Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • 48 ގަޑިއިރުތެރޭ ރޯދަ ހަދިޔާ ބަހަން ފަށާނެ
  • ޚަބަރު

48 ގަޑިއިރުތެރޭ ރޯދަ ހަދިޔާ ބަހަން ފަށާނެ

admin January 22, 2026
651E4603-2B82-46B1-932B-0DF7D7DA4BFC

މި ފެށޭ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 


ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅުކޭސް ބެހުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ރޯދަހަދިޔާ ބެހުމަށް ޚާއްސަކޮށް ހުޅުވާލާ ޕޯޓަލް މެދުވެރިކޮށް މިއަދު މެންދުރު 12:00ން ފެށިގެން ނަންބަރު ނެގޭނެ ކަމަށާއި މަސްދަޅު ކޭސް ހޯދަން އެއްވެސް މީހަކު ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ. އެއީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީއެވެ. ހުރިހާ ގޭބިސީއަކަށްވެސް ރޯދަ ހަދިޔާ ލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. 

“އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ހުރިހާ ގޭބިސީތަކަށްވެސް މަސްދަޅު ލިބޭނެކަން އަޅުގަނޑުމެން ކަށަވަރު ކުރާނަން. މަސްދަޅު ކޭސް ބެހުމުގައި ގޭބިސީތަކަށް އަޅުގަނޑުމެން މިބަލަނީ މާލޭގައި ކަރަންޓު މީޓަރުތަކަށް، އަދި ރަށްރަށުގައިވެސް އަޅުގަނޑުމެން މިހާތަނަށް ވާނީ އެ ރަށެއްގެ ގޭބިސީތަކުގެ ލިސްޓު ހޯދާފައި. އަދި ރަށްރަށުގެ ކައުންސިލްތަކުގައިވެސް އެ މައުލޫމާތު ބަރާބަރަށް ހުންނާނެ،” ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވިގޮތުގައި މާލެ ސަރަހައްދުގައި މަސްދަޅު ކޭސް 15 ތަނަކުން ދޫކުރާނެއެވެ. އެއީ މާލޭގެ 8 ސަރަހައްދަކާއި ހުޅުމާލެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ 1 ސަރައްދުންނެވެ.

މާލޭގައި މަސްދަޅުކޭސް ދޫކުރާ ސަރަޙައްދުތައް: 

• މިފްކޯ މަރުކަޒު
• ސޯޝަލް ސެންޓަރ
• އެމްޓީސީސީ ސޯ މިލް 
• ހެންވޭރު ބޯޅަ ދަނޑު
• ގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދެއް

ހުޅުމާލޭގައި މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތައް: 

• އުމަރު ޒާހިރު ބިލްޑިން
• ޕޮލްކޯ ޓަވަރުގެ ތިރި
• މުޙައްމަދު ގާސިމް ޕްރީ ސްކޫލް
• ކާމިލް ދީދީ ސްކޫލް
• ހިޔާ ޓަވަރު 10
• ވިނަރެސް ފްލެޓް

ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުގައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު ވިދާޅުވިއެވެ. 

މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އާ ހަމައަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރޯަދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ނިންމާފައިވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށެވެ. 

އެމެރިކާގެ ޕަޕެޓް ސަރުކާރު އޮންނަ ޣިރާޤުން ޓްރަމްޕަށް ދޯކާ ދީފި

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

ދިވެހި ދެ އުމްރާވެރިން ނިޔާވެއްޖެ

Continue Reading

Previous: ކުއްލި ޚަބަރު: އެމްޕީއެލްގައި ޒުވާނަކު ނިޔާވެއްޖެ
Next: މައުމޫން ކުށުން ބަރީޢަ ވެއްޖެ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.