Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އީރާނަށް ޙަމަލާ ދޭން ނުވިސްނައްޗޭ! ތުރްކިޔޭ މިއޮތީ އީރާނާއެކު – އެރްދޮޣާން
  • ޚަބަރު

އީރާނަށް ޙަމަލާ ދޭން ނުވިސްނައްޗޭ! ތުރްކިޔޭ މިއޮތީ އީރާނާއެކު – އެރްދޮޣާން

admin January 21, 2026
Screenshot

Screenshot

އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް ހުރިހާ ގޮތަކުން އެއްބާރުލުން ދޭނެ ކަމަށް ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވެއްޖެއެވެ. ޓެލްއަވީވްގެ ދުޝްމަނު އަދި އިސްލާމީ އެންމެ ވަރުގަދަ އަސްކަރީ ބާރުގެ ވެރިޔާ ވިދާޅުވީ މެދުއިރުމައްޗާއި އިސްލާމީ ޤައުމުތަކުގެ ޙިމާޔަތުގައި އަންކާރާގެ ސަރުކާރު ދެމިއޮންނާނެ ކަމަށާއި، ނަތަންޔާހޫ އަށް ބޭނުންހާ އެއްޗެއް ހަދަން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލް އަޑީގައި ތިބެގެން އީރާނުގެ އެތެރެ ގަޑުބަޑުކޮށް، ދާޚިލީ ހަނގުރާމައަކަށް އީރާން ހުށަހެޅުމަށް މަސައްކަތްތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އީރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކުގެ ސާފު ތެދު މަޢުލޫމާތެއް ވެސް ނުލިބެއެވެ. އެ ޤައުމުން ވަނީ އިންޓަރނެޓް ކަނޑާލާފައެވެ. ބައެއް ފަރާތްތަކުން ބުނަނީ މުޒާހަރާގައި 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށެވެ.
އީރާނުގެ ރޫޙަނީ ލީޑަރު ޚާމަނާއީ ވިދާޅުވީ، އީރާނުގެ މުޒާހަރާގައި ގިނަބަޔަކު މަރުވެ އަދި ޒަޚަމްވި ކަމަށެވެ. އަދި މިކަމުގައި އެމެރިކާގެ ރައީސް އަމިއްލައަށް ތަދައްޚުލްވެ “އިންޒާރުތައް ދީ، ފިތުނަވެރިންނަށް ހިތްވަރުދީ ތާއީދު ކުރެއްވި” ކަމަށެވެ.
އެތައް ސަތޭކަ ބަޔަކު މަރުވުމެވެ.
އީރާނު ފުލުހުން ބުނީ ސުލްހަވެރި ކަމާއި އެކު ބޭއްވި މުޒާހަރާތައް “ހަލަބޮލި ކޮށްލީ އެމެރިކާ އާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުންނެވެ.


މި މުޒާހަރާތަކުގައި އީރާނުން 3،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި ކަމަށް ވެއެވެ.
އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ވެސް އެނގޭކަށް ނެ
އިގްތިސާދީ ހާލަތު ގޯސްވެ، އީރާނުގެ ފައިސާގެ އަގު ރެކޯޑް އަދަދަކަށް ދަށްވުމާއި ގުޅިގެން ސަރުކާރާއި ދެކޮޅު މުޒާހަރާތައް ފެށީ ޑިސެމްބަރުގެ ފަހުކޮޅުގައެވެ. އޭގެފަހުން މުޒާހަރާތައް ހޫނު ވާން ފެށިއެވެ. ނަތީޖާ އަކީ މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ވެސް ހަމަނުޖެހުންތައް ހިނ
ގަތެވެ. ސަބަބަކީ އެ ގައުމުން ވަނީ އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައެވެ. އަދި ސްޓަލިންކުގެ ޚިދުމަތް ވެސް އެ ޤައުމަކަށް ނުލިބެއެވެ. ސަބަބަކީ އީރާނުން ވަނީ ސްޓާލިންކުގެ ސިގްނަލް ވެސް ބްލޮކް ކޮށްފައެވެ.

ސަރުކާރުން ރައްޔިތުންގެ އަޑުއަހައި ފުންކޮށް ވިސްނުމަށް އީރާނުގެ ހުކުރު ޚުޠުބާއި ގޮވާލައިފި

ރައީސްގެ ގްލޯބަލް ގޭމް ޗޭންޖިންގ އައިޑިއާ

އީރާނުގެ ވެރިކަން ވައްޓާލައި ޤައުމާއި ޙަވާލުވާނީ އެމެރިކާގައި ހުރި މީހަކު ކަމަށް އިޢުލާން ކޮށްފި

Continue Reading

Previous: ކަރަންޓު ވަގު 8 މަހަށް ޖަލަށް!
Next: އެ މީހުން ވަނީ ކޮވިޑުން ނާޖާއިޒް ފައިދާ ނަގާފަ – ދެމީހުންނަށް ދައުވާ ކުރަން ފޮނުވައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.