Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރާއްޖޭގެ އެއްވެސް އެއާޕޯޓެއް މިސަރުކާރުން ބޭރުބަޔަކަށް ނުދޭނެ: ވަޒީރު
  • ޚަބަރު

ރާއްޖޭގެ އެއްވެސް އެއާޕޯޓެއް މިސަރުކާރުން ބޭރުބަޔަކަށް ނުދޭނެ: ވަޒީރު

admin January 2, 2026
IMG_8989


ރާއްޖޭގެ އެއާޕޯޓުތައް ހިންގުން ބޭރުގެ ޤައުމުތަކާއި ޙަވާލު ނުކުރާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީއާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުމަށް އިންޑިއާގެ ކުންފުންޏަކަށް ދޭން އުޅޭ ކަމަށް ބުނެ އެ ގައުމުގެ ނޫސްތަކުގައި ދަނީ ހަބަރު ފަތުރަމުންނެވެ.

އިންޑިއާގެ “ދަ ހިންދޫ” އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހިންގުމާ ހަވާލުވެދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް ބުނެފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއްކަމަށް ކަމަށާއި، ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ އަދި ދާހިލީ ހުރިހާ އެއާޕޯޓުތަކެއް ހިންގާ ބަލަހައްޓަމުންދަނީ، މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީން ހުއްދަދީފައިވާ ދިވެހި އޮޕަރޭޓަރުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލުން އޭ 320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއާޕޯޓުގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. މި އޭޕްރަންގައި އެއްފަހަރާ އެއަރބަސްގެ 3 ބޯޓާއި، އޭޓީއާރުގެ 6 މަތިންދާ ބޯޓު ޕާކު ކުރެވޭނެއެވެ. މިއެއާޕޯޓުގެ ވަނީ، 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް ތަރައްޤީކޮށްފައެވެ.

އެމެރިކާ އާއި އިސްރާއީލުގެ 3000 އެޖެންޓުން އީރާނުން ހައްޔަރުކޮށްފި

ޣައްޒާ ސަރުކާރުގައި ބައިވެރިވާން ބޭނުން ނަމަ 1 ބިލިއަން ޑޮލަރު ގެނޭ: ޓްރަމްޕް

ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ

Continue Reading

Previous: ބަލި މީހުން ރާއްޖެއިން ބޭރަށް ފޮނުވުމުން ޤައުމީ ސިއްޙީ ޚިދުމަތް ބަލިކަށިވޭ
Next: ދެމަސްތެރޭ 243 ވަރި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.