Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރާއްޖެއަށް ސަރަޙައްދުގެ ޗެމްޕިއަން! ރައީސްގެ ޝުކުރު އެންމެނަށް!
  • ކުޅިވަރު

ރާއްޖެއަށް ސަރަޙައްދުގެ ޗެމްޕިއަން! ރައީސްގެ ޝުކުރު އެންމެނަށް!

admin September 9, 2025
big_3s5PcCRzM372AUFvlmyllDGWW

ސައުތު އޭޝިއަން ސުޕަރ ކަޕުގެ ޗެމްޕިއަންކަން ހޯދައި ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޤައުމީ ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވައިފިއެވެ.

ރާއްޖެއިން މި މުބާރާތް ކާމިޔާބުކުރީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މިއަދު ހަވީރު ކުޅުނު ދެވަނަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މެޗު ފަށައިގެން ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފަސްވަނަ މިނެޓުގައި އޭރިއާ ބޭރުން އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.އަދި މެޗުގެ 14 ވަނަ މިނެޓުގައި ރާއްޖޭގެ މިޑްފީލްޑަރު އަޙްމަދު އައިހަމްއަށް ލިބުނު ފުރުސަތުގައި އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ރާއްޖޭގެ ފުލްބެކް ހައިޝަމް ހަސަން ފޮނުވާލި ހަމަލާއެއްވެސް ކީޕަރު ސުޖަން ވަނީ ހުއްޓުވާފައެވެ.އޭގެ ފަހުން ލަންކާއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުގެ ޑިލޯން ޑި ސިލްވާއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޑި ސިލްވާ އިތުރު ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ، ދަނޑި ކައިރިން ބޭރަށެވެ.އޭގެ ތިން މިނެޓު ފަހުން ރާއްޖޭގެ ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) އޭރިއާ ތެރެއިން ބޮލުން ހަމަލާއެއް ފޮނުވާލި ބޯޅައެއް ދަނޑި ކައިރިން ބޭރަށް ދިޔައިރު، މެޗުގެ 38 ވަނަ މިނެޓުގައި އޭރިއާ ބޭރުން އައިހަމް ފޮނުވާލި ހަމަލާވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ލަންކާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމުގެ ޑި ސިލްވާއަށް ވަނީ އިތުރު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.މި މެޗުގައި ލަންކާއިން ރާއްޖޭގެ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފައްދާފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. އެގޮތުން އޭރިއާ ތެރެއިން އެ ޓީމުގެ ވަސީމް ރަޒީކް ބޮލުން ފޮނުވާލި ހަމަލާ، ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ.މި މެޗުގައި ރާއްޖެއިން ލީޑު ނަގާފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފޭދޫ އިއްބެ ބޮލުން ފޮނުވާލި ހަމަލާއެއް، ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.އޭގެ ފަހުން މި މެޗުގެ 84 ވަނަ މިނެޓުގައި ލަންކާއަށް ވަނީ ކޯނަރަކުން ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އެ ޓީމުގެ ގަރެޓް ކެލީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން އޮލިވަރ ކެލާޓް ފޮނުވާލި ބާރު ހަމަލާއެއް ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރެއިން ދެވަނަ މިނެޓުގައި ލަންކާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެލާޓެވެ.މި ނަތީޖާއާއެކު ރާއްޖެއިން ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރިއިރު، މި މުބާރާތުގައި ކުޅުނު ދެ މެޗަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާ މުޙައްމަދު ޝިޔާޒް (މޯހަން) ހަވާލުވިފަހުން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުތަކެވެ.

ގައުމީ ކޯޗުކަމަށް އަނެއްކާވެސް އިސްޓަވާން އުރުބާނީ

ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް: ފޯރިއާއެކު މެޗުތައް ކުރިއަށް

އިސްރާއީލް ބައިވެރިވާނަމަ، ފްރާންސާއި ނެދަރލެންޑްސް، ސްލޮވީނިޔާ، އައިސްލެންޑް އަދި އަޔަލެންޑުން ލަވަ...

Continue Reading

Previous: ހިންމަފުށީ ރިހެބުން އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަނީ
Next: އަނިޔާވެރިވި މީހުންގެ އަވަށްތައްވެސް ތިޔަބައިމީހުންނާ ދުރެއް ނޫނެވެ!

Related Stories

130EDBC0-6EB7-4529-A323-CFFB8D960E09
  • ކުޅިވަރު

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

admin February 5, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
D9AFF373-B457-41CB-BFF4-5A4961CA3CC0
  • ކުޅިވަރު
  • ޚަބަރު

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

admin January 30, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.