Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުން ނަވީނަށް
  • ޚަބަރު

ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުން ނަވީނަށް

admin April 26, 2025
Screenshot_20250426-205454
  • ނަވީނާ ވަގުތީގޮތުން ޒިންމާތައް ހަވާލުކުރެއްވީ ސީޕީގެ މަޤާމުން ޝުޖާޢު އިސްތިއުފާ ދެއްވުމުން
  • ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 7 ޖުލައި 1994 ގައި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޢަލީ ޝުޖާޢު އިސްތިޢުފާ ދެއްވުމާގުޅިގެން، ފުލުހުންގެ މުއައްސަސާ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި ޙަވާލުކުރައްވައިފިއެވެ.

Ginger Shot

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޢަލީ ޝުޖާޢު އެ މަޤާމުން އިސްތިޢުފާދެއްވާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން މިވަގުތު އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަޙުޤީޤުގެ މަސައްކަތްކަމަށްވެފައި މި ތަހުޤީގެ ކަންކަމާއި އެންމެ އިސްކޮށް ހަވާލުވެހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީންކަމަށެވެ. އެހެންކަމުން ކަމިޝަނަރ އޮފް ޕޮލިސްކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަނޑައަޅުއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 7 ޖުލައި 1994ގައެވެ. ނަވީން ވަނީ ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 31 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަޙުޤީޤީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ނަވީން ޢައްޔަންކުރައްވާފައިވަނީ 16 ފެބްރުއަރީ 2024 ގައެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް ނަވީން ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސަރވިސަސް ޑައިރެކްޓްރޭޓްގެ މަޤާމުގައެވެ.

ދިވެހިންގެ މައިބަދައަކީ ދިވެހިބަސް: ރައީސް

2007 ގެ ފަހަތަށް ދުންފަތް މަނާވެއްޖެ

އިސްރާއީލް ޕާސްޕޯޓް މިއަދު މަނާކުރާނެ

Continue Reading

Previous: ސަރުކާރުގެ ޚަރަދުގައި ޔުމްނު ބޭސްފަރުވާއަށް ދާދި ދެންމެއަކު މެލޭޝިއާއަށް ފުރުވާލައިފި
Next: ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް: ފޯރިއާއެކު މެޗުތައް ކުރިއަށް

Related Stories

397995_d296cc1f-8_-1536x1024
  • ޚަބަރު

އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ: ރައީސް

admin May 16, 2025
images (1) (3)
  • ޚަބަރު

ސަމާލުވޭ! ކެންސަރު ފަރުވާއޭ ބުނެ ބޮޑު ފޭކެއް!!!

admin May 15, 2025
491788612_1982428075618646_7354024399840022708_n
  • ޚަބަރު

މަޤާމުތަކުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ޤާނޫނު އިޞްލާޙުކުރަން ޖެހޭ: ރައީސް

admin May 15, 2025

އިޝްތިހާރު

Advertisement
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.