Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް
  • ކުޅިވަރު

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

admin February 5, 2026
130EDBC0-6EB7-4529-A323-CFFB8D960E09

ގޯލްޑަން ފުޓްސެލް ޗެލެންޖުގެ ކުއާޓާ ފައިނަލުގައި ހއ. މާރަންދޫ ބަލިކޮށް ތ. ތިމަރަފުށި ކުއާޓަ ފައިނަލަށް ދަތުރުކުރިއިރު ކެޔޮދޫ ބަލިކޮށް ދެއްވަދޫ ވެސް ކުއާޓާ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.
ކުއާޓާ ފައިނަލުގައި ތިމަރަފުށި ވާދަކުރަން ޖެހޭނީ ދެއްވަދޫ އާއިއެވެ.

ތިމަރަފުށްޓަކީ ޒޯންގެ ތާރީޚެއް އޮތް މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ރަށެކެވެ. އަނެއްކޮޅުން ދެއްވަދޫ އަކީ މި މުބާރާތުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލި ނުވެ، ގިނަ ގޯލްތަކެއް ޖަހަމުންދާ ޓީމެއްކަން ފާހަގަ ކުރެވެއެވެ.

މިރޭ އޮތް ގަދަ 16 ވަނަ ބުރުގައި ތިމަރަފުށިން މާރަންދޫ ބަލިކުރީ ތިމަރަފުށިން ކުރިހޯދީ 3 ލަނޑު ޖަހައި މާރަންދޫ އަށް ސުން ވެސް ކަނޑުވާދޭން ފުރުޞަތެއް ނުދީއެވެ. ކެޔޮދޫ މައްޗަށް ދެއްވަދޫ ގަދަވީ 2-4 ގެ ނަތީޖާއިންނެވެ.

ދެއްވަދޫގެ މެޗުގައި ފުރަތަމަ ހާފު ނިންމައިލީ 2-0 އިން އެ ޓީމު ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން ދެ މިނެޓު ތެރޭ ކެޔޮދޫ އިން ގޯލެއް ޖެހިޔަސް ދެއްވަދޫއިން ވަނީ އިތުރު ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ 1-4 އަށް ބަދަލުކޮށްފައެވެ. ކެޔޮދޫ އިން ސެވަނަ ގޯލު ޖެހީ މެޗު ނިމެނިކޮށެވެ.

ތިމަރަފުށިން މާރަންދޫ ކޮޅަށް ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށެވެ. ބާކީ ދެގޯލު ޖެހީ ދެވަނަ ހާފުގައެވެ. އޭގެތެރެއިން ފަހުގޯލަކީ މާރަންދޫ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ކުއާޓާ ފައިނަލުގައި ދެއްވަދޫ އާއި ތިމަރަފުށި ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގައެވެ.

ފުޓްސަލްގައި އެންމެ މޮޅީ ދިވެހިން، އެކަމަކު ލަނޑު ޖެހުމުގެ ރޭޓް ދަށް ވާން ފަށައިފި

ރާއްޖޭގެ ޑައިމަންޑް ޖުބިލީއަށް ލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް ދައުވަތު ދީފި

އަރަމުން އަންނަ ތަރި (އުމައިރު މުޢިއްޒު) ނިއު އާއި ގުޅިއްޖެ

Continue Reading

Previous: ޖިންސީ ގޯނާކުރާ މީހުންގެ ޖިންސީ ގުނަވަން ބުރިކުރުމަށް ކަޒަކިސްތާނުގައި މަޝްވަރާ ކުރަނީ
Next: އެމްޑީޕީ ރިޔާސީ ޕްރައިމަރީ: އދ އާއި ލާމުން ބުނަނީ ތިމަންނާމެން ބޭނުމީ ޝަމްހީދޭ

Related Stories

4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
D9AFF373-B457-41CB-BFF4-5A4961CA3CC0
  • ކުޅިވަރު
  • ޚަބަރު

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

admin January 30, 2026
Screenshot-2026-01-20-165223
  • ކުޅިވަރު
  • ޚަބަރު

ފުޓްސަލްގައި އެންމެ މޮޅީ ދިވެހިން، އެކަމަކު ލަނޑު ޖެހުމުގެ ރޭޓް ދަށް ވާން ފަށައިފި

admin January 20, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.