Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ކުރިން ނެގި ގުރު ކެންސަލް! ޕްލޭން ބަދަލުވެ ގިރާވަރު ފަޅުން ދޫކުރި ގޯތިތަކުގެ ގުރުލުން އަލުން ބާއްވަނީ!
  • ޚަބަރު

ކުރިން ނެގި ގުރު ކެންސަލް! ޕްލޭން ބަދަލުވެ ގިރާވަރު ފަޅުން ދޫކުރި ގޯތިތަކުގެ ގުރުލުން އަލުން ބާއްވަނީ!

admin January 28, 2026
C7250520-9A15-4CA1-9041-52B7E9C9B0B8

ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގިރާވަރުފަޅުން ގޯތި ލިބުނު އެންމެނަށް އާ ލޮޓް ނަންބަރުތައް ކަނޑައެޅުމަށްޓަކައިި އަލުން ގުރުއަތު ނެގުމަށް ނިންމައިފި އެވެ.


ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގިރާވަރުފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕްލޭނުގައި 610 ގޯތި މަދުވާ ކަމަށެވެ. އެހެންވެ އިއްޔެ އާއްމުކުރި އާ ލޭންޑް ޔޫސް ޕްލޭނުގައި އެ 610 ގޯތި ހިމަނައިގެން ޖުމްލަ 4,072 ގޯތި ގިރާވަރުފަޅުން ދޫކުރުމަށް ހިމަނާފައިވާނެ ކަމަށް ބުންޏެވެ.


އަދި މި ބަދަލާ ގުޅިގެން، “ބިންވެރިޔާ” ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަހައްދުތަކަށް ބަދަލު އަންނާނެތީ، އާ ލޮޓް ނަންބަރުތައް ކަނޑައެޅުމަށްޓަކައި އަލުން ގުރުނެގުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.


މިިނިސްޓްރީން ބުނީ މި ގުރުއަތުލުން އޮންނާނީ 31 ޖެނުއަރީ ވާ ހޮނިހިރު ދުވަހުގެ ހެދުނު 09:30 ގައި ސޯޝަލް ސެންޓަރުގެ ހޯލުގައި ކަމަށެވެ.


ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު؛
1250 އަކަފޫޓުގެ 2603 ގޯތި
1650 އަކަފޫޓުގެ 1214 ގޯތި
2050 އަކަފޫޓުގެ 254 ގޯތި
2450 އަކަފޫޓުގެ 01 ގޯތި


މިނިސްޓްރީން ބުނީ ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ.


އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަދެވޭނެ ކަމަށާއި ގޯތި ލިބޭ ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާނަމަ އެކަން އަންގައިދޭ ލިޔުމާއި އަދި ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންދަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.


މީގެ އިތުރުން ގުރުއަތުނެގުން ކުރިއަށްދާއިރު ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހިގެންދާ ޕްލޮޓް ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެފަރާތަކަށް ލިބޭ ފްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ގުރުއަތުލުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަގުތުން ދުރަށް ދައްކާނެ އެވެ.

ކުޑަކުއްޖާ އަށް ދިން ސިޔާސީ ޙަމަލާ ޢާއިލާގެ ކޮޅަށް ނިންމައިފި

ޝަމްޢާންގެ އިސްތިއުނާފް ހޯމަދުވަހު

ކޮންމެ އަންހެން ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ޑިޖިޓަލް ހުނަރު ލިބޭނެ މާޙައުލެއް ޤާއިމުކ...

Continue Reading

Previous: އިންޑިއާގައި ފުލައިޓެއް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެ
Next: ރައީސުލްޖުމްހޫރިއްޔާ، ޕީއެންސީގެ ޔޫތު ވިންގަށް ލުޖައިނު އައްޔަންކުރައްވައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.