Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އެމްބާޕޭއަށް ރަތެއް ދެއްކިޔަސް ރިއަލް މޮޅުވެއްޖެ
  • ބޭރު ކުޅިވަރު

އެމްބާޕޭއަށް ރަތެއް ދެއްކިޔަސް ރިއަލް މޮޅުވެއްޖެ

admin April 13, 2025
IMG_4823

ޑިޕޯޓިވޯ އަލަވޭސް އަތުން ރިއަލް މެޑްރިޑް މިރޭ މޮޅުވިއިރު އެމްބާޕޭއަށް ރަތެއް ދައްކައިފިއެވެ.

މި މޮޅާ އެކު، ރެއާލުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ހަތަރު ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 31 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 31 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ. 

އަލަވޭސް ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން ފުރަތަމަ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ކެންސަލްކުރި އެވެ. އެއީ، ރެއާލްގެ އެންޓޯނިއޯ ރޫޑިގާ، ގޯލު ޖެހި އެ ކޯނަރުގައި، އަލަވޭސްގެ ކީޕަރު، ޖީސޫސް އޮވޯނޯ އަށް ފައުލުކުރުމުންނެވެ. 

މެޗުގައި ރެއާލުން ޖެހި ހަމައެކަނި ގޯލު 34 ވަނަ މިނިޓްގައި ކާމިޔާބުކުރީ އެޑުއާޑޯ ކަމަވިންގާ އެވެ. މިއީ، ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން އޭރިއާބޭރުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ކަމަވިންގާ ޖެހި ގޯލެކެވެ. 

ރެއާލުން ލީޑުނެގިތާ ހަތަރު މިނިޓް ފަހުން، އެމްބާޕޭ އަށް ރަތް ކާޑެއް ދެއްކި އެވެ. އަލަވޭސްގެ އެންޓޯނިއޯ ބްލާންކޯ އަށް ކުރި ފައުލަށް ފުރަތަމަ އެމްބާޕޭ އަށް ރީނދޫ ކާޑެއް ދެއްކި ނަމަވެސް ފަހުން، ވީއޭއާރް އިން ބަލައިފައި ރަތް ކާޑަކަށް ބަދަލުކުރި އެވެ. މިއީ، 2019 ވަނަ އަހަރުގެ އޭޕްރީލްގެ ފަހުން، އެމްބާޕޭ އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ. 

ދެ ވަނަ ހާފުގައި އަލަވޭސްގެ މަނޫ ސަންޗޭޒަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެއީ، މެޗުގެ 70 ވަަނަ މިނިޓްގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް ކުރި ނުރައްކާތެރި ފައުލަކަށެެވެ. 

މެޗުން ރެއާލް މޮޅުކޮށްދޭން އެ ޓީމުގެ ގޯލްކީޕަރު، ތިބައު ކޯޓުއާ މުހިންމު ދައުރެއް އަދާކުރި އެވެ. އެ ގޮތުން، އަލަވޭސް އިން ފޮނުވާލި ހަތް ހަަމަލާއެއްގެ ހުރަހަކަށްވީ ކޯޓުއާ އެވެ.

ޗެލްސީގެ ކޯޗަކަށް ލިއަމް ރޮސީނިއާ

ރިއަލް މެޑްރިޑަށް ވަގުތު ދިނުމަށް އެންޑްރިކް ވޯލްޑްކަޕަށް ނުދާން ނިންމައިފި

ހިލޭ އަންހެނެއްގެ ގައިގައި މާނޭ ބައްދާލީ ލޯބިވާ އަނބިކަނބަލުން އެދިގެން

Continue Reading

Previous: ހަރާމާއި ހަލާލް އޮޅުވާލަން ފުރުސަތު ނުދީ
Next: 2007 ގެ ފަހަތަށް ދުންފަތް މަނާވެއްޖެ

Related Stories

1CD68552-ED1C-4053-B0E0-B9EDAF092B0F
  • ބޭރު ކުޅިވަރު
  • ޚަބަރު

ހިލޭ އަންހެނެއްގެ ގައިގައި މާނޭ ބައްދާލީ ލޯބިވާ އަނބިކަނބަލުން އެދިގެން

admin February 3, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
FC0F7476-372C-4B53-9027-165EBA1C6A46
  • ބޭރު ކުޅިވަރު

ގޯލު ނުޖަހާ އެކަކުވެސް ނެތް، އެންމެން ދައްކަނީ ރާއްޖެ ގަދަ ވާހަކަ

admin January 17, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.