މިޞްރުގެ ޖަލުގައި ހުންނަވާތާ 13 އަހަރު ފަހުން ޑރ. މުޙައްމަދު ބަލްތާޖީ
ދުނިޔެއަށް އާދޭސް ދަންނަވައި ސިޓީއެއް ފޮނުއްވައިފިއެވެ.

މިސްރުގެ ރައީސް ޖެނެރަލް ސީސީ ގެ އަމުރަށް ޖަލުގައި އަނިޔާ ލިބެމުން އަންނަ މިޞްރުގެ ޤަދަރުވެރި ދީނީ އިލްމުވެރިޔާ ،ڈاکٹر محمد بلتاجی އަކީ މިޞްރުގެ ޕާލަމެންޓް ގެ ކުރީގެ މެންބަރެކެވެ. އޭނާ ޖަލަށް ލާފައި ވަނީ، މިޞްރުގެ ކުރީގެ ޑިމޮކްރެޓިކް ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ސިފައިން ބަޣާވާތަކުން ވައްޓާލުމާއި ގުޅިގެން ބަޣާވާތުގެ ވެރިޔާ، މިހާރުގެ މިޞްރުގެ ރައީ ޢަބްދުލް ފައްތާޙު އައްސީސީ ގެ ސަރުކާރުގެ ސިޔާސަތުތަކާއި ޚިލާފަށް ވާހަކަފުޅު ދައްކަަވާތީ ކަމަށް ވެއެވެ.
ޑރ. މުޙައްމަދު ބަލްތާޖީ އަކީ ޖަލަށް ލި އިރު ޕާލަމެންޓް ގެ މެންބަރެއްގެ އިތުރުން އަޒުހަރު ޔުނިވަރުސިޓީގެ ސީނިޔާ އީ. އެން.ޓީ. ސްޕަސަލިސްޓް އުސްތާޛެކެވެ.
ޑރ. މުޙައްމަދު ބަލްތާޖީ އިންސާނިއްޔަތުގެ ނަމުގައި ފޮނުއްވި ސިޓީގައި ލިޔުއްވާފައިވެއެވެ. އަހަރެންނަކީ، މުޙައްމަދު ބަލްތާޖީއެވެ. އަހަރެން ޖަލަށްލާފައި ވަނީ ސިޔާސީގޮތުން އަހަރެން އިޚްތިޔާރުކުރި ގޮތަނުންނެވެ. 2013 އިން ފެށިގެން މި ހުންނަނީ ޖަލުގައެވެ. ފާއިތުވި 3 އަހަރު ބަދުރު ޖަލުގެ 2 ވަނަ ގޮޅީގައި 57 އެކުވެރިންނާއެކު ބަންދުކޮށްފައި ވަނީ ނުހަނު ހަރުކަށި އިންސާނިއްޔަތާއި ޚިލާފް ޙާލަތުގައެވެ. 8 އަހަރު ވީއިރު އަހަރެމެނަށް އިރުގެ އަލިކަމެއް އުޑުގެ ކުލައެއް ނުފެނެއެވެ. 8 އަހަރު ވަންދެން 24 ގަޑިއިރު ހައްޔަރުގައި މިތިބީ ބަންދު ކޮޓަރިއެއްގައެވެ. މިހާލަތުގައި މިވީހާ ދުވަހު ޑޮކްޓަރަށް ދެއްކުމަށް ވަރަށް އުނދަގޫ ހާލަތެއްގައި ގެންދިޔައީ އެންމެ ފަހަރަކުއެވެ. ދުނިޔެއާއި އެއްގޮތަކަށް ވެސް ގުޅުމެއް ނެތިއެވެ. ޓީވީ އެއް، ރޭޑިޔޯ އެއް، ނޫހެއް، ނެތެވެ. އަށްއަހަރު ވީއިރު މައިންބަފައިންނާއި ދަރިންނާއި، ބައްދަލުވެފައެއް ނުވެއެވެ. އަދި އެނޫން މީހަކާއި ވެސް ބައްދަލުކުރުމުގެ ހުއްދަ ލިބިފައެއް ނުވެއެވެ.
މިހާތަނަށް އައިއިރު ކޮންމެވެސް ފަރާތަކުން ވަނީ އަހަރެންގެ މަންމަ އާއި ބައެއް ތިމާގެ މީހުން ނިޔާވި ވާހަކަ އިވިފަވެއެވެ. ޖުލައި މަހުން ފެށިގެ މިހާރު މިހުރީ ބަނޑުގައި ހޫނުކަނުގެ ހަޅުތާލެއްގައެވެ. އަހަރެންނާއި މިގޮތަށް އިންސާނިއްޔަތާއި ހިލާފަށް ކަންތައް ކުރުން ބަދަލު ނުވާ ދުވަހަކު މަރުވަންދެން މިހަޅުތާލުގައި ހުންނާނަމެވެ. އަހަރެމެން މި އަންނަނީ މިއިންސާނިއްޔަތާއި ޚިލާފު އަނިޔާގައި 13 އަހަރު ތްއްކުރަމުންނެވެ. ފަހަރުގައި ދެން މިއަނިޔާގައި ކެތް ނުކުރެވިދާނެއެވެ. މިތަނުގައި ލިބޭ އަނިޔާ ދުނިޔޭގެ އެއްވެސް ޖަލެއްގައި ނުލިބޭނެއެވެ. މިހާތަނަށް އިޒްރޭލުގެ ޖަލު ތަކުގައި ވެސް މިފަދަ އަނިޔާ ދީފައި ވާނެ ކަމަކަށް ނުފެނެއެވެ. މިހާލަތުގައި މަރުވުން ވެސް ރަނގަޅުވާނެއެވެ.
ދުނިޔޭގައި މިނިވަން ކަމަށް ވަކާލާތުކުރާ ފަރާތްތަކަށް އަހަރެމެން އިލްތިމާސް މިކުރަނީ، އަހަރެމެންނަށް މިއަނިޔާ ކުރަމުން އަންނަނީ 2013 އިން ފެށިގެންނެވެ. ހަމައެކަނި ސަބަބަކީ ސީ.ސީ ގެނައި އަސްކަރީ ބަޣާވާތާއި ދެކޮޅަށް އަޑު އުފުލުމުންނެވެ. އަހަރެންނާއި އެކުގައި މިގޮޅީގައި ކުރީގެ ވަޒީރުން، ގަވަރުނަރުން، ޕާލަމެންޓު މެންބަރުން، ޔުނިވަރުސިޓީގެ އުސްތާޛުން، ސިޔާސީ ލީޑަރުންނާއި، ޢާއްމުން ރައްޔިތުން އެބަތިއްބެވެ. އަހަރެމެން އެންމެނަށް ވެސް ކުރިމަތިކުރުވާފައި މިވަނީ އެއްކަހަލަ އަނިޔާތަކެކެވެ.
ނޯޓު: ޑރ. މުޙައްމަދު ބަލްތާޖީ ގެ ދަރިކަނބަލުން އަސްމާ ވަނީ 14 އޮގަސްޓް 2013 ގައި ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައެވެ. އޭރު އަސްމާ ގެ އުމުރަކީ 17 އަހަރެވެ. އޭރު އޭނާއަކީ ކިޔަވާ ކުއްޖެކެވެ. އަސްމާ ޝަހީދުކޮށްލި ޖަލަށްލާފައި ހުންނަވަނިކޮށް ޖަލުގައި ހިނގި ހަމަނުޖެހުމެއް ގެ ތެރެއަށް މިޞްރުގެ ސެކިއުރިޓީން ބަޑިޖެހުމުގެ ސަބަބުންކަމަށް ވެއެވެ. ނިޔާވުމުގެ ކުރިން އަސްމާ ބުނި ކަމަށްވެއެވެ. އަހަރެމެންގެ ޞުލްޙަވެރި މަސައްކަތް ބަޑީގެ ވަޒަނަށްވުރެ ވަރުގަދަވާނެއެވެ. އެހެން ބުނިތަނާ ދަރިކަނބަލުން އަސްމާގެ ފުރާނަ ދިޔަ ކަމަށް ވެއެވެ.
