Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ލަންކާ އާއި ރާއްޖެއާއި ދެމެދު ވިސާއާއި ވޯކްޕާމިޓް އުވާލަންވީ – ނަޝީދު
  • Uncategorized

ލަންކާ އާއި ރާއްޖެއާއި ދެމެދު ވިސާއާއި ވޯކްޕާމިޓް އުވާލަންވީ – ނަޝީދު

admin January 8, 2026
IMG_9125

ކުރީގެ ރައީސް މުޙައްމަދު ނަޝީދު / ފޮޓޯ: މިހާރު

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ އާއި ވޯކް ޕާމިޓް ނަގަން ނުޖެހޭ ގޮތަށް ހެދުމުން ވަރަށް ބޮޑަށް ފައިދާވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު ރާއްޖެ އާއި ލަންކާގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވީ ލަންކާ އިން ދިވެހިންނަށް ވިސާ ހޯދުމަށް އުނދަގޫވެފައިވާ ކަމަށް އެ ގައުމުގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު މަސްއޫދު އިމާދު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.
ސަފީރު މަސްއޫދު ލަންކާގެ ނޫހެއް ކަމަށްވާ “ޑެއިލީ ނިއުސް” އަށް ވިދާޅުވީ ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނައިން މިހާރު ލިބޭ ކަމަށާއި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.
ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ވިސާ އަދި ވޯކް ޕާމިޓް އުވާލުމުން ދެ ގައުމަށް ވިޔަފާރީގެ ގޮތުންނާއި ފަތުރުވެރިކަމުގެ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ވެސް ފައިދާތައް ލިބިގެންދާނެ ކަމަށެވެ.
“ރާއްޖެ އާއި ލަންކާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލުމުން ދެ ގައުމަށް ވެސް ފައިދާވާނެ،” ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ލަންކާ ރައްޔިތުންނަށް ވިސާ ދިނުން ހަރުކަށިކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް!

މަސްއޫދު ވިދާޅުވީ ތައުލީމު ހާސިލް ކުރުމަށާއި ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން ކުރިން އެންމެ ގިނައިން ދަތުރުކުރީ ލަންކާ އަށް ކަމަށް ވިޔަސް، މިފަދަ މައްސަލަތަކުގެ ސަބަބުން ދިވެހިން ލަންކާ ދާ ވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ލަންކާގެ އިމިގްރޭޝަންގެ އޮފީސް ތެރޭގައި ދިވެހިންނާ ދިމާލަށް އޮފިޝަލުން ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކުރާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މައްސަލަ ބޮޑުވީ އީސްޓަ ސަންޑޭގެ ހަމަލާގެ ފަހުން ކަމަށް ވާތީ، އެ ހަމަލާގެ ފަހުން ރާއްޖެއަކީ ލަންކާގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ގައުމެއް ކަމަށް ކަނޑައެޅީތޯ ސާފުކުރަން ލަންކާގެ ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް މަސްއޫދު ވިދާޅުވި އެވެ. 

ލޯނު ތަކަށް ހެސްކިޔާފަ ލުއި ދިނުމަށް ރައީސް އަންގަވައިފި

މިޞްރުގެ ޖަލުން ސިޓީ އެއް

ރާއްޖެއަށް ޕްރެޝަރު ކުރުމަށް ޣައްޒާއަށް އަޅުގަނޑުމެން ނުވަންނާނަން: އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނ...

Continue Reading

Previous: އިހަވަންދޫގައި އާޓިފިޝަލް ބީޗު ހަދަން ޙަވާލުކޮށްފި
Next: 75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގޮތަށް ތަސްދީޤު ކުރައްވައިފި

Related Stories

0222BF4A-6DA6-46CD-AAA9-42427C41E9CD
  • Uncategorized

މިޞްރުގެ ޖަލުން ސިޓީ އެއް

admin January 19, 2026
2A81CD2A-B2BB-4AEB-8470-DEF6B845F78A
  • Uncategorized

ޤަތަރު ބޭސްގައި ތިބި އެމެރިކާ ސިފައިން ބިރުން އެތަން ދޫކޮށް ފިލަން ފަށައިފި

admin January 14, 2026
  • Uncategorized

އީރާނުގެ ވެރިކަން ވައްޓަލުމަށް އެތެރެކޮށްފައިވާ އެމެރިކާގެ ހަތިޔާރުތައް އަތުލައިގެންފި

admin January 13, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.