Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް: ފޯރިއާއެކު މެޗުތައް ކުރިއަށް
  • ކުޅިވަރު

ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް: ފޯރިއާއެކު މެޗުތައް ކުރިއަށް

admin April 26, 2025
big_2lKICgGV2nVLQQZYMo29bxROG

މިހާތަނަށް އެންމެ ގިނަ ޓީމު ވާދަކުރާ ބީޗް ހޭންޑްބޯޅަ މުބާރާތް ކަމަށްވާ “ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް 2025” ގައި މިއަދުވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން ދެ ޑިވިޝަނުން ޖުމްލަ އަށް މެޗު މިއަދުވެސް ފެނިގެންދިޔައެވެ.

މިއަދު ކުރިއަށްދިޔަ މެޗުތަކަށް ބަލާއިރު، އަންހެން ޑިވިޝަނުގައި ކީންސް އެސްސީއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ރެޑް ހޯކްސްއެވެ. އަދި ކުލަބު ހުޅާ ވާދަކޮށް އެފްޖީއެސް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މީގެ އިތުރުން ރެޑް ހޯކްސް ވަނީ ޒެފީރްސްއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އެއަށްފަހު ކިނާން އަދި ކުލަބު ހުޅު ވާދަކޮށް އެއްވަރުވި މެޗު، ކިނާންއިން ކާމިޔާބުކޮށްފަވަނީ ޝޫޓްއައުޓްއަށް ގޮސްގެންނެވެ. އަންހެން ޑިވިޝަނުގައި ފެނުނު ފަހު މެޗަކީ ބަޓަރފްލައިސް އާއި ކުލަބު ޒެފްރޯލް ވާދަކުރި މެޗެވެ. މި މެޗު ބަޓަރފްލައިސް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އެންމެ ފުރަތަމަ ވާދަކުރީ ފިއޯންޓީ އާއި މައިލޯ ސިޓީއެވެ. މި މެޗު މައިލޯ ސިޓީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ސަދާން އެފްސީއާ ބައްދަލުކުރި މެޗު ބޮންތިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެއަށްފަހު ޒެފީރްސްއާ ވާދަކޮށް ފިއޯންޓީން ވަނީ 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. ފިރިހެން ޑިވިޝަނުގެ ފަހު މެޗުގައި ކުލަބު ހުޅާ ވާދަކޮށް ގޯޓް އެސްސީން މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތަކީ ވެސްޓް އެންޑް ސްޕޯޓްސް ކުލަބާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ދެ ޑިވިޝަން ހިމެނޭހެން ޖުމްލަ 24 ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ފައިނަލް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުއެވެ.

ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއަށް ކޯޗަކު ހޯދަނީ

ވެލެންސިއާ ކިބައިން ގްރީނުން ބަދަލު ހިފައިފި

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

Continue Reading

Previous: ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުން ނަވީނަށް
Next: ގައުމީ ވޮލީ ލީގު: ޕޮލިހުން ލީގު ހޯދުމާއި ގާތަށް

Related Stories

130EDBC0-6EB7-4529-A323-CFFB8D960E09
  • ކުޅިވަރު

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

admin February 5, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
D9AFF373-B457-41CB-BFF4-5A4961CA3CC0
  • ކުޅިވަރު
  • ޚަބަރު

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

admin January 30, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.