ހިޔުންޑައި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅުނު ފުރަތަމަ މެޗުތަކުން ދެއްވަދޫ މޮޅުވެ ފެށުން ރަނގަޅުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގއ. އަތޮޅުގެ ގްރޫޕް ބީގައި ދެއްވަދޫ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ވިލިނގިއްޔާއެވެ.
މިފަހަރުގެ މުބާރާތަށް ދެއްވަދޫ ޓީމު ނުކުތީ ވަރުގަދަ ސްކޮޑަކާއި އެކުގައެވެ. ދެއްވަދޫ ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުން ވިލިނގިލީގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ.
މި މެޗުގައި ދެއްވަދޫގެ އެންމެ މުހިންމު 3 ކުޅުންތެރިއަކު ނުކުޅެއެވެ. އެ ކުޅުންތެރިން ތިބީ މުބާރާތާއި ބައްދަލުކުރިއިރު ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު ތަމްސީލްކުރަން ޗައިނާގައެވެ.

ދެއްވަދޫ އާއި ވިލިނގިލި ބައްދަލުކުރި މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީވެސް ދެއްވަދޫއިންނެވެ. މިލަނޑު މެޗުގެ 2 ވަނަ މިނެޓުގައި ޖަހައިދިނީ ވިޝާޙް އަބުދުލް މަޖީދެވެ.
ދެއްވަދޫއިން ވަނީ ދެވަނަ ހާފް ފެށިތަނާހެން އިތުރު ގޯލެއް ޖަހާފައެވެ. މި ގޯލު ޖަހައިދިނީ ދެވަނަ ހާފްގެ ދެވަނަ މިނެޓުގައި ނަސޫޙް ސައީދު (ނަސުއްޓޭ) އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާ އަކީ ދެއްވަދޫ ޓީމުގެ ވިޝާޙް ޢަބްދުލް މަޖީދެވެ.
