އުމްރާގެ އަޅުކަމަށް ސައުދި އަރަބިއްޔާއަށް ދިޔަ ދިވެހި ދެ އުމްރާވެރިއަކު ނިޔާވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިވެހި ދެ އުމްރާވެރިއަކު ނިޔާވެފައިވާ ކަމަށެވެ. އަދި އެ އުމްރާވެރިންގެ ޖަނާޒާގެ ކަންތައް ފުރިހަމަ ކުރެވިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ދެ އުމްރާވެރިން ނިޔާވީ ކޮން އިރަކުކަން އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
އޮފިޝަލް ވިދާޅުވީ ނިޔާވެފައި ވަނީ ސަފާ ގްރޫޕާއި ހިޖާޖް ގްރޫޕުގެ ހަވާލުގައި ދިޔަ ދެ އުމްރާވެރިން ކަމަށެވެ. އެއީ ފިރިހެން ދެ އުމްރާވެރިންނެވެ.
