Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ބަހުގެ އަދީބު އަވަހާރަވެއްޖެ
  • Uncategorized

ބަހުގެ އަދީބު އަވަހާރަވެއްޖެ

admin April 14, 2025

ދިވެހި ބަހުގެ އަދީބު މަޑުލު މުހައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެއެވެ.

ވަހީދަކީ ބަހުގެ އެކި ދާއިރާތަކަށް ޚިދުމަތްކުރެއްވި އުފެއްދުންތެރި އަދީބެކެވެ.

ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާއެކުގައި ކަމަށެވެ.

މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެއް، ތަރުޖަމާކުރުންތެރިއެއްގެ އިތުރުން ދިވެހިބަހުގެ އަދީބެެއް ކަމަށެވެ. އަދި އޭނާއަކީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޚިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ޚިދުމަތްތެރިއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި މަޑުލު ވަހީދު ޤައުމަށް ކޮށްދެއްވާފައިވާ ބައެއް ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވާ، 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ޤައުމަށް އެކި ދާއިރާތަކަކުން ޚިދުމަތް ކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތްﷲ މިންވަރުކުރައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވަމުންނެވެ.

މަޑުލު މުޙައްމަދު ވަޙީދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައިކަމަށެވެ. ނައިބު ރައީސް ވަނީ މަރްޙޫމްގެ މުޙައްމަދު ވަޙީދުގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.

މަޑުލު މުޙައްމަދު ވަޙީދަކީ ވަރަށް ގިނަ ދާއިރާތަކުން ދިވެހި ޤައުމަށް ޚިދުމަތްކޮށްދެއްވި ދިވެހިބަހުގެ ވަރުގަދަ ޝަޚުޞިއްޔަތެކެވެ. އަދަބީ ތަފާތު ލިޔުއްވުންތައް ލިޔުއްވިއެވެ. ޢަރަބިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހުގެ ހަމަތަކަށް ފެތޭ ގޮތަށް ތަރުޖަމާކުރެއްވިއެވެ. ބަހުގެ އެކި އިދާރާތަކާއި ކުންފުނިތަކުތަކުގެ އިސް މަޤާމުތައް ފުރުއްވިއެވެ. ވަޙީދަކީ ވަރަށް ގިނަ ބައެއް ދިވެހިބަހުގެ މުދައްރިސެއްވެސްމެއެވެ.

ވަޙީދުގެ ޚިދުމަތްތައް ފާހަގަކުރައްވައި، ދިވެހި ސަރުކާރުން ވަނީ ލިޔުންތެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން 1985 ވަނަ އަހަަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ދެއްވާފައެވެ. އަދި ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާއިރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވަޙީދަށް ލިބިވަޑައިގެންފައިވެއެވެ

މަޑުލު ވަޙީދަކީ ބަހުގެ އެކި ދާއިރާތަކަށް ޚިދުމަތްކުރެއްވި އުފެއްދުންތެރި އަދީބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

15 ރަށެއްގައި ހައުސިންގް ޔުނިޓް އަޅަނީ

ވަކިވަކި ނޫސްވެރިން ޖޫރިމަނާ ނުކުރެވޭ ގޮތަށް މީޑިއާ ބިލް މަޖިލީހުން ފާސްކޮށްފި

ރާއްޖެއަށް ޕްރެޝަރު ކުރުމަށް ޣައްޒާއަށް އަޅުގަނޑުމެން ނުވަންނާނަން: އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނ...

Continue Reading

Previous: ދިވެހިންގެ މައިބަދައަކީ ދިވެހިބަސް: ރައީސް
Next: ރައީސް މުޢިއްޒުގެ އަގުހުރި ޖިހާދަށް ތަޢުރީފް އޮހެނީ

Related Stories

IMG_7297
  • Uncategorized

ލޯނު ތަކަށް ހެސްކިޔާފަ ލުއި ދިނުމަށް ރައީސް އަންގަވައިފި

admin November 16, 2025
scientific-lab-equipment
  • Uncategorized

علم އުނގެނުމުން ﷲ ގެ ކަށުކުޅަދުންވައްތަކަމާއި އެއްކައުވަންތަކަން ދެނެގަނެވޭނެ

admin October 5, 2025
54C1ADE0-900A-4826-9A97-CE4008FB814B
  • Uncategorized
  • ޚަބަރު

ވަކިވަކި ނޫސްވެރިން ޖޫރިމަނާ ނުކުރެވޭ ގޮތަށް މީޑިއާ ބިލް މަޖިލީހުން ފާސްކޮށްފި

admin September 16, 2025
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.