ހަނގުރާމަ ފަށައިފި ނަމަ ރާއްޖެ އަށް ނުރައްކާ؟! ހާސްމީހުން މަރު!
އެމެރިކާ އާއި އީރާނާއި ދެމެދު އުފެދިފައިވާ ފިތުނަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ދިވެހިރާއްޖެއަށް ޙަމަލާ ދޭކަށް އަދި އަސްކަރީ ގޮތުން އެއްވެސް ގެއްލުމެއް ރާއްޖެއަށް ދިނުމާއި މެދު އެއްވެސް ޤައުމަކުން ނުވިސްނާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާ އިން ބުނެފިއެވެ.
އެހެނަސް ބިރުވެރިކަން އިންތިހާ އަށް އެބައޮތެވެ. ސަބަބަކީ އަމާޒުން ކައްސާލައިފި ނަމައެވެ.

ގަލްފް ނިއުސް އިން ބުނީ އެމެރިކާ އާއި އީރާނާއި ދެމެދު ހަމަނުޖެހުން ހިނގައިފިނަމަ އެއްވެސް ޤައުމަކުން ދިވެހިރާއްޖެއަށް އަމާޒުކުރާނެ ކަމަށް ޤަބޫލުކުރެވޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
މިގޮތަށް މި ވާހަކަތައް ދެކެވެން ފެށީ އީރާނަށް އެމެރިކާ އިން ޙަމަލާ އެއް ދީފިނަމަ ސަރަޙައްެދުގައިވާ އެމެރިކާގެ ހުރިހާ ބޭސްތަކަށް ރައްދު ޙަމަލާ ދޭނެ ކަމަށް އީރާނުން ބުނުމުންނެވެ.
ރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 792 މޭލުގައިވާ ޑިއޭގޯ ގާސިއާ ގައި ހުންނަ އަސްކަރީ މަރުކަޒަކީ ދުރުރާސްތާގެ އޮޕަރޭޝަންތަކަށް އެހީތެރިވުމުގެ ގާބިލްކަން ހުންނަ މައިގަނޑު ބޭސް އެކެވެ. މިއީ އިނގިރޭސީވިލާތުން އެމެރިކާ އަށް ކުއްޔަށް ދީފައިވާ އިންޑިއާ ކަނޑުގެ ޖަޒީރާއެވެ.
އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ރަޝިޔާއިން ޔުކްރޭނަށް އަދި ޔުކްރޭނުން ރަޝިޔާއަށް ފޮނުވައިލި މިސައިލްތައްވެސް އަމާޒުން ކައްސާލައި ކައިރީގައިވާ ޤައުމުތަކަށް އެރިއެވެ. ހަމަ އެގޮތްށް އީރާނުން ފޮނުވާލާ އެއްޗެއް ރާއްޖެ ބުޑުގައި އޮތް ޑިއޭގޯ ގާސިއާއަށް ވާޞިލް ވުމުގެ ކުރިން ރާއްޖެއަށް ވެއްޓިދާނެ ކަމުގެ ޗާންސް އެބަ އޮތެވެ. ނުވަތަ ޑިއޭގޯ ގާސިއާއިން އީރާނަށް ފޮނުވާލާ އެއްޗެއް ރާއްޖެއަށް ވެއްޓިދާނެ ކަމުގެ ޗާންސް އެބަ އޮތެވެ. ނުވަތަ އީރާނުން އަންނަ މިސައިލް ގޮއްވާލަން ޑިއޭގޯ ގާސިއާ އިން ފޮނުވާލާ ޑިފެންސް މިސައިލް އެކަތި އަނެކައްޗާއި ޖެހޭ ވަގުތު އެ ގޮވައި، އެއަށްފަހު ދެން އޭތި ވެއްޓޭ އިރު ވެސް ރާއްޖޭގެ ރަށަކަށް ވެއްޓުން އެއީ ނުވާނެ ކަމެއް ކަމަށް ބަލައިގަނެގެން ނުވާނެއެވެ.
އީރާނުގެ މިސައިލްތައް ކުޅަދާނައެވެ. 2485 މޭލްށް ދަތުރުކުރާ މިސައިލް އެބަހުއްޓެވެ. ޑިއޭގޯ ގާސިއާ އާއި އީރާނާއި ދެމެދުގައި ހުރީ 2930 މޭލެވެ. އެހެންކަމުން އީރާނުން ފޮނުވާލާ ޝާހިދު މަރުކާގެ އެ މިސައިލް ރާއްޖެއަށް ވުރެ މާރީއްޗަށް ވެސް ދުރަށް ދާނެއެވެ. ނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާވެ ރާއްޖެ މައްޗަށް މިސައިލްތައް ވެއްޓިއްޖެ ނަމަ އެތަނެއް ފުނޑާލައި ހާސްބަޔަކު ރާއްޖެއިން ޝަހީދުވެދާނެ ކަމުގެ ބިރު އެބައޮތެވެ. އީރާނުން ފޮނުވާނީ ކޮންކޮން ބާވަތެއްގެ މިސައިލެއް ކަމެއް އަޅުގަނޑުމެންނަކަށް ނުވެސް އެނގެއެވެ.

ތެހެރާނުން ވަނީ އެ ޤައުމާއި ދެކޮޅަށް ބޭނުންކުރާ ބޭސްތަކަކީ “ސީދާ އަމާޒެއް” ކަމަށް ބުނުމަކީ ރާއްޖެއަށް ޙަމަލާ ދޭން އުޅުމެއް ނޫނެވެ. އީރާނުގެ އިންޒާރުތައް ފޯކަސް ކުރަނީ އަސްކަރީ ވަސީލަތްތަކަށެވެ. ރާއްޖެ އަށް ޙަމަލާ އެއް އަރާފާނެ އޭ ކިޔައި އެ ފަތުރަނީ ރާއްޖޭގެ ޓުއަރިޒަމް ހަލާކުކޮށްލަން ވެގެން ދައްކާ ވާހަކަތަކެވެ. އެކަމަށް އެންމެ ބޮޑަށް ޓެކުލް ކުރަނީ އިންޑިއާ އާއި ލަންކާއިންނެވެ. މި ދެޤައުމަކީ ރާއްޖޭގެ ޓުއަރިޒަމް ހަލާކުކޮށްލަން އަބަދުވެސް މަސައްކަތްކުރާ ދެޤައުމެވެ.
ސަލާމަތީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނާއި އަސްކަރީ ކަންކަން ރޭވިފައި އޮންނަ ގޮތުގެ ސަބަބުން ވެސް ކަމާނުބެހޭ ޤައުމުތަކަށް އެކްސިޑެންޓަކުން ވެސް ޙަމަލާ އެއް އެރުމަކީ ނާދިރު ކަމެކެވެ. މީގެ އިތުރުން ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި އެހެނިހެން ޤައުމުތަކުން އެމީހުންގެ ސަރަޙައްދު މި ހަނގުރާމައިގައި ބޭނުން ކުރުމަށް ދެކޮޅު ހަދާފައި ވުމަކީ ވެސް އެކަމުގެ ނުރައްކާ އިތުރަށް ކުޑަވެފައިވާ ކަމެއް ކަމަށް ބެއިރޫތުން ބުނެއެވެ.
ކުރުކޮށް ބުނާނަމަ، ދުނިޔޭގެ މަސްރަޙުގައި އީރާނު މައްސަލައިގައި ކަންބޮޑުވުންތައް އުފެދޭއިރު، ޑިއޭގޯ ގާސިއާ ނުވަތަ އެހެން ބޭހަކުން އަޅާ ފިޔަވަޅަކުން ރާއްޖެއަށް މިސައިލެއް އަމާޒުވެދާނެތީ ބިރުގަންނަންވީ ސަބަބެއް ނެތެވެ.

ރާއްޖެއަށް ހަމަލާއެއް އައިއްސިއްޔާ 1000 ނޫން މުޅި މާލެ އަޅިއަށް ހަދާލާނެ
އަވަހަށް ރާއްޖެ ދޫކޮށްލާފަ ހިނގާ އެމެރިކާ އަށް ދާން. ރާއްޖެ ދޭންވީ އިނގިރޭސި ވިލާތަށް