ހދ. މަކުނުދޫގައި އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކޭބަލް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ މަކުނަދޫ އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކޭބަލް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި މަސައްކަތް ހަފްތާއެއްގެ ތެރޭ ނިއްމާލުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ފެނަކައިގެ ޕޯސްޓްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން މި މަސައްކަތުގައި މަކުނަދޫ ފެނަކައިގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށްވެސް ފެނަކައިގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.
ފެނަކައިން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ.
