Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ދިރާގުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ދީފި
  • ވިޔަފާރި
  • ޚަބަރު

ދިރާގުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ދީފި

admin February 2, 2026
3CCE9D1B-F686-44C4-94D9-E724CC4F6FBD

2025 ގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ބައިވެރީންނަށް ސެޓްފިކެޓް ދީފިއެވެ.

ކޮންމެ އަހަރަކު ވެސް ދިރާގުން ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިޔަށްގެންދާތާ ވަނީ 16 އަހަރު ވެފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޒަމާންވީ އިތުބާރު ހުރި ކުންފުނި ކަމަށްވާ ދިރާގުން މިއަދު ބުނީ މި ޕްރޮގްރާމްގެ ދަށުން ފާއިތުވި އަހަރު ޖުމުލަ 15 ބައިވެރިން ދަސްވެނި ވެ ސެޓްފިކެޓް ހާސިލުކުރި ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ ބޯޑު އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް ދޭ އިސްކަމުގެ ދަށުން އެ ކުންފުނިން ހިންގާ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމް ކަމަށް ދިރާގުން ބުންޏެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފުކުރި އެފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވެސް އެ ކުންފުނިން ބުނެއެވެ.

2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވިދިވިދިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމުލަ 312 ޒުވާނުން އެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ރައީސްގެ ވަޢުދާއި އެއްގޮތަށް ވެލިދުއަށް ސީޕްލޭން ދަތުރުތައް ފަށައިފި

ޝިއުނާ ދަންޖައްސާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ ބަލަނީ

އިނގިރޭސި ސަފީރު އިސްލާމް ވެއްޖެ

Continue Reading

Previous: އެއާޕޯޓު ކުންފުނީގެ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ކާމިޔާބު ކަމާއި އެކު ނިންމާލައިފި
Next: އެޕްސްޓީން ފައިލްސް: ކަޢުބަތުالله ގެފުޅުގެ ކިސްވާ ވެސް އޭނާ އަށް ލިބުނު

Related Stories

35E44987-6A40-462D-A332-85931DE677BA
  • ޚަބަރު

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

admin February 10, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
FA8388C0-E3CF-42B1-8A30-D68AB76B335A
  • ރިޕޯޓް
  • ޚަބަރު

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.