Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދީފި
  • ޚަބަރު

މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދީފި

admin April 20, 2025
IMG_4956

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މަސްވެރިންގެ އަތުން ގަނެފައިވާ މަހުގެ އަގުގެ ގޮތުގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.


ރައީސް ކުރިއަށް ގެންދަވާ ޕޮޑްކާސްޓުގައި އެމަނިކުފާނު ވަނީ މިދައުރުގެ ނިމިދިޔަ ދުވަސްތަކުގައި މަސްވެރިންނަށް ފައިސާ ލިބޭނޭ ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސުމަށް ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ވާހަކަދައްކަވާފަ އެވެ. 

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުވީ ގޮތަށް، 48 ގަޑިއިރު ތެރޭ ފައިސާ ދެވޭ ގޮތަށް ހަމަޖައްސާފައިވާ އިންތިޒާމުގެ ނަތީޖާއެއްގެ ގޮތުން، ކުރީގައި ދޯނިން ފޭބި ޒުވާނުން އަލުން މަސްވެރިކަމާ ގުޅިފައިވާ ކަމަށެވެ. ގަވާއިދުން ފައިސާ ލިބޭނޭ ކަމުގެ އިތުބާރު ޒުވާނުންނަށް ލިބުމުން، ދިވެހި މަސްދޯނިތަކުގައި މަސައްކަތްކުރަނީ ދިވެހިން ކަމުގައި ހެދުމަށް ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލްވުމުގެ މަގުވެސް ތަނަވަސްވެގެން ދާނެ ކަމުގައި ވިދާޅުވި އެވެ.



”މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެންމެ ދުވަހެއްވެސް ވައްޓާނުލައި މަސްވެރިންނަށް ފައިސާ ދެވެމުން އެބަދޭ. މިމުއްދަތުގެ ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވިއްޖެ،” އެމަނިކުފާނު ވިދާޅުވި އެވެ.

މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެކުލަވާލި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާ ކަމަށްވެސް ރައީސް މިއަދު ވަނީ ހާމަކުރައްވާފަ އެވެ. އަދި ވަކިވަކި މަސްވެރިން ދަފުތަރު ކުރެވެމުންދިއުމުން، މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނެ ކަންވެސް ފާހަގަކުރެެއްވި އެވެ.



މަސްވެރިކަމަށް ބޭނުންވާ ކަނދުފައްޗަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ މި ދައުރުގެ މިހާތަނަށް 18 ވަދު ކަނދުފަތި ގާއިމުކުރެވިފައިވާ ކަމަށާއި، ކަނޑައިގެންދިޔަ 21 ކަނދުފަތިވެސް އަލުން ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ރައްކާތެރިކަމަށްޓަކައި ރެސްކިއު ޑައިވިން ކޯސްތައް ހިންގައި، 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީން ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.



މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން ގައުމީ ޔުނިވަސިޓީގެ މޯލްޑިވްސް ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން 45 ދަރިވަރަކަށް ބެޗެލާސް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުލް ސްކޮލާޝިޕްގެ ފުރުސަތު ދެމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުންވެސް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެއްވާނޭ ކަމުގައި ވިދާޅުވި އެވެ.

އ. ކްރިމިނަލް ކޯޓުގެ ދެފަނޑިޔާރުން ނަތަންޔާހޫ ކޮޅަށް އަރައިފި

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނުގައި ބައިވެރިވޭ

ރައީސް ޑރ. މުޢިއްޒަށް ލިބިވަޑައިގެންނެވި ޝަރަފް - މުޅި އޭޝިއާ އިން ވެސް އެމަނިކުފާނަށް އެކަނި

Continue Reading

Previous: އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމެރިކާއަށް އަންގައިފި
Next: އެމް.އެން.ޔޫގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް ޝައިޚް އިސްމާޢީލަށް

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.