Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރާއްޖޭގެ ޓޫރިޒަމް ޑުބާއީގައި އިޝްތިހާރުކުރަނީ
  • ވިޔަފާރި

ރާއްޖޭގެ ޓޫރިޒަމް ޑުބާއީގައި އިޝްތިހާރުކުރަނީ

admin April 20, 2025
IMG_4973

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އަލަށް ފަށާ މާކެޓިންގ ކެމްޕެއިނެއްގެ ދަށުން، ދުބާއީގެ 100 ޓެކްސީއެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ފެންނާނެ ގޮތަށް އިސްތިހާރުކުރަން ނިންމައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވިދާޅުވި ގޮތުގައި، މި މަހުގެ 28 ވަނަ ދުވަހު ފެށޭ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) އާ ދިމާކޮށް މި ކެމްޕެއިން ފަށާނެއެވެ. “އޭޓީއެމް ކުރިޔަށްދާނީ ހަތަރު ދުވަހުގެ މުއްދަތަކަށް ނަމަވެސް، ދުބާއީގެ ޓެކްސީތަކުގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތް އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާނެ,” ޝިޢުރީ ވިދާޅުވިއެވެ.
މި އިސްތިހާރުތަކުގައި، ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުގެ އިތުރުން، ދާދިފަހުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރުސީއާއެކު ޕާޓްނާޝިޕެއް ގާއިމްކުރި އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓުބޯޅަ ކުލަބުގެ ކުޅުންތެރިންގެ ފޮޓޯ ވެސް ބޭނުންކުރެވޭނެއެވެ.


ދުނިޔޭގެ 160 އަށްވުރެ ގިނަ ޤައުމަކުން ބައިވެރިވާ އޭޓީއެމް ޓްރެވަލް ފެއަރ ކުރިޔަށްދާ ދުވަސްވަރު ފެށޭ މި ކެމްޕެއިނުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އެމްއެމްޕީއާރްސީއިން އުންމީދު ކުރެއެވެ.
މި އައު މާކެޓިންގ ކެމްޕެއިނަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި މިފަދަ އައު އަދި އުފެއްދުންތެރި ގޮތްތަކުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަކީ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެކެވެ.

މި މީހުން ދެން ފެންނާނީ ރިސޯޓް އޯނަރުންގެ ގޮތުގަ

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އިންޑިޔާގައި ބޮޑު ރޯޑް ޝޯއެއް

އެމެރިކާ، ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އޮތީ އަންގާފަ! ސ...

Continue Reading

Previous: ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއަށް ކޯޗަކު ހޯދަނީ
Next: ޝަމްޢާންގެ އިސްތިއުނާފް ހޯމަދުވަހު

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
6D005774-EF96-4A5E-AEAD-C70D09AC9338
  • ވިޔަފާރި
  • ޚަބަރު

ބޭނުންކުރެވޭ ރިޒާވް 300 ބިލިއަން ޑޮލަރަށް އަރައިފި

admin February 21, 2026
04DDA77C-1405-49D6-A7BF-46D71A87A96C
  • ވިޔަފާރި
  • ޚަބަރު

ޤަބޫލު ކުރިޔަސްނުކުރިޔަސް، ކްރޫޒް ޝިޕްތަކަށް ޓޫރިޒަމް އާއި ގުޅުން ހުރި މުއައްސަސާތަކުގެ އިހުމާލު ބޮޑު

admin February 14, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.