Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އެމެރިކާގެ ޕަޕެޓް ސަރުކާރު އޮންނަ ޣިރާޤުން ޓްރަމްޕަށް ދޯކާ ދީފި
  • ޚަބަރު

އެމެރިކާގެ ޕަޕެޓް ސަރުކާރު އޮންނަ ޣިރާޤުން ޓްރަމްޕަށް ދޯކާ ދީފި

admin January 15, 2026
6830334E-1409-457F-8D09-2C0FD376A100

ޣިރާޤުގެ ކުރީގެ ލީޑަރު ޞައްދާމް ޙުސައިން ދަންޖައްސައި އަވަހާރަކޮށްލައި އެމެރިކާއިން ވަނީ އެ މީހުންގެ ގޮނޑި ކޮއްކޮ ސަރުކާރެއް ޣިރާޤުގައި ޤާއިމް ކޮށްފައެވެ. އެމެރިކާއިން ޣިރާޤަށް އަރައިގަތީ 2003 ވަނަ އަހަރުގައެވެ. ޞައްދާމް އަތުލައިގަނެ އަވަހާރަކޮށްލާފައި ވަނީ 2006 ވަނަ އަހަރުގައެވެ. އޭގެފަހުން އެމެރިކާއިން ކޮންމެ އަހަރަކު ޣިރާޤަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދެއެވެ. ކޮންމެ އަހަރަކު ގާތްގަނޑަކަށް 400–500 މިލިއަން ޑޮލަރު އެމެރިކާ އިން ޣިރާޤަށް ދެއެވެ. 2003 ވަނަ އަހަރުން ފެށިގެން އެމެރިކާ އިން ޣިރާޤަށް ދިހަވަރަކަށް ބިލިއަން ޑޮލަރު ދީފައި ވެއެވެ.

މި ހުރިހާ ކަމެއް މިހެން އޮއްވައި، ޣިރާޤުން މި ވަނީ އެމެރިކާ އަށް ހިންދިރުވާލަން އުނދަގޫ ކޮށްފައެވެ. އީރާނު މައްސަލައިގައެވެ. އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާއިން ރޭވިޔަސް ޣިރާޤުގެ ކަނޑާއި ޖައްވާއި ބިމުގެ އެއްވެސް ސަރަޙައްދެއް އެކަމުގައި ބޭނުން ނުކުރުމަށާއި، އެއީ ޣިރާޤުން ދެކޮޅު ހަދާ ކަމެއް ކަމަށް ޣިރާޤުގެ ސިފައިންގެ ކޮމާންޑަރ އިން ޗީފްގެ ރަސްމީ ތަރުޖަމާނު ސަބާޙް އަލް ނޫމާން މި ވަނީ ޓްރަމްޕުގެ ސަރުކާރަށް އަންގާފައެވެ. ނޫމާން މިހެން އެންގެވި އިރު އީރާނާއި ޣިރާޤަކީ އެއްގަލަކަށް އަރާ ދެޤައުމެއް ވެސް ނޫނެވެ. ނަމަވެސް ސަރަޙައްދީ ސަލާމަތަށް ޣިރާޤުން ވިސްނީއެވެ.

ޣިރާޤުން ބުނީ އެ ޤައުމުން ބޭނުންވަނީ އަވަށްޓެރި ޤައުމުތަކުގެ ސަލާމަތާއި ހަމަޖެހުމެވެ.

ނޫމާން ވިދާޅުވީ ޞުލްޙަވެރި އަދި ޑިޕްލޮމެޓިކް ވަޞީލަތްތަކުން މައްސަލަތައް ޙައްލު ކުރުމަށް އެދޭ ކަމަށާއި، ހުރިހާ ފަރާތްތަކަށް ވެސް މަޝްވަރާއަށް އިސްކަން ދިނުމާއި، މައްސަލަތައް ގޯސްވުމުން ދުރުހެލިވުމަށް ގޮވާލައްވާ ކަމަށެވެ.
ނޫމާން ވަނީ އެއްވެސް ޤައުމަކަށް އަމާޒުކޮށްގެން ހިންގާ އެއްވެސް އަސްކަރީ އޮޕަރޭޝަނެއްގެ ލޯންޗް ޕެޑެއްގެ ގޮތުގައި ޣިރާޤުގެ ވައިގެ ސަރަހައްދު ނުވަތަ ކަނޑުގެ ސަރަހައްދު ވެސް ބޭނުން ކުރުމާއި ދެކޮޅު ހަދާކަން ތަކުރާރު ކުރައްވާފައެވެ.

އީރާނަށް ޙަމަލާ ދިނުމަށް ޓްރަމްޕް ބޭނުންވިއިރު އޭނާ ހީކުރި ގޮތުގައި އީރާނުގެ ވަށައިގެން ތިބި ޢަރަބި ޤައުމުތަކުން އެމެރިކާ އަށް އެއްބާރުލުން ދޭނެއެވެ. ޚާއްޞަކޮށް ޣިރާޤެވެ.

ރައީސްގެ ވަޢުދާއި އެއްގޮތަށް 24 ގަޑިއިރު މުދާ ކްލިއާ ކުރާގޮތަށް ހަދައިފި

އެމެރިކާ-އީރާން މައްސަލަ: މަޝްވަރާ އަށް ޓްރަމްޕް ގޮވައިލައިފި

ހުޅުމާލޭ އޯސީސީ ފިހާރައިގެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Continue Reading

Previous: ޗައިނާގެ ގިނަ ޢަދަދެއްގެ ހަނގުރާމަތީ ބޯޓުތައް އީރާނުގެ ވައިގެ ސަރަޙައްދަށް ވަދެއްޖެ
Next: ކޮޕާ ޑެލްރޭގެ ކުއާޓަރ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.