Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ދުންފަތާބެހޭގޮތުން ގޮތް ކަނޑައެޅުން މިއަދު
  • ޚަބަރު

ދުންފަތާބެހޭގޮތުން ގޮތް ކަނޑައެޅުން މިއަދު

admin April 13, 2025
IMG_4754

ދުންފަތް މަނާވާ އުމުރުފުޅާ ކަނޑައެޅުމާއި ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރެއްވި ވީޑީއޯގައި އެމަނިކުފާނު ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމާ ގުޅޭ ބައެއް ތަފާސް ހިސާބުތައް ހިއްސާކޮށްދެއްވާފައެވެ.

މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކް ސަރވޭ 2022 އާ ހަވާލާ ދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ގައިން ގައިން ނާރާ ބަލިތައް ގިނަވުމާއި ނުކުޅެދުންތެރިކަމަށް ހުޅަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން ކަމަށެވެ. އަދި ރާއްޖޭގައި ބަލިތަކާއި ގުޅިން މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު %84 މީހުން މަރުވަނީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ޖެހޭ ގައިންގައިން ނާރާ ބަލިތަކުގެ ސަބަބުން ކަމަށެވެ. 

މީގެ އިތުރުން 2021 ވަނަ އަހަރު ހެދުނު ގައިގައިން ނާރާ ބަލިތަކާއި ބެހޭ ސަރވޭއާއި ހަވާލާދެއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ 15 އަހަރާއި 29 އަހަރާއި ދެމެދުގެ %28.1 މީހުން ދުންފަތުގެ އިސްތިޢުމާލު ކުރާކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކުގެ އިތުރުން ދުނިޔޭގައި، ހެދިފައިވާ ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭއާއި ހަވާލާ ދެއްވާ އެމަނިކުފާނު ވަނީ ސްކޫލަށް ދާ އުމުރުފުރާގެ ކުދިންގެ ތެރެއިން %45 ނިކޮޓިން މާއްދާ ހިމެނޭ ބާވަތެއް ބޭނުންކުރާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ މިކަމަކީ ރާއްޖެ ފަދަ އާބާދީއެއްގައި ވިސްނާލަން ޖެހޭ މުހިންމު ކަންތައްތަކެއް ކަމަށެވެ.

“ރާޢްޖޭގެ އާބާދީއަކީ 411،741 ދިވެހިން. އެހެންވީމަ މި އާބާދީގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން މިހާތަނަށް މަރުވި މީހުން އުނިކޮށް ބަލާއިރު ބާކީ އަދަދަކީ، 102،402 މީހުން. މިއީ ރާއްޖޭގެ އާބާދީގެ 30.1 އިންސައްތަ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ މުޅި އާބާދީ އަދި ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން މިޖެހޭ ބަލިތަކުން ސަލާމަތްވުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ. އެގޮތުން ޖެނެރޭޝަނަލް ބޭން އެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަމާ ގުޅޭ ސަރވޭތައް މީސްމިޑީއާ މެދުވެރިކޮށް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި މަޝްވަރާކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ކަމުން، މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުންފަތް މަނާކުރާ އުމުރާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮންލައިން ޕޯލެއްވެސް ނަންގަވާފައެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސޯޝަލް މީޑިއާގައި އެމަނިކުފާނު ޢާންމުކުރި ޚިޔާލު ހޯދުމުގެ ޕޯލަށް ގިނަ ބަޔަކު ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ.

އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމެރިކާއަށް އަންގައިފި

ޝަމްޢާންގެ އިސްތިއުނާފް ހޯމަދުވަހު

15 ރަށެއްގައި ހައުސިންގް ޔުނިޓް އަޅަނީ

Continue Reading

Previous: ބޭރު ގައުމުތަކުގައިވެސް ދިވެހި އައިޑީކާޑު ހަދަނީ
Next: ހަރާމާއި ހަލާލް އޮޅުވާލަން ފުރުސަތު ނުދީ

Related Stories

IMG_5863
  • ޚަބަރު

10 ގަޑިއިރުގެ ދަތުރު 2 ގަޑިއިރަށް ކުރުކޮށްދެއްވުމީ ޙައްޖާޖީންނަށް ރައީސް ހޯއްދަވައިދެއްވި ލުޔެއް: ޝަކީލް

admin May 26, 2025
IMG_5792
  • ވިޔަފާރި
  • ޚަބަރު

ދިރާގުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 230,380 ރުފިޔާ ހަދިޔާކޮށްފި

admin May 24, 2025
397995_d296cc1f-8_-1536x1024
  • ޚަބަރު

އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ: ރައީސް

admin May 16, 2025
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.