Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއަށް ކޯޗަކު ހޯދަނީ
  • ކުޅިވަރު

ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއަށް ކޯޗަކު ހޯދަނީ

admin April 20, 2025
IMG_4971

ތިން މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗަކާއި، ކޯޗިން ސްޓާފުން ހޯދަން އެފްއޭއެމުން އިއުލާންކޮށްފި އެވެ.
ގައުމީ ޓީމަށް އެންމެ ފަހުން ކޯޗުކޮށްދިން އަލީ ސުޒޭނުގެ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ.
އެފްއޭއެމުން ގައުމީ ޓީމަށް އާ ކޯޗެއް މި ހޯދަނީ ޖޫން މަހު ސްރީ ލަންކާގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށެވެ. އެފްއޭއެމް މިހާރު ހިންގަމުން އަންނަ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ވެސް ޖުލައި މަހު ހަމަވާނެ އެވެ.
އެހެންވެ ބެލެވޭ ގޮތުގައި އެފްއޭއެމްގެ ވިސްނުމަކީ އޭގެ ފަހުން ހަވާލުވާ ބަޔަކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގެ ދަށުން ގައުމީ ޓީމަށް ކޯޗަކު ހޯދަން ފުރުސަތު ދިނުމެވެ.
ސަރުކާރުގެ ގެޒެޓުގައި އެފްއޭއެމުން ކުރި އިއުލާނުގައި ހޯދަން ޖަހާފައިވަނީ ހެޑްކޯޗުގެ އިތުރުން އެސިސްޓަންޓް ކޯޗު، ގޯލްކީޕަރު ޓްރެއިނަރު، ފިޒިކަލް ޓްރެއިނަރު، އަދި ޓީމު ޑޮކްޓަރެވެ.
ކޯޗުގެ ޝަރުތުތަކުގެ ތެރޭގައި ދަށްވެގެން އޭއެފްސީ/ޔުއެފާ ޕްރޯ ލައިސަންސް ނުވަތަ އެ ފެންވަރުގެ ޕްރޮފެޝަނަލް ކޯޗިން ލައިސަންސްއެއް އޮތުން ހިމެނެ އެވެ. ސީނިއާ ޕްރޮފެޝަނަލް ފެންވަރު ނުވަތަ ގައުމީ ޓީމެއްގެ ހަ އަހަރުގެ ތަޖުރިބާ ހުރުން ވެސް ޝަރުތަކަށް ޖަހާފައިވެ އެވެ.
އެފްއޭއެމުން ކުރިން އާއްމުކޮށް ގައުމީ ޓީމަށް ކޯޗުން ނަގަނީ ޓެކްނިކަލް ކޮމިޓީ މެދުވެރިކޮށެވެ. އެކަމަކު ބައެއް ފަހަރު ބޭރު ކޯޗުން ހޯދަން ފީފާގެ ވެބްސައިޓުގައި އިއުލާން ޖަހަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވީ މި ފަހަރު ސީދާ ކޯޗެއް ނެގުމުގެ ބަދަލުގައި އިއުލާންކުރީ، ވީހާ ވެސް ހަމަހަމަކޮށް އެކަން ގެންދަން ކަމަށާއި، މިގޮތަށް ހުޅުވާލުމުން މާ ރަނގަޅު ކޯޗެއް ލިބިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
“ކުރިމަތިލާ މީހުންގެ ތެރެއިން ކޯޗަކު ހޮވާނީ ޓެކްނިކަލް ކޮމިޓީން މި ފަހަރު ވެސް،” ޝުޖާއު ވިދާޅުވި އެވެ.
ގައުމީ ޓީމަށް ކޯޗަކު ނެގިޔަސް، މުބާރާތެއް ނެތުމުން، ޓީމު ނެގުމުގައި އުނދަގޫތަކާ ކުރިމަތިވާނެ އެވެ. ފީފާގެ އެންގުމަށް ދިވެހި ޕްރިމިއާ ލީގު ފަސްކޮށް އެފްއޭއެމުން މިހާރު މަސައްކަތްކުރަމުން އަންނަ ކުރު މުބާރާތެއް ބޭއްވުމަށެވެ. އެކަމަކު އަދި އެ މުބާރާތަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.

މާޒިއާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރާއި ގާތްވެއްޖެ

ވެލެންސިއާ ކިބައިން ގްރީނުން ބަދަލު ހިފައިފި

ޙަޤީޤީ ޑިމޮކްރަސީއޮތީ ހުޅަނގުގައެއް ނޫނެވެ

Continue Reading

Previous: ޖާހުގެ އެކައުންޓުގައި ފައިސާހުރިނަމަ ހިފަހައްޓަން އަންގައިފި
Next: ރާއްޖޭގެ ޓޫރިޒަމް ޑުބާއީގައި އިޝްތިހާރުކުރަނީ

Related Stories

130EDBC0-6EB7-4529-A323-CFFB8D960E09
  • ކުޅިވަރު

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

admin February 5, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
D9AFF373-B457-41CB-BFF4-5A4961CA3CC0
  • ކުޅިވަރު
  • ޚަބަރު

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

admin January 30, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.