Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޙަޤީޤީ ޑިމޮކްރަސީއޮތީ ހުޅަނގުގައެއް ނޫނެވެ
  • ކުޅިވަރު

ޙަޤީޤީ ޑިމޮކްރަސީއޮތީ ހުޅަނގުގައެއް ނޫނެވެ

admin January 11, 2026
7AA7FFE6-808D-4E2B-815F-8767D07F5B29

ޑިމޮކްރަސީ އަކީ ދެ ލަފުޒެއް އެއްކޮށްލައިގެން އުފައްދާފައިވާ ބަހެކެވެ. ބަހުގެ އަސްލު އައިސްފައި ވަނީ ޔޫނާނީ ނުވަތަ ގްރީސުންނެވެ.

Demo ގެ މާނައަކީ މީހުން ނުވަތަ އިންސާނުން

Cracy ރޫލް / ބާރު

އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން ޤަބޫލުކުރާ ޑިމޮކްރަސީ އަކީ ގުރީކުން އައި ޑިމޮކްރަސީއެއް ނޫނެވެ. މި ޒަމާނާއި ގުޅޭ “އޮރިޖިނަލް ޑިމޮކްރަސީ” އޮތީ އިސްލާމް ދީނުގައެވެ. ޙަޤީޤީ ޑިމޮކްރަސީގައި ފުރަތަމަ އީމާންވާން ޖެހެނީ ﷲ އާއި އެއިލާހުގެ ރަސޫލާمحمد صلّى اللَّه عليه وسلّم އަށާއި ޙާކިމު އަށެވެ. އެއަށް ފަހު ޝޫރާ ގެ ކޮންސެޕްޓް އަދި ޕާލަމެންޓު ކޮންސެޕްޓް އަށެވެ. ޢުމަރުގެ ފާނު ދެއްކެވި ޒަމާނީ ޑިމޮކްރަސީ އަކީ ވެސް މިއީއެވެ. ހުޅަގުގެ ޤައުމުތަކުން ޑިވޮލޮޕް ކޮށްފައިވާ ޑިމޮކްރަސީ އަކީ މީގެ 1400 އަހަރު ކުރިން އައިސްފައިވާ އިސްލާމް ދީނުގެ ޑިމޮކްރަސީ ގެ ތެރެއިން އެވެރިންގަޔާވާ ޤަބޫލުކުރުންތަކާއި ފަލްސަފާ ތަކާއި އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ޝާމިލުވާ ގޮތަށް ތަރުތީބުކޮށް ފައިވާ ޑިމޮކްރަސީއެކެވެ.

އެހެން ނަމަ ވެސް އިސްލާމީ ޤައުމުތަކުގައި ބޮޑަށް އެޕްލައިކުރާތަން ފެންނަނީ ، އޮރިޖިނަލް ޑިމޮކްރަސީ އެއް ނޫނެވެ. ވެސްޓަން ޑިމޮކްރަސީއެވެ. ވެސްޓަން ޑިމޮކްރަސީ ގައި ހުރި އަޞްލު ޑިމޮކްރަސީ އާއި ފުށުއަރާ ކަންކަމުގެ ތެރޭގައި ކިތަމެ ހުތުރު އަދި ފާޙިޝް ކަމަކަށް ވިޔަސް ގިނަބަޔަކު އިއްތިފާޤު ވާނަމަ އެކަމަކީ ހުއްދަކަމެއް ކަމަށް ބަލައެވެ. ހިލޭ އަންހެނާއި ފިރިހެނަކު ރުހިގެން ކުރާނަމަ ޒިނޭ ވެސް ހުއްދައެވެ. ނަޞަބު އޮޅުނަސް ފަރުވާލެއްނެތެވެ. ޒިނޭގެ ސަބަބުން ދެން ނިކުމެދާނެ ނުރަނގަޅު ނަތީޖާ އަކަށް ބެލުމެއް ނެތެވެ.

ހަމަ އެގޮތަށް އެއްޖިންސުން ގުޅުން ހިންގުމާއި މިނޫނަސް ގެއްލުންހުރި ކަންކަމަކީ ވެސް ރުހިގެން ކުރާނަމަ ހުތުރުކަނަކަށް އަދި މަނާކަމެއް ކަމަކަށް ނުބަލައެވެ . ނަމަވެސް އިސްލާމީ ޑިމޮކްރަސީ ގައި (ނުވަތަ އަޞްލު ޑިމޮކްރަސީގައި) ކަމެއްކުރުމަށް ގިނަބަޔަކު އިއްތިފާޤު ވިޔަސް ގެއްލުންހުރިކަމެއް ، ހުތުރުކަންބޮޑު އެއްވެސްކަމެއް ކުރުންހުއްދަވެގެން ނުވެއެވެ.

މިތަނުގައި ، ދުރަށް ނުގޮސް ރާއްޖެއަށް ގެނަސްފައިވާ ޑިމޮކްރަސީ އަށް ބަލާލުން ރަނގަޅެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ގެ ވެރިކަމަށް ފަހު ވެސްޓަން ޑިމޮކްރަސީ އެޕްލައިކުރި ފުރަތަމަ ސަރުކާރަކީ އެމް.ޑީ.ޕީ ގެ ސަރުކާރެވެ . އެސަރުކާރު ގެ ހުންގާނުގައި ހުންނެވީ އޮރިޖިނަލް ޑިމޮކްރަސީ އަށްވުރެ ވެސްޓަން ޑިމޮކްރަސީ އަށް ލޯބި ކުރެއްވި މާލިމީ އެއްކަން ދިވެހިންގެ އިތުރުން އެނޫން މީހުން ވެސް ދަނެއެވެ.

އެހެންކަމުން މަސާޖުޕާލްތައް ނަމުގައި ޖިންސީ ވިޔަފާރިތައް އިތުރުވެ އެއްޖިންސުން ގުޅުން ހިންގުން ވަރިހަމަވެ ، ފާޙިޝްހައިކަމެއް ޕޮރޮމޯޓު ކުރެވިގެން ދިޔައެވެ. އަދި އެފަދަ ކަންކަމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ބާރުދީ ތާއީދުކޮށް ލުއިގޮތް ތައް ފަހިކޮށް ދިންކަން ފާހަގަކުރެވުނެވެ. އިސްލާމީ ދައުލަތްތަކާއި ދުރަށް ޖެހި ދިވެހި ރައްޔިތުން ގެ ރުހުން ހޯދުމަށް ވުރެ ބޮޑަށް ހުޅަގުގެ ރުހުން ހޯދުމަށް މަސައްކަތްކުރި ތަން ފެނުނެވެ. ދީނާއި ދެކޮޅު ސިޔާސަތުތައް އިސްކުރެވުނުތަން ފެނުނެވެ.

ނަތީޖާއަކަށްވީ ވެރިކަމުގެ ސިޔާދަތާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އުނދަގޫ ހާލަތެއް މެދުވެރިވެ ރައްޔިތުންގެ އުތުރި އެރުމަކުން މާލިމީއަށް ހުންގާނު ދޫކޮށްލުމަށް މަޖުބޫރުވުމެވެ .

މިއީ ކޮންމެ ހެޔޮލަފާ ވެރިކަމަކަށް ވެސް ޢިބުރަތެއް ކަމުގައި ފުދޭނެ ކަންކަމެވެ. އޮރިޖިނަލް ޑިމޮކްރަސީ އެންމެ ފަސޭހައިން އެނގެން އޮތީ ނިސާ ސޫރަތުގެ 59 ވަނަ އާޔަތުގައެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.


يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا (سورة النساء 59)
މާނައީ :
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ. (59)

ހެޔޮ ޢަމަލު ކުރުމަށާއި، ނުބައިކަން ބޮޑުވެގެންވާ ޢަމަލުތަކުން ދުރުހެލިވުމަށް މާތް ﷲއާއި، އެކަލާނގެ ރަސޫލާ محمد صلّى اللَّه عليه وسلّم އަށް ކުރައްވާ އަމުރަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. އަދި މުސްލިމުން ކަމުގައިވެ ތިބެ، މާތް ﷲގެ ޝަރީޢަތުގައި ހިފަހައްޓައިގެން ތިބޭ ވެރިންނަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. އެހެނީ، ޚާލިޤުވަންތަ ރަސްކަލާނގެއަށް އުރެދިގެން އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތެވެ

. މާތް ﷲގެ ވަޙީބަސްފުޅު ﴿مِنكُمْ﴾ (ތިޔަބައިމީހުންގެ ތެރެއިންވާ) އަކީ ވެރިންނަކީ މުސްލިމުން ކަމުގައި ނުވާނަމަ، އަދި އެބައިމީހުންނަކީ މާތް ﷲ ގެ ޝަރީޢަތުގައި ހިފަހައްޓާ ބަޔަކު ކަމުގައި ނުވާނަމަ، މުސްލިމުންގެ މައްޗަށް އެބައިމީހުންނަށް ކިޔަމަންވުން ނެތް ކަމުގެ ޞަރީޚަ ދަލީލެކެވެ.

އެހެނީ، މާތް ﷲ ވަނީ ، ހަމައެކަނި ބޭރުފުށުން މުސްލިމުންނަށް ނުވެ، ޙަޤީޤީ މުސްލިމުންނަށް ވުން ޝަރުޠު ކުރައްވާފައެވެ. ތިޔަބައިމީހުންނަކީ ޙަޤީޤަތުގައި ވެސް މުސްލިމުން ކަމުގައި ވަނީނަމަ، ތިޔަބައިމީހުންގެ މެދުގައި ދެބަސްވުން އުފެދޭ ކަންކަމުގައި މާތް ﷲ ގެ ފޮތާއި، އެކަލާނގެ ރަސޫލާ محمد صلّى اللَّه عليه وسلّم ގެ ސުންނަތަށް ތިޔަބައިމީހުން ރުޖޫޢަކުރާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި އެކަމުގެ ނިމުންވެސް މާ ރަނގަޅުވާނެއެވެ.

ލެވަންޑޯސްކީ އާއި ބަލްޑޭއަށް ފައިނަލްގައި ނުކުޅެވޭނެ

މުހިންމު 3 ކުޅުންތެރިން ނެތީސް، ދެއްވަދޫއިން ވިލިނގިލި ބަލިކޮށް ފެށުން ރަނގަޅު ކޮށްފި

ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާޙަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި

Continue Reading

Previous: ނިކޮލަސް މަދޫރޯ – ބަސް ޑްރައިވަރު ކަމުން ވެރިކަމުގެ ތަޚުތަށް
Next: ގްރީންލޭންޑަށް އަރަން އެމެެރިކާ އަށް ޔޫކޭގެ ސަޕޯޓެއް ނުލިބުނު

Related Stories

130EDBC0-6EB7-4529-A323-CFFB8D960E09
  • ކުޅިވަރު

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

admin February 5, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
D9AFF373-B457-41CB-BFF4-5A4961CA3CC0
  • ކުޅިވަރު
  • ޚަބަރު

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

admin January 30, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.