Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ބިތުފަންގިން ފައިސާގެ އިނާމު ލިބޭ މުބާރާތެއް ފަށަނީ، 16 ނަސީބުވެރިން ހޮވާނެ
  • ޚަބަރު

ބިތުފަންގިން ފައިސާގެ އިނާމު ލިބޭ މުބާރާތެއް ފަށަނީ، 16 ނަސީބުވެރިން ހޮވާނެ

admin February 23, 2026
IMG_8303

ފައިސާގެ އިނާމު ލިބޭ މުބާރާތެއް ފެށުމަށް ބިތުފަންގި.ކޮމް އިން އިޢުލާން ކޮށްފިއެވެ. މި މުބާރާތް ފަށަނީ 24 ފެބުރުއަރީ 2026 ވާ އަންގާރަ ދުވަހުގައެވެ.

ބިތުފަންގި – ނަޒާޙަތްތެރި ކަމާއި އެކު މަޢުލޫމާތު ގެނެސްދޭ ޤައުމީ ޚަޒާނާ

ފެބުރުއަރީ 7 ވަނަ ދުވަހު ބިތުފަންގި.ކޮމް އިން ވަނީ މި ރޯދަމަހުގެ ފަހު ދިހައެއްގައި މުބާރާތެއް ބޭއްވުމަށް ޤަޞްދު ކުރާ ކަމަށް އިޢުލާން ކޮށްފައެވެ. އެއީ ރަމަޟާން ކައުންޓްޑައުންގެ ތެރެއިންނެވެ. ނަމަވެސް ގިނަބަޔަކަށް ބައިވެރިވުމަށް ފުރުޞަތު ދިނުމަށްޓަކައި މުބާރާތް އަވަސް ކުރީ ކަމަށް ބިތުފަންގި.ކޮމް އިން ބުނެއެވެ.

މި ރޯދަމަހުގެ 7 ވަނަ ދުވަހުގައި (24 ފެބުރުއަރީ 2026 / އަންގާރަ ދުވަހު) ފަށާ މުބާރާތުގައި ބައިވެރިވާކަށް ވަކި އުމުރެއް ނެތެވެ. ކޮންމެ މީހަކަށް ވެސް ކޮންމެ ތަނެއްގައި ހުއްޓަސް މި މުބާރާތުގައި ބައިވެރި ވެވޭނެ ކަމަށާއި، ފީ އެއް ވެސް ދައްކާކަށް ނުޖެހޭނެ ކަމަށް ބިތުފަންގި.ކޮމް އިން ބުނެއެވެ.

ފައިސާގެ އިނާމު ލިބޭ ފަރާތްތައް ހޮވާނީ ކޮންމެ ހުކުރު ދުވަހެއްގައެވެ. އެއީ:

  1. 27 ފެބުރުއަރީ 2026 ގައި 4 ނަސީބުވެރިން
  2. 6 މާރިޗް 2026 ގައި 4 ނަސީބުވެރިން
  3. 13 މާރިޗް 2026 ގައި 4 ނަސީބުވެރިން
  4. 20 މާރިޗް 2026 ގައި 4 ނަސީބުވެރިންނެވެ.
  • މި މުބާރާތުގައި ކޮންމެ ހަފްތާއަކު ވެސް 1 ވަނަ 2 ވަނަ 3 ވަނަ އަދި 4 ވަނަ ހޮވާނެއެވެ.
  • ކޮންމެ ހަފްތާއަކު ވެސް ވަނަތަކަށް ހޮވޭ 4 ފަރާތަށް ފައިސާ ލިބޭނެއެވެ.
  • ފުރަތަމަ 3 ހުކުރުގައި ކޮންމެ ހުކުރަކުވެސް 1 ވަނަ އަށް ހޮވޭ ފަރާތަކަށް 500ރ، 2 ވަނަ އަށް 300ރ، 3 ވަނައަށް 250ރ އަދި 4 ވަނައަށް ހޮވޭ ފަރާތަކަށް 150ރ ލިބޭނެއެވެ.

ފަހު ހުކުރުގައި 1 ވަނައަށް ހޮވޭ ފަރާތަށް 700ރ ، 2 ވަނައަށް 400ރ، 3 ވަނައަށް 200ރ އަދި 4 ވަނައަށް ހޮވޭ ފަރާތަށް 100ރ ލިބޭނެއެވެ.

އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހުކުރެއްގައި ވެސް ގުރުއަތުން ހޮވޭ ފަރާތްތައް ބިތުފަންގި ފޭސް ބުކްގައި އިޢުލާން ކުރާނެއެވެ.

ސުވާލު ތަކަށް ޖަވާބު ދިނުމުގައި ޢަމަލުކުރަން ޖެހޭ ގޮތް ބިތުފަންގި ފޭސްބުކްގައި އެ ޕޯސްޓަކާއި އެކު ލިޔެފައި އޮންނާނެއެވެ.

ކުއްލި ޚަބަރު: އީރާނު މުޒާހަރާ އަށް އެމެރިކާއިން ވަރަށް ސިއްރުން ފޮނުވި ސްޓާލިންކުގެ ބޮޑު ޝިޕްމެންޓެ...

އިހަވަންދޫގައި އާޓިފިޝަލް ބީޗު ހަދަން ޙަވާލުކޮށްފި

ބޭރުގެ ނުފޫޒުގެ ސަބަބުން ގައުމީ ޚަޒާނާ ގެއްލި މިނިވަންކަން ގެއްލުމުގެ ބިރު އެބައޮތް - ޝާޒް ވަލީދު

Continue Reading

Previous: އެއްވެސް ޤައުމަކުން ރާއްޖެއަށް ޙަމަލާ ދޭކަށް ނޫޅޭ: ބައިނަލް އަޤްވާމީ މީޑިއާ
Next: އިސްރާއީލުން މުސްލިމުންނާއި ދެކޮޅަށް ކޯލިޝަނެއް

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.