އިންޑިއާގައި ފުލައިޓެއް ވެއްޓި މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރް (66) އާއި އެއިން ދަތުރުކުރި ފަސްމީހުން ވެސް މަރުވެއްޖެއެވެ.
ބޮމްބާޑިއާ ލިއާޖެޓް 45 (ރަޖިސްޓްރޭޝަން ވީޓީ-އެސްއެސްކޭ) ވެއްޓުނީ އިންޑިއާގެ ހުޅަނގުގެ ޕޫނޭ ޑިސްޓްރިކްޓްގައެވެ.
ލޯކަލް އިންތިޚާބުގެ ކަންކަމަށް ތައްޔާރުވުމަށް މުމްބާއީން ބަރަމަޓީ އަށް ދަތުރުކުރަމުން ދިޔަ ފުލައިޓު ވެއްޓުނީ އެއާޕޯތަށް ތިރިކުރަން އުޅުނު ވަގުތުގައެވެ. ބޯޓުގައި ރޯވެ އެންމެން މަރުވިއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ ހާދިސާ ތަހުގީގު ކުރަމުންނެވެ.
