Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މި މީހުން ދެން ފެންނާނީ ރިސޯޓް އޯނަރުންގެ ގޮތުގަ
  • ވިޔަފާރި
  • މީހުން

މި މީހުން ދެން ފެންނާނީ ރިސޯޓް އޯނަރުންގެ ގޮތުގަ

admin January 28, 2026
1A9D3F55-A353-4867-8F21-4A4B1632CBB4

އަލަށް ނުކުންނަ ރިސޯތް އޮނަރުންތަކެއް (ފޮޓޯ: މ)

ކުރިން ދުވަހަކުވެސް ރިސޯޓެއް ހިންގާފައި ނުވާ މޫނުތަކެއް ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެއްޖެއެވެ.

އެސްޖޭ ޕްރައިވެޓް ލިމިޓެޑް


ދުލަށް ފަސޭހަ ނަމެކެވެ. އިމާރާތްކުރުމުގެ ދާއިރާގައި މަޝްހޫރު މި ކުންފުނިން މިހާރު ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީއެވެ. އެ ކުންފުންޏަށް ދޫކޮށްފައިވަނީ ލ. އަތޮޅު ވިހަފަރު ފަޅެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ މުހައްމަދު ޝާހިދާއި ވާރެގޭ އަލްއުސްތާޛް ޝިހާދު އިބްރާހިމެވެ. ރިއަލް އެސްޓޭޓް ވިޔަފާރީގައާއި ރީޓެއިލް ކޮންސްޓްރަކްޝަންގެ ހިދުމަތުގައި ވެސް އެ ކުންފުނިން ހަރަކާތްތެރިވާއިރު މި ކުންފުނީގެ ބިންގާ އަޅަފައި ވަނީ “ދެއްވަދޫ ކަލޭފާނު”މުޑުވައްކުރި އޮށަކުންނެވެ.

މާފުށީ ގައި ގާއިމްވެފައިވާ ކާނި ގެސްޓްހައުސް


ކާނި ހޮޓެލްސް އެންޑް ރިސޯޓްސް އިން ވ. އަތޮޅު ފަޅެއް ރިސޯޓަކަށް ހަދާއިރު، އެ ކުންފުނީގެ ބޯޑުގައި ތިއްބަވަނީ ޢަބްދުﷲ ނަޝީދު (ކާނީ އަބްދު) އާއި އައިމިނަތު އާސިމާ ސަލީމް، އަދި އެދެމަފިރިންގެ ދަރިން ކަމަށްވާ މުހައްމަދު ނަބީލް ޢަބްދުﷲ އަދި އިސްމާއީލް ނަޒާލް އަބްދުﷲއެވެ.

އެރީނާ ޕްރައިވެޓް ލިމިޓެޑް


މާފުށީގައި ގެސްޓްހައުސް ހިންގާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެރީނާ ޕްރައިވެޓް ލިމިޓެޑުން ރިސޯޓް ހަދަނީ ކައިރީގައި އޮންނަ ފަޅު ތަރައްޤީ ކޮށްގެންނެވެ. ހޮސްޕިޓަލިޓީގެ ހިދުމަތަށް މަޝްހޫރު މި ކުންފުނީގެ ހިއްސާދާރުން ކަމަށްވާ ބުންޔާމިން އަޙްމަދު އާއި ޒަމީރާއެވެ.

ދިވެހި އިންޝޫރެންސް ޕާޓްނަރސް (ޑިޕް)


މާލީ ކަންކަމާއި އަދި ވިޔަފާރީގެ ގޮތުން ވެސް ފާހަގަކޮށްލެވޭ މި ކުންފުނިން ރިސޯޓް ތަރައްޤި ކުރަނީ ހުވަދުއަތޮޅު ދެކުނުބުރީ ބޭރު މައުއްޑޫ ކަމަށް ވާއިރު، މި ކުންފުންޏަކީ އެލައިޑް އިންޝުއަރެންސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ އަބްދުލް ވަހީދު ރައްޒާގު އާއި އަހުމަދު އާމިލްގެ ބުރަ މަސައްކަތެވެ.

ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް


ބ.ގޮއިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ލޮޖިސްޓިކްސް އަދި ހެވީ މެޝިނަރީގެ ދާއިރާގައި ރާއްޖޭގެ ފުންނާބު އުސް ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ފަށާފައިވާއިރު، ބޯޑުގައި ހިމެނެނީ އަބްދުﷲ ސަވާދު އާއި އަނޫޝާ ޒާހިރެއެވެ.

ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް


އިމާރާތްކުރުމުގައި ފުންނާބު އުސް ބައިސަން އިން ރިސޯޓް ތަރައްޤީކުރުމަށް ސަރުކާރުގެ ބިޑިންގ މެދުވެރިކޮށް ހޯދާފައި ވަނީ ލ.ގަސްގަނޑުފިނޮޅެވެ.

ހޭންޑީ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް


ހެންޑީ ކްރޫޒާ ފަދަ ލަގްޒަރީ ސަފާރީ އުޅަނދުފަހަރު ވެސް ހިންގާ ހެންޑީ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިޔަކީ ހަސަން ހަލީމް އާއި ފާތިމަތު ޖީނާ މުހައްމަދެވެ. މި ކުންފުނިން ރިސޯޓެއް ހަދަނީ ކުރާނީ ހއ. ގޮވާފުށީގައެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމްގައި ހަތަރުކަށިމަތި ދިވެހިންނަށް ސަރުކާރުން ހުޅުވައިލި ފުރުޞަތެއް ކަމަށް ވާއިރު، ސިނާޢަތުގެ މުސްތަޤްބަލް ބައްޓަންކުރުމަށް ނުކުމެ މިތިބީ ފިސާރި ބައެކެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ދެވަނަ ދައުރަކަށް ހޮވުމަށް ރައްޔިތުން ބޭނުންވަނީ ކީއްވެ...

ސަރުކާރުން ޑޮލަރުގެ ކަޅުބާޒާރަށް ލޮޅުން އަރުވާލަނީ

އެސްޓީއޯގެ ބަންކަރިން ޚިދުމަތުން 7.4 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިއްޖެ

Continue Reading

Previous: އިސްރާއީލާއި އެމެރިކާނުން މިވަރުގެ ދޮގެއް ފަތުރަން ހެޔޮ ނުވާނެ އެއްނު!
Next: އެމެރިކާ-އީރާން މައްސަލަ: މަޝްވަރާ އަށް ޓްރަމްޕް ގޮވައިލައިފި

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
EA64B403-8B89-4F88-B8DA-8C15867B0D0A
  • މީހުން
  • ޚަބަރު

މުރުތައްދުވިކަމަށް ބުނާ އާމިރަށް ފިޔަވަޅު އަޅަން ނިންމައިފި

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.