Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އަނެއްކާވެސް ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޣައްޒާގައި ވަގުތީ މިސްކިތެއް، މިއީ މިފަދަ 7 ވަނަ ވަގުތީ މިސްކިތް
  • ދީން
  • ޚަބަރު

އަނެއްކާވެސް ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޣައްޒާގައި ވަގުތީ މިސްކިތެއް، މިއީ މިފަދަ 7 ވަނަ ވަގުތީ މިސްކިތް

admin February 20, 2026
10037E23-3B94-448B-9638-7B10A11BF13A

އިސްރާއީލުގެ ރަހުމްކުޑަ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ ބިމުގައި، ޚިދުމަތް ޖަމިޢްޔާގެ ފަރާތުން ވަގުތީ މިސްކިތެއް ބިނާކޮށްފިއެވެ. މިއީ ދިވެހި ލޮބުވެތި ރައްޔިތުންގެ ދީލަތި އެހީގައި ބިނާކުރެވުނު މިސްކިތެކެވެ. މި މިސްކިތުގެ ޢަމަލީ މަސައްކަތް ނިމި މިސްކިތުގައި ރޭގައި ވަނީ ނަމާދުކުރަން ފަށައިފައެވެ. މިއީ ޚިދުމަތް ޖަމިޢްޔާގެ ފަރާތުން ޣައްޒާގައި ބިނާކުރި 7 ވަނަ ވަގުތީ މިސްކިތެވެ.


މި މިސްކިތް އެޅުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ނަމާދު ކުރުމުގެ އިތުރުން، މިސްކިތުގައި ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދާނެ ކަމަށް އެ ޖަމިޢްޔާއިން މައުލޫމާތު ދެއެވެ.


ޚިދުމަތް ޖަމިއްޔާގެ ޓީމުން ޣައްޒާގައި ކުރަމުންދާ މަސައްކަތްތަކަކީ ނުހަނު ބުރަ އަދި ނުރައްކާތެރި މާހައުލެއްގައި ކުރަމުންދާ މަސައްކަތްތަކެކެވެ. އެހެންނަމަވެސް، އެ ޓީމުން ދަނީ ކޮންމެ ދުވަހަކުވެސް ވަރަށް ހިތްވަރާއެކު މި އިންސާނީ ޚިދުމަތުގައި ދެމިތިބެ، ދިވެހިންގެ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.


މި ޖަމިޢްޔާގެ މަސައްކަތްތަކަކީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރަމުންދާ މަސައްކަތްތަކެކެވެ. މިގޮތުން، އެ ޖަމިއްޔާގެ ފޭސްބުކް، އިންސްޓަގްރާމް، އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާގެ ހުރިހާ މަންސަތަކުން މި މަސައްކަތްތަކުގެ އަޕްޑޭޓްތައް ދުވަހުން ދުވަހަށް އާންމުންނަށް ލިބެމުންދާނެއެވެ. މިއީ ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ބާއްވާ ގާތްކަމާއި، އިސްލާމީ އުޚުއްވަތްތެރިކަން ދައްކުވައިދޭ މަތިވެރި ނަމޫނާއެކެވެ.

އިތުރު ފޮޓޯތައް ތިރީގައި މިވަނީއެވެ.

ޚިދުމަތް ޖަމިއްޔާއިން މި ރަމަޟާން މަހަށް ޣައްޒާގައި ބިނާކުރި 7 ވަނަ ވަގުތީ މިސްކިތް. އެ ޖަމިއްޔާ އިން އަނެއްކާވެސް ވަނީ ޣައްޒާގައި އިތުރު ،ިސްކިތެއްގެ މަސައްކަތް ފަށާފައި / ފޮޓޯ: ޚިދުމަތް
ޚިދުމަތް ޖަމިއްޔާއިން މި ރަމަޟާން މަހަށް ޣައްޒާގައި ބިނާކުރި 7 ވަނަ ވަގުތީ މިސްކިތް. އެ ޖަމިއްޔާ އިން އަނެއްކާވެސް ވަނީ ޣައްޒާގައި އިތުރު ،ިސްކިތެއްގެ މަސައްކަތް ފަށާފައި / ފޮޓޯ: ޚިދުމަތް
ޚިދުމަތް ޖަމިއްޔާއިން މި ރަމަޟާން މަހަށް ޣައްޒާގައި ބިނާކުރި 7 ވަނަ ވަގުތީ މިސްކިތް. އެ ޖަމިއްޔާ އިން އަނެއްކާވެސް ވަނީ ޣައްޒާގައި އިތުރު ،ިސްކިތެއްގެ މަސައްކަތް ފަށާފައި / ފޮޓޯ: ޚިދުމަތް

އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އެމެރިކާއަށް އަންގައިފި

ހުޅުމާލެ-3 އިން ދޫކުރި ގޯތީގެ ގުރުއަތުލުން މާދަމާ

10 ޓަނު ކޮކެއިން އާއި އެކު ބޮޑު މާފިޔާ ނެޓްވޯކެއް އުފުރާލައިފި

Continue Reading

Previous: ކުއްލި ޚަބަރު: އީރާނުން އަވަހަށް ބޭރުވުމަށް އެމެރިކާގެ އެޖެންޓުންނަށް މިރޭ މެސެޖުތައް އަންނަނީ
Next: ބޭނުންކުރެވޭ ރިޒާވް 300 ބިލިއަން ޑޮލަރަށް އަރައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.