Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ހަރާމާއި ހަލާލް އޮޅުވާލަން ފުރުސަތު ނުދީ
  • ކޮލަމް

ހަރާމާއި ހަލާލް އޮޅުވާލަން ފުރުސަތު ނުދީ

admin April 13, 2025
IMG_4816

ސުޕްރީމް ކޯޓަކީ ކޮންމެ ވެރިކަމަކަށް ވެސް މުހިއްމު ތަނެކެވެ. އެހެންކަމުން އެއިރަކު ވެރިކަމުގައި ތިބޭބަޔަކަށް އެ ކޯޓުގެ މައްޗަށް އިތުބާރު އޮތުން ވެސް މުހިއްމުވެއެވެ. ރާއްޖޭގައި ނޫނަސް މިކަން އޮންނަނީ މިގޮތަށެވެ. ރާއްޖޭގައި ސުޕްރީމް ކޯޓު އުފެދުނު ފަހުން އެކޯޓަށް އެންމެ ބޮޑު ނުފޫޛެއް ފޯރުވާފައިވަނީ އެމް.ޑީ.ޕީ އަށް ވެރިކަން ލިބުނު ދެފަހަރުކަން ފާހަގަކުރެވުނެވެ. ސަބަބުތައް ވެސް ގިނައެވެ. 

ފުރަތަމަ ސަބަބަކީ ، އެމްޑީޕީން ވެރިކަންކުރި ދެފަހަރު ވެސް އެމް.ޑީ.ޕީ ގެ އިސް ސަފުގައި ތިބީ ވެރިކަން ހިންގުމުގައި ދީނީކަންކަމަށް ބަލާބައެއް ނޫނެވެ. އެމީހުންގެ ވިސްނުން ހުރީ ސެކިއުލަރ ފިކުރުގެ މައްޗަށް ވެރިކަން ހިންގުމުވެ. އެއީ އެ ވިސްނުމުގެ އެކްޓިވިސްޓުންނަށް ވުމެވެ. 

ދެވަނަ ސަބަބަކީ، ޙައްޤު އެއްފަރާތްކޮށް އިންސާފަކީ ސެކިއުލަ ވިސްނުމުގެ ޢަޣުލަބިއްޔަތު އޮތް ބަޔަކު ނިންމާ ނިންމުމަކަށް ހެދުމެވެ. 

ތިންވަނަ ސަބަބަކީ، މާއްދިއްޔަތު އިސްކޮށް ހުޅަނގުގެ އާދަކާދަތަކާއި، ދީނާއި ފުށުއަރާ ބިދުޢަތަކާއި ޚުރާފާތްތަކާއިއެކު ޝިރުކުގެ ޖީލެއް ބިނާކުރުމެވެ. 

ހަތަރުވަނަ ސަބަބަކީ ، މިސިޔާސަތާއި ދެކޮޅަށް މަސައްކަތްކުރާ ކޮންމެ މީހަކީ ހައްދު ފަހަނައަޅާފައިވާ މީހެއް ގޮތުގައި ލޮބީކޮށް ބާކީކުރުމެވެ. 

އެހެންކަމުން ސުޕްރީމް ކޯޓުގައި އިސްލާމީ ޝަރީޢާ ނުދަންނަ ހުޅަނގުގެ މަޞްލަޙަތަށް ބުރަވާ، ނަޒާޙަތްތެރިކަމުގެ ކުނޑިފުކެއް ވެސް ނެތް، ސެކިއުލަރ ފިކުރުގެ ފަނޑިޔާރުން ތިބުން މުހިއްމު ކަމުގައި އެމް.ޑީ.ޕީ.ގެ ކޮންމެ ސަރުކާރަކުން ވެސް ދެކެފައިވެއެވެ. އިސްލާމީ ޝަރީޢަތް އުނގެނިގެން ތިބި ބަޔަކު ސުޕްރީމް ކޯޓުގައި ނުވަތަ ހައިކޯޓުގައި ތިބުމަކީ މިކަންކަން ކުރުމަށް ހުރަހަކަށް ވެދާނެ ކަމެއް ކަމަށް ވެސް އެމީހުން ޤަބޫލުކުރެތެވެ. 

މިއީ އެމް.ޑީ.ޕީ ސިއްރުން ހިންގި ސިޔާސަތެއް ނޫނެވެ. ކުރާކަމެއް ކުރީ ނުފޫޛުހުރި ބައެއް އަވަށްޓެރި ޤައުމުތަކާއި ފައިސާވެރިންނާއި ހުޅަނގުގެ ބައެއް ނުފޫޛުހުދި އިސްތިޢުމާރީ ބާރުތަކުގެ ނިވަލުގައި ތިބެ ރައްކާތެރިކަމާއި އެކުގައެވެ. ބޭރުފުށުން އިސްލާމް ކަމުގައި ތިބި ބައެއްކަމަށް ދައްކައިގެންނެވެ. މެދުމިނުގެ މޮޑިފައި މުސްލިމުން ކަމުގައި ދައްކައިގެނެވެ. މި ކަންކަމާހެދި އެމްޑީޕީ އެއޮތީ ހުޅަނގުން ބޭނުންވާ ޝްރީޢަތުގައި ފިސާރި ބަނދެވި ކަސްތޮޅު އެޅިފައެވެ. އެމްޑީޕީގެ ޝަރުޢީ ނިޒާމަށް ރައްޔިތުން ފުރައްސާރަކުރަނީ އެހެންވެއެވެ.

އެހެންކަމުން ސިޔާސީ ބޭނުމުގައި މިހާރު ޖަހާ ބެރުގެ އަޑު ފަސާދައިގެ އަޑުތަކާއި ޢަމަލުތައް ހުއްޓުވަން އޮތް އެންމެ ކުރު ފަސޭހަ މަގަކީ ، ސުޕްރީމް ކޯޓަށް ޢައްޔަނު ކުރެވޭ މީހުންގެ ކިބައިގައި ފުރިހަމަ ވާން ޖެހޭނެ ޝަރުޠު ބަދަލު ކުރުމެވެ. 

އެގޮތުން ރާއްޖެއިން ޤަބޫލުކުރާ އިސްލާމީ ޤައުމެއްގެ ޔުނިވަރސިޓީއަކުން އިސްލާމީ ޝަރީޢާއިން ޑިގްރީއެއް ނުވަތަ މާސްޓާސް އެއް ނުވަތަ ޕީ.އެޗް.ޑީ.އެއް އޮތުމާއިއެކު ޤާނުނީ ގޮތުން މާސްޓާސް އޮތުން ނުވަތަ ޑިގްރީއެއް ނުވަތަ ޕީއެޗް.ޑީ.އެއް އޮތުން ޝަރުޠުކުރުމެވެ. އަދި ސުޕްރީމް ކޯޓެކޭ އެއްގޮތަށް ހައިކޯޓަށް ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ވެސް ޝަރުޠަކީ މިއީ ކަމަށް ކަނޑައެޅުމެވެ. މިގޮތަށް ކަނޑައެޅިއްޖެ ނަމަ ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރެވިދާނެއެވެ. އަދި ސުޕްރީމް ކޯޓުން ނެރޭ ހުކުމްތަކާއި އަމުރުތަކުގައި އިސްލާމީ ކުލަ ޖެހިދާނެއެވެ. 

ދަންނަންޖެހޭ ޙަޤީޤަތަކީ ޙައްޤާއި އިންސާފު ޤާއިމު ކޮށްދޭނެ މަގު އޮތީ އިސްލާމީ ޝަރީޢަތުގައިކަމެވެ. އިސްލާމީ ޝަރީޢަތާއި ޤާނޫނު އިސްކުރުމަކީ ބައިނަލް އަޤުވާމީ ޤާނޫނުތައް އެކަހެރި ކުރުން ނޫންކަމެވެ. 

އަނިޔާވެރިވި މީހުންގެ އަވަށްތައްވެސް ތިޔަބައިމީހުންނާ ދުރެއް ނޫނެވެ!

އެތެއް އައިސް މީހުން މަރާއިރު ގެރިކަލާނގެއަށް އެތް ކޮންޓުރޯލް ނުވުމުން އިންޑިއާ މީހުން ރުޅި ގަދަވެއް...

ގެއްލުނު ކަނޑުގެ މައްސަލައިގައި ރާއްޖެ އާއި އެމެރިކާ އާއި ދެމެދު ކޯޅުން

Continue Reading

Previous: ދުންފަތާބެހޭގޮތުން ގޮތް ކަނޑައެޅުން މިއަދު
Next: އެމްބާޕޭއަށް ރަތެއް ދެއްކިޔަސް ރިއަލް މޮޅުވެއްޖެ

Related Stories

2199C078-CD55-41BB-9760-B2F2D041613B
  • ރިޕޯޓް
  • ކޮލަމް

ގެއްލުނު ކަނޑުގެ މައްސަލައިގައި ރާއްޖެ އާއި އެމެރިކާ އާއި ދެމެދު ކޯޅުން

admin February 6, 2026
DA3A0F42-9566-4741-A951-6F7E8B7BD809
  • ކޮލަމް
  • މީހުން

ދިވެހި ބަސް ދަސް ނުވުމުގެ ޝަކުވާއަށް އުސްތާޒު އިޔާޒު ނަސީމު ޢިލްމީ ޖަވާބެއް ދެއްވައިފި

admin January 28, 2026
AA86DA0E-BC5F-4189-A2F6-1AB413333A54
  • ކޮލަމް
  • މީހުން

މީޑިއާގެ ހުނަރުވެރިޔާއެވެ! އިތުބާރު ކުރެވޭ މޫނާއެވެ!

admin January 27, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.