީ ކޮން ވަޒީފާއެއް ހެއްޔެވެ؟  ވަޒީފާ

އެމީހުން އުޅެނީ މެދުނުކެނޑި ބިރުވެރިކަމުގެ ތެރޭގައެވެ. ކޮންމެ ރެއަކުވެސް ބޮމުގެ އަޑާއި އެކު މުޅި ސަރަޙައްދު ހީވަނީ ފުނޑުފުނޑުވެގެން އުޑު ވެސް ބޯމައްޗަށް ވެއްޓޭހެންނެވެ.  ބިއްލޫރިތައް ދަނީ ތަޅަތަޅައިގެންނެވެ. ފާރުތަކުގައި ދަނީ ރެނދުލަމުންނެވެ. ޔާސްމީނަށް ކުރެވޭހާވެސް ކަމަކީ ބުރައިގެންދާ ގާކޮޅުތަކާއި ކުނޑިތަކާއި އެތިއެތިކޮޅުތައް ދަރިފުޅު އައިލާގެ ގައިގައި ޖެހި އެފަކީރު މަރުވެދާނެތީވެ ޝީލްޑަކަށް ނުވަތަ އައްޑަނަޔަކަށް ވެގެން ހުރެ އެކުއްޖާ ސަލާމަތްކުރުމެވެ.

ޣައްޒާގައި ކޮންމެ ދުވަހަކު ގާތްގަނޑަކަށް 180 އަންހެނުން ވިހާއިރު އެ މަންމަމެންނަށް ހޮސްޕިޓަލުން ދޭނެ ބޭހެއް ނެތެވެ. ބޭސް ހުސްވެއްޖެއެވެ.  ޔާސްމީން ފަދައިން މަންމަމެންތައް ދިރިއުޅެނީ އެމީހުން ވިހެއި  ކުދިކުދި ފުރާނަތައް ހިމާޔަތް ކުރުމުގައި އަވަދިނެތިއެވެ.

ރައީސްގެ ކޮމިޝަނަށް ބަދަލުތަކެއް

މެލޭޝިއާގެ ވިފަޔާރިތަކަށް ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމުގެ ދައުވަތު

އެޕްސްޓީން ފައިލްސް: ކަޢުބަތުالله ގެފުޅުގެ ކިސްވާ ވެސް އޭނާ އަށް ލިބުނު

Continue Reading

Previous: ގްރީން ޓެކްސް ދެގުނަ އިތުރުވެއްޖެ
Next: ޙައްޖު މިޝަންގެ މެމްބަރުންނާއި اسلامىކަންތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.