Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޝަމްޢާންގެ އިސްތިއުނާފް ހޯމަދުވަހު
  • ޚަބަރު

ޝަމްޢާންގެ އިސްތިއުނާފް ހޯމަދުވަހު

admin April 20, 2025
IMG_4975

ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހޯމަ ދުވަހު މެންދުރު ފަހު ފަށަން ހައިކޯޓުގައި ތާވަލުކޮށްފި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކުރީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ. ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާޗް މަހުގެ 22 ވަނަ ދުވަހު ދަށު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. 

އެ މައްސަލަ ހައިކޯޓަށް ޝައްމާންގެ ފަރާތުން ހުށަހެޅުމުން، އެ ކޯޓުން ފުރަތަމަ ނިންމީ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލާށެވެ. އޭގެފަހުން ޝަމްއާންގެ ބަންދު ޝަރީއަތް ނިމެންދެން ބަންދަށް ބަދަލުކޮށްފައި ވަނިކޮށް ހައިކޯޓުން ވަނީ ޝަމްއާންގެ އިސްތިއުނާފު ބަލައިގަންނަން ނިންމާފަ އެވެ.

ޝަމްއާންގެ އިސްތިއުނާފު ބަލައިގަންނަން ނިންމީ ރަޖިސްޓްރާގެ ނިންމުން މުރާޖައާކުރުމަށް ޝަމްއާންގެ ފަރާތުން ހުށަހެޅުމުން، ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށްފަ އެވެ. އެ ނިންމުން ބާތިލު ކުރީ މައްސަލަ މުރާޖައާކުރި ހައިކޯޓުގެ ބެންޗުގެ އިއްތިފާގުންނެވެ.

ޝަމްއާންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑެއްގެ ތެރެއިން އަތުލައިގެން ބިދޭސީއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޫކޮށްލަން އެންގެވިކަމުގެ ތުހުމަތެވެ.

ޝަމްއާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފަ އެވެ. އަދި ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުވެސް ފުލުހުން ގެންގޮސްފައިވެ އެވެ. ޝަމްއާން ހައްޔަރުކުރުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި ބިދޭސީ މީހާގެ އަތުން ފެނުނު 530،000 ރުފިޔާ ހިފައިގެން އެ ރެއިޑްގައި އުޅުނު އިމިގްރޭޝަންގެ ތިން އޮފިސަރަކު ދިޔައީ ސީދާ ޝަމްއާންގެ އެޕާޓްމަންޓަށް ކަމަށެވެ.

ފުލުހުން ވަނީ ރެއިޑްގައި ހަރަކާތްތެރިވި ތިން އޮފިސަރުންވެސް ހައްޔަރުކޮށްފަ އެވެ. އަދި ޝަމްއާން ހައްޔަރުކުރި ދުވަހު އިމިގްރޭޝަންގެ އިތުރު އޮފިސަރަކުވެސް މިމައްސަލައިގައި ހައްޔަރުކޮށްފައިވާތީ މިމައްސަލައިގައި މިވަގުތު ފަސް މީހަކު ފުލުހުންގެ ބަންދުގައި އެބަ ތިއްބެވެ.

ނުޙައްޤުން މުއްސަނދިކަން ހޯދި މީހުންގެ ލިސްޓު ހޯދައިފި

ފަލަސްޠީނު ޒުވާނެއްގެ ބަނޑު ފަޅާލައި މަރާލައިފި

ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދުވާ ގޮތެއް މީޑިއާ ބިލުގައި ނެތް: ފަލާޙް

Continue Reading

Previous: ރާއްޖޭގެ ޓޫރިޒަމް ޑުބާއީގައި އިޝްތިހާރުކުރަނީ
Next: އަންހެންމީހާ ވެއްޓުނު ހާދިސާ: އެންމެން ހޯދައި ފުރުން މަނާކޮށްފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.