Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ހަރަމްފުޅުގެ އިމާމް އައްދައުސަރީ ރާއްޖެ ގެންނަނީ
  • ދީން
  • ޚަބަރު

ހަރަމްފުޅުގެ އިމާމް އައްދައުސަރީ ރާއްޖެ ގެންނަނީ

admin April 26, 2025
IMG_5045

މިއަންނަ އަހަރު މަސްޖިދުލް ޙަރާމްގެ އިމާމް އަދި ޚަޠީބު، ފަޟީލަތުއްޝައިޚް ޑރ. ޔާސިރު އައްދައުސަރީ ނުވަތަ މަސްޖިދުލް ޙަރާމްގެ އެހެން އިމާމެއް ރާއްޖެ ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ ކޮންމެ އަހަރަކު ޙަރަމްފުޅުގެ އިމާމެއް ރާއްޖެ ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. މިކަން ކުރައްވަނީ ޒުވާން ޖީލަށް ހިތްވަރު ދެއްވުމުގެ ގޮތުން ކަމަށް އެމަނިކުފާނު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރައްވާފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަޠީބު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގަތުމުން ޒުވާން ޙާފިޡުންނަށާއި، އިމާމުންނަށާއި ޢިލްމުވެރީންނަށް، އަދި އެންމެހާ ދިވެހި ރައްޔިތުންނަށްވެސް އުފާވެރިކަން ލިބިގެންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޑރ. ބުދައިރު އިމާމްވެ ކުރެއްވި ނަމާދުތަކަށް މަސްޖިދު މަލިކި ސަލްމާން އަދި އިސްލާމީ މަރުކަޒު ފުރިގެންދިޔަކަން ފާހަގަކުރެއްވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ މި މަސައްކަތްތައް ކާމިޔާބުވަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަންކަމަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީއްސުރެ ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އާލާކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އެޑިއުކޭޝަން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ޔުކްރެއިންގެ ސޫމީ ސަރަޙައްދުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ހަނިފަރަށް ގެއްލުން ނުދޭން ދޮންފަނު ބިން ނުހިއްކަން ނިންމައިފި

Continue Reading

Previous: މިއިން ޒަމާނަކު ނުދޭވަރަށް މަސްވެރިންނަށް ބުދަދުވަހު ފައިސާ ދީފި
Next: ޣައްޒާ ބަނޑަށްޖެހި އެންމެން ހަފުސްވާއިރު، ހަތިޔާރުގެ ގޮތުން ބާރުގަދަ އަރަބިން ކޮބާ؟

Related Stories

IMG_8298
  • ޚަބަރު

ފައްޔާޒަށް ޖިނާއީ ޙުކުމެއް އިއްވުމުގެ ފުރުޞަތު!

admin November 16, 2025
IMG_8297
  • ޚަބަރު

ކުޑަކުއްޖާ އަށް ދިން ސިޔާސީ ޙަމަލާ ޢާއިލާގެ ކޮޅަށް ނިންމައިފި

admin November 16, 2025
IMG_8295
  • ޚަބަރު

ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖީލެއް ބިނާކުރަން މެޑްމަ ސާޖިދާ ގޮވާލައްވައިފި

admin November 16, 2025
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.