އިންގްލެންޑަށް އައި ތޫފާން ގޮރެޓީގައި ޖެހުނު ބާރުގަދަ ވައިރޯޅި އެއްގައި ކާރެއްގެ މައްޗަށް ގަހެއް ވެއްޓި އޭގައި އިން މީހަކު މަރުވެއްޖެ ކަމަށް ރިޕޯޓު ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި ކަމަށް މިއަދު އިނގުރޭސި ހަބަރުތަކުން ބުންޏެވެ.
އުމުރުން 50 އަހަރުގެ އެމީހާ ވަނީ އެތަނަށް މަރުވެފައެވެ.
ތޫފާން ގޮރެޓީގެ ސަބަބުން އިނގިރޭސިވިލާތުގެ ބައެއް މަގުތައް ބުލޮކުވެ، އުޅަނދުތައް ހަލާކުވެ، ކަރަންޓް ކެނޑުން ދަފަ ކަންްކަން ރިޕޯޓްކޮށްފައި ވެއެވެ.
ތޫފާން ގޮރެޓީ އަކީ މި ފިނިމޫސުމުގައި އިނގިރޭސިވިލާތަށް އައި އެންމެ ވަރުގަދަ އެއް ތޫފާން ކަމަށް އެ ގައުމުން ބުނެއެވެ
