Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ދިވެހިންގެ މައިބަދައަކީ ދިވެހިބަސް: ރައީސް
  • ޚަބަރު

ދިވެހިންގެ މައިބަދައަކީ ދިވެހިބަސް: ރައީސް

admin April 14, 2025
IMG_4724

ކޮންމެ ދުވަހެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުންކަން ފާހަގަކުރައްވާ މިއަދު ފަހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ ތަޙުނިޔާ ރައީސުލުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުވައިފިއެވެ.

ދުވަހުގެ ތަޙުނިޔާ ފޮނުވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުންކަމަށެވެ. އަދި ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދުތަކާއިއެކު ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

ދިވެހިބަހުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2015 ވަނަ އަހަރުއެވެ. މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑެމީން ކަނޑައަޅުއްވާފައިވަނީ “އިސްކުރާނީ ދިވެހިބަސް” މި ޝިޢާރެވެ.

ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން.

ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް. ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި… pic.twitter.com/ncHeeJxTnj

— Dr Mohamed Muizzu (@MMuizzu) April 14, 2025

ދިވެހިބަސް ދިރުވާ އާލާކުރުމަށާއި ދިވެހި ޤައުމިއްޔަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް އަދުގެ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވައެވެ. އެގޮތުން މިކަމަށް ޚާއްސަކޮށް އުފެއްދެވި ދިވެހިބަހާ ބެހޭ ވުޒާރާއިން އަންނަނީ ޤައުމިއްޔަތު އަލުން އިޢާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ފަށާފައިވާ މަޝްރޫޢުގެ ތެރެއިން މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ޤައުމިއްޔަތުގެ ކޮލެޖެއް އުފެއްދެވުމުގެ މަސައްކަތާއި، ޤައުމީ ޗާޕުޚާނާ އަލުން އިޢާދަކުރުމަށްކުރާ މަސައްކަތާއި، ތަރިކަ ދިރާސާކުރާ ދިރާސާވެރިންގެ ގުރޫޕެއް އުފެއްދެވުމާއި ދިރާސާގެ މަސައްކަތްތައް ފެށުން ހިމެނެއެވެ. މީގެ އިތުރުން ދިވެހިބަހަށް ލޯބި ޖެއްސުމުގެ ގޮތުން ދިވެހިބަހަށް ހޭލުންތެރިކުރުވުމުގެ ޤައުމީ މަޝްރޫޢެއް މި ދައުރުގައި ފެށޭނެކަމަށް ދިވެހިބަހާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ކުރީގެ ވެރިކަންތަކުގައި މުލިއާގޭގައި ރާ ޕާޓީ! ފައިސާ ދެއްކީ މުލީއާގޭ ބަޖެޓުން!

ބަނގްލަދޭޝްގެ ސަރުކާރުން ހަސީނާގެ ޕާޓީ "ކަފުންކޮށްފި"

ހިލޭ އަންހެނެއްގެ ގައިގައި މާނޭ ބައްދާލީ ލޯބިވާ އަނބިކަނބަލުން އެދިގެން

Continue Reading

Previous: އިސްރާއީލް ޕާސްޕޯޓް މިއަދު މަނާކުރާނެ
Next: ބަހުގެ އަދީބު އަވަހާރަވެއްޖެ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.