Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ދެއުޅިއެއް ނުވާ ޕުލާސްޓިކު ގާނޫނުގެ ވެރިން ބަރަހަނާ ވެފައި
  • ރިޕޯޓް
  • ލައިފްސްޓައިލް

ދެއުޅިއެއް ނުވާ ޕުލާސްޓިކު ގާނޫނުގެ ވެރިން ބަރަހަނާ ވެފައި

admin February 24, 2026
B9F4E63E-7389-4D67-B3F3-2A635F1F1451

އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ. ތާހިރު ދިރިއުޅުމެއް ހޯދަން އަހަރެމެން ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ކޮތަޅު ރެގިއުލޭޓް ކުރުމަށޭ ކިޔާފައި ވެސް އަހަރެމެން މިހާރު ގެންގުޅޭ އުސޫލުން ބުއްދި އަށް ޤަބޫލު ނުކުރެވޭ ސީރިއަސް އެތައް ސުވާލުތަކެއް އުފެދެއެވެ.

މިދިޔަ މަހު އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި 496،500 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު 667،250 ރުފިޔާ އާއި އަޅާބަލާއިރު 25.5 ޕަސެންޓް ދަށް އަދަދެކެވެ. މިއީ ތިމާވެށީގެ ޒިންމާ އުފުލުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން އަލިއަޅުވާލާއިރު، މިކަމުގައި ކައިރިން ބެލުމުން އެނގެނީ މިއީ އަހަރެމެންގެ ލައިފްސްޓައިލް ވަކި ގޮތަކަށް ބެހެއްޓުމަށް ހެދި ދެއުޅިއެއްނުވާ ޤާނޫނެއް ކަމެވެ. އެހެނީ ފުށުއެރުންތަކެއް ހުރުމުންނެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ފިހާރަޔަކަށް ވަދެ ތަރުކާރީކޮޅެއް ގަނެގެން ދާއިރު އެ އަޅަން ބޭނުންކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާގެ ފީ އެއް ނަގާއިރު، އަޅުގަނޑުމެންގެ ޞިއްޙަތަށް ސީދާ ގޮތެއްގައި ގެއްލުންދޭ ސިގިރޭޓު ފޮށީގެ ބޭރުގައި ހުންނަ ޕުލާސްޓިކް “ކޮތަޅު” މިނިވަންކަމާއެކު ހެސްކިޔާފަ ގިނައިން އެތެރެކޮށް އެ ވިއްކުމުގެ ހުއްދަ ވެސް ދިނީ ހަމަ މި ޤާނޫނު އަސާސީންނެވެ.

ދެން އޮތީ މެޓާ ޕެކެޓެވެ. ކުދިކުދި މެޓާ ތަކުގައި ވެސް ބޭރުގައި ލާފައިވާ ކަވަރަކީ ޕުލާސްޓިކް ކޮތަޅެވެ. އެ ސައިޒުގެ ޕެކެޓު ގެންގުޅެވެއެވެ. ޚާއްޞަ ޓެކުހެއް އެއަކަށް ނުވެސް ނަގައެވެ. ނަމަވެސް ހަމަ އެސައިޒުގެ ޕެކެޓެއް ރާއްޖޭގައި އުފެއްދުމުން އެޔަށް ޓެކުހުގެ ގޮތުގައި ބކޮށް ފައިސާ ދައްކާން ޖެހެއެވެ .

މިނިސްޓްރީން ދައްކަނީ ހެއްވާ ވާހަކައެކެވެ. މެޓާ ރާއްޖެއަށް އެތެރެކުރާއިރު، މޫދަށް އުކާލާ މެޓާގެ އުރަކޮޅު ކާކަށް އެއްވެސް މަހެއް ވެސް ނާންނަ ކަހަލައެވެ. ސަބަބަކީ އެއީ ބާޒާރު ކޮތަޅަކަށް ނުވާތީއެވެ. މަހަށް މީރީ ބާޒާރު ކޮތަޅެވެ. މިއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟

ބާޒާރު ކޮތަޅުން ވަކި ބަޔަކަށް ޢާމްދަނީ ލިބޭތަން ފެނުމުން އޭރުގެ ސަރުކާރަށް އެކަން ހަޖަމު ނުވީ ވަކި ބައެއްގެ މަސްލަހަތެއް އޮންނަ ވިޔަފާރިއެއް ކުރިއަރާތީ ހެއްޔެވެ؟ ތިލަފުށީގައި ފެކްޓަރީ ހަދައިގެން ނުވަތަ ބޭރުން ގެނެސްގެން އެތައް ބަޔަކު ޕްލާސްޓިކް ކޮތަޅުގެ އެކި ސައިޒުތައް ވިއްކިއެވެ. ނަމަވެސް އަމިއްލަ ކުދި ވިޔަފާރިތަކަށް ޕުލާސްޓިކް ކޮތަޅުން ފައިދާ ވާތީވެ، އެއީ ތިމާވެށްޓަށް ގެއްލުންދޭ އެއްޗެއްކަމުން އޭގެ ވަކި ސައިޒުތަކެއް މަނާކުރީއެވެ. ނުވަތަ ޓެކްސް ބޮޑުކުރީއެވެ. ނަމަވެސް ހަމަ އެސައިޒުގެ މެޓާ ކޮތަޅުތައް އެތެރެކުރެވެއެވެ. ޓެކުހެއް ބޮޑެއްވެސް ނުކުރެއެވެ. އެސައިޒުގެ ކޮތަޅުން ބަންދުކޮށްފައިވާ ސިގިރޭޓު އެތެރެކުރެވެއެވެ. މިތަކެތިން ތިމާވެށްޓަށް ކުރަނީ ފައިދާއެވެ. އެއްވެސް ހާލެއްގައި ގެއްލުމެއް ނުވެއެވެ. މިދެން އަރަތެއް ހެއްޔެވެ؟

ބިތުފަންގިން ޕްލާސްޓިކް ކޮތަޅަށް ތާއީދުކުރަނީއެއް ނޫނެވެ، ނަމަވެސް އަމާބުނީތީ ފަރަށްދާހެން ޤާނޫނުތައް ހަދައި ބަޔަކު ބަރަހަނާ ވީމާ އެވާހަކަ ދައްކާން އެބަ ޖެހެއެވެ. ކުދި ޕުލާސްޓިކް ކޮތަޅުން ފަރަށް ގެއްލުންވެއެވެ. މޫދުގައި އުޅޭ އެހެން ދިރޭތަކެއްޗަށް ގެއްލުން ވެއެވެ. އޭގެ ޒާތުން ވެސް މާ ފަސޭހައިން މުރަކައިގައި ވެސް އޮޅި އެއަށް ނޭވާ ނުލެވޭ ގޮތް ވެއެވެ. މަސް ވެސް ކައި ހަދައެވެ. އެކަމަކު މަސްތަކަށް އޮޅިގެން ކެވެނީ ބާޒާރު ކޮތަޅު އެކަންޏެއް ނޫނެވެ. އެތައް ބަޔަކު ބާނައިގެން ކެނޑި މަސްތަކުގެ ގޮހޮރުން މެޓާ ބަންދުކުރާ އުރަވެސް ފެނިފައި އެބަހުއްޓެވެ.

އަސްލަކީ، ޕުލާސްޓިކް ކޮތަޅޭ ތިމާ، ވެށްޓޭ ކިޔައި ތިމާ މިކުރި ކަމަކީ ތިމާ އަށް ވޯޓުލީ މީހުންގެ އަތުން ސަރުކާރު ހިންގާން އިތުރު ފައިސާކޮޅެއް ހޯދީއެވެ. މިއީ ޙަޤީޤަތެއް ނޫންތޯއެވެ؟ ބަރަހަނާ ވާނަމަ މީހަކު ނުވަތަ ބަޔަކު ބަރަހަނާ ވާނީ މިވަރަށެވެ. ސަރުކާރުން ކުރަނީ ވިޔަފާރިއެވެ. ނަގަނީ ޓެކުހެވެ. ފައިސާ ހޯދުމަށެވެ. 1 ރުފިޔާ ދީފައި ބާޒާރު ކޮތަޅު ދެކޮތަޅު ހިފައިގެން ނުދާ އެންމެ ދިވެއްސަކުވެސް އޭރުގައި ނެތުމުން ޕްލާސްޓިކް ކޮތަޅަށް އޮންނަ ޑިމާންޑް ބޮޑުވާތަން ސަރުކާރަށް ފެނުނީއެވެ. ސަރުކަރު ހިންގާން ތިބީން ކިތަންމެ ވަރަކަށް ސިގިރޭޓް ބޮއެ ތިމާގެ ފުއްޕާމޭ ހަލާކުވާއިރު އެ ކޮތަޅު އެތެރެކުރުން ހުއްދަ ކޮށްފައި ވަނީތިމާވެށި ޙިމާޔަތްކުރާ މާއްދާއެއް ސިގިރޭތް ބަންދުކުރާ ފޮށީގައި އެކުލެވޭތީ ކަމަށް ވެދާނެ ކަން ނޭނގެއެވެ، ރަނގަޅެވެ. ބަރާބަރެވެ. އެކަމަކު ސުޕާރީ އާއި ބާޒާރުކޮތަޅާއި ކުދި ފުޅިތަކަށް ގާނޫނުން ފިއްތައިލިއިރު، ދެން ހުރި އެއްޗެހި އޯކޭ ވާން ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟

އެޕްސްޓީން ފައިލްސް: ކަޢުބަތުالله ގެފުޅުގެ ކިސްވާ ވެސް އޭނާ އަށް ލިބުނު

ލޭޑީސް ފިންގާ އަކީ ކެންސަރުން ދުރުކޮށްދޭ އެއްޗެއް

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

Continue Reading

Previous: އީރާން އަސްކަރިއްޔާގެ ހެލިކޮޕްޓަރު ވެއްޓި އެންމެން މަރުވެއްޖެ
Next: ބިތުފަންގިން 5000 ރުފިޔާގެ ސުވާލު މުބާރާތް ފަށައިފި، މިރެޔަކީ ދެވަނަރޭ

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.