Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އިއްޔެ ނިޔާވީ ކުޅިވަރުގެ ޢާއިލާގައި ފިޔަޖެހި ތަރިއެއް
  • ކުޅިވަރު
  • ޚަބަރު

އިއްޔެ ނިޔާވީ ކުޅިވަރުގެ ޢާއިލާގައި ފިޔަޖެހި ތަރިއެއް

admin September 27, 2025
4176D06A-B83D-4C5A-ADDA-CAABC32DA202

ފުޓްބޯޅަ ދަނޑުން ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދައިދިން ޒުވާން ކުޅުންތެރިޔާ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ހިމެނުނު ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) އުމުރުން 36 އަހަރުގައި ފާއިތުވިރޭ ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
އިފުރާ އަށް މިދިޔަ ހޯމަ ދުވަހު ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެ އޭޑީކޭގައި އައީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ އިފުރާ އަށް ޖެހުނު ހެމޮރެޖިކް ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް ލޭ އެޅުނެވެ. ލޭތައް ނެގުމަށް ހޯމަ ދުވަހު ހަވީރު ސާޖަރީއެއް ވެސް ހެދި އެވެ. އެކަމަކު އެއްކޮށް ލޭތައް ސާފުނުކުރެވޭތީއާ އެކު، ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އޭނާ އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި ބާއްވައިފަ އެވެ.
ވެލެންސިއާ އިން ކެރިއަރު ފެށުމަށް ފަހު، މާޒިޔާގައި ވިދާލި އިފުރާ އަކީ، އެ ދުވަސްވަރު ރާއްޖޭގެ އެންމެ އުއްމީދީ ކީޕަރެވެ. އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. އަދި 23 އަހަރުން ދަށުގެ ޓީމާ އެކު އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ވާދަކުރި އެވެ. މީގެ ތެރެއިން އޮލިމްޕިކް ކޮލިފައިންގައި އޭނާ ދެއްކި މޮޅު ކުޅުން ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައިވެ އެވެ.
އިފުރާ ސީނިއާ ޓީމުގައި އެންމެ ފުރަތަމަ ހިމެނުނީ 2007 ގަ އެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއްގައި ގައުމީ ސްކޮޑުގައި މަގާމް ދެމެހެއްޓި އެވެ.

އިފުރާގެ ކެރިއަރުގެ އެންމެ ހާއްސަ ކާމިޔާބަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުމެވެ. އިފުރާ އަކީ އެ ފަހަރު ތަޖުރިބާކާރު ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދާއި، ހަސަން ރަމީޒް (ޓިމޮޓީ) ގެ ފަހަތުން ޓީމުގެ ރިޒާވް ކީޕަރެވެ. އިފުރާ ވަނީ ނިއު ރޭޑިއަންޓާއި، ވިކްޓްރީ އާއި، ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަށް ވެސް ގިނަ އަހަރުތަކެއް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އިފުރާގެ ވަކިވުމަކީ ކުޅިވަރުގެ އާއިލާއަށާއި، ރާއްޖޭގެ ދަނޑުވެހިކަމަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އޭނާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި އެވެ. އާމީން.

ޖިންސީ ގޯނާކުރާ މީހުންގެ ޖިންސީ ގުނަވަން ބުރިކުރުމަށް ކަޒަކިސްތާނުގައި މަޝްވަރާ ކުރަނީ

ވީއައިއޭގައި ހުއްދަނެތި ވިޔަފާރިކުރާ ފަރާތްތައް ފިޔަވަޅު އަޅަނީ

ޓްރަމްޕު ދެކެ ބިރެއް ނުގަނޭ! ބިރުގަންނަނީ ހަމައެކަނި الله އަށް: ޚާމަނާއީ

Continue Reading

Previous: ހުޅުމާލޭ އޯސީސީ ފިހާރައިގެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
Next: ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ސަރުކާރުން ފައިސާ ދެނީ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.