Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމެރިކާއަށް އަންގައިފި
  • ޚަބަރު

އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމެރިކާއަށް އަންގައިފި

admin April 19, 2025
Iran US

Iranian Foreign Minister Abbas Araghchi, left, pictured in Tehran, Iran, Tuesday, Feb. 25, 2025 and Steve Witkoff, right, White House special envoy, pictured in Washington, Wednesday, March 19, 2025. (AP Photos Stringer, Mark Schiefelbein)

އެމެރިކާއާއެކު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގައި، އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމެރިކާއަށް އަންގައިފި އެވެ.
އަދި މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއާއި އެކަމަށް ބޭނުންކުރާ އާލާތްތައްވެސް މަދުނުކުރާނެ ކަމަށް އިރާނުން އެމެރިކާއަށް އަންގާފައިވާ ކަމުގައި ރިޕޯޓްތައް ބުނެ އެވެ.

އީރާނުން ބުނާ ގޮތުގައި އެމެރިކާއާއެކު މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ކަނޑައަޅުއްވާފައިވާ “ރަތް ރޮނގު” ހުރަސް ނުކުރާނެ އެވެ.

މި ރަތް ރޮނގަކީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ކަންވެސް އެ ގައުމުން ފާހަގަކޮށްފައިވެ އެވެ.

އީރާނުން ބުނާ ގޮތުގައި 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުގައި އެއްބަސްވެފައިވާ މިންވަރަށްވުރެ ކުޑަކޮށްވެސް ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތްތައް އަލުން މަދުނުކުރާނެ އެވެ. 



މީގެއިތުރުން އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ މިސައިލް ޕްރޮގްރާމާ ގުޅޭ ކަންކަން ނުހިމެނޭނެ ކަމަށްވެސް އެ ގައުމުން ބުންޏެވެ. 



އިޓަލީގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުން ހާމަވެފައިވާ ގޮތުގައި އެމެރިކާއިންވެސް އީރާނުގެ ނިއުކްލިއަ މަސައްކަތްތައް އެއްކޮށް ހުއްޓާލަން ބާރެއް ނާޅަ އެވެ. އެމެރިކާ އިން ބޭނުންވަނީ އަސްކަރީ ބޭނުމަށް ނިއުކުލިއަ ހަކަތަ އުފެއްދިޔަ ނުދޭށެވެ.

އީރާނުން އިތުރަށް ބުނީ ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭނީ މަޝްވަރާތަކަށް އެމެރިކާއިންވެސް “ސީރިއަސް” ވެގެން ކަމަށެވެ.



މަޝްވަރާތަކުގައި އެމެރިކާ ތަމްސީލް ކުރާ ސްޓީވް ވިޓްކޮފް އެކްސްގައި ވިދާޅުވީ އީރާނަށް އެމެރިކާއާއެކު އެއްބަސްވުމެއް ހެދޭނީ ނިއުކްލިއަ ބާރުވެރިކަން އިތުރުކުރާ ޕްރޮގްރާމްތައް މަޑުޖައްސާލުމުން ކަމަށެވެ.

އީރާނުން ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް އެއްބަސްނުވެއްޖެނަމަ އީރާނަށް ހަމަލާދޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކިފަހަރު މަތިން އިންޒާރު ދެއްވަމުންނެވެ.

ރައީސްގެ އެދިވަޑައިގަތުމަށް ތުރުކީން ރާއްޖެއަށް ޒަމާނީ މިލިޓަރީ މަނަވަރެއް

ކޮންމެ އަންހެން ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ޑިޖިޓަލް ހުނަރު ލިބޭނެ މާޙައުލެއް ޤާއިމުކ...

އިންޑޮނޭޝިއާގައި މަތިންދާބޯޓެއް ވެއްޓި އެންމެން މަރު!

Continue Reading

Previous: ޒުވާނުންނަށް ތިޔަކޮށްދެއްވާ ކަމަށް ޝުކުރިއްޔާ ރައީސް
Next: މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދީފި

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.