އީރާނުގެ މުޒާހަރާތަކުގައި ޔަހޫދީ އެކްޓިވިސްޓަކާއި އިތުރު ޔަހޫދީންތަކެއް މަރައިލި ކަމަށް ބުނެ އިސްރާއީލު ސަރުކާރުން ދޮގު ހެދިކަން ފަޅާއަރައިފިއެވެ. އިސްރާއީލުގެ ފަންނާނުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެނޭޖްކުރާ އިސްރާއީލުގެ އެކްޓިވިސްޓެއް ކަމަށްވާ ނޮއިޔާ ޓިޝަން ވެސް އީރާނުގައި ހުއްޓާ މަރާލައިފި ކަމަށް ބުނެ ޔަހޫދީން ވަނީ ޚަބަރު ފަތުރާފައެވެ. ނަމަވެސް އެކަމުގެ ބިތުފަންގި ނެގިއިރު ނަތަންޔާހޫގެ ސަރުކާރުން ހެދީ ބުހުތާނު ދޮގެއް ކަން ވަނީ ފަޅާއަރާފައެވެ. މިކަން ފަޅާއަރުވައިލީ ނަތަންޔާހޫ އާއި އިދިކޮޅު އިސްރާއީލުގެ އަމިއްލަ ޓީވީ ޗެނަލަކުންނެވެ.
އިސްރާއީލުގެ ކަނާތުފިޔައިގެ ކޭމްޕާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ގާތް މީޑިއާތަކުން ބުނީ ތެހެރާނުގެ މަގުތަކުގައި އިސްރާއީލުގެ ބައްޕައަކާއި، 32 އަހަރުގެ އަންހެނުންނާއި، އެމީހުންގެ 29 އަހަރުގެ ރައްޓެއްސަކާއި، 25 އަހަރުގެ މީހަކާއި 15 އަހަރުގެ ކުއްޖަކު މަރައިލީ ސީދާ ޚާމަނާއީގެ އަމުރަށް ކަމަށެވެ.
މީގެ އިތުރަށް އީރާނުން 36،000 މީހުން ވެސް މުޒާހަރާތަކުގައި މަރާލާފައިވާ ކަމަށް އެ ޗެނަލުން ބުނެފައިވާއިރު، މި ރޯ ބުހުތާނު ދޮގުތައް އިސްރާއީލުން ފަތުރަނީ މީސްތަކުންގެ މެދުގައި އީރާނާއި މެދު ހެސްކިޔާފަ ނަފްރަތު އުފައްދާށެވެ. ޚާއްޞަކޮށް އެމެރިކާ މީހުންގެ ހިތްތަކުގައި އީރާނާއި މެދު ނަފްރަތު އުފައްދާފައެވެ.
އިސްރާއީލުގެ އަމިއްލަ މީޑިއާ އަކާއި އެމެރިކާ އިން ހިންގާ ޓިކްޓޮކް ގައި ވެސް ވަނީ އިސްރާއީލުގެ ސޮގު ވާހަކަތައް ބޭޒާރު ވެފައެވެ. ޓިޝަން މަރައިލި ކަމަށް ބުނެ ފެތުރި ވާހަކަތައް ދޮގުކޮށް ސީދާ ޓިޝަން އަމިއްލަ އަށް ވަނީ ވީޑިއޯ އެއްވެސް ދައްކާފައެވެ.
“އަހަރެން މިހުރީ ގޭގައި. ބައިގަޑިއިރު ފަހުން ޓްރެއިނިން އަށް ދާން ޖެހޭ،” ޓިޝާ ބުނެފައި ވެއެވެ.
އިސްރާއީލު ޗެނަލަށް ދިން އިންޓަވިއުއެއްގައި ޓިޝަން ބުނީ އީރާނުގައި އޭނާގެ ގާތްތިމާގެ މީހުން ނުވަތަ ދަންނަ މީހަކު ވެސް ނެތް ކަމަށާއި، އީރާނުގައި އޭނާ މަރައިލި ކަމަށް ބުނެ ދޮގު ވާހަކަތައް ފެތުރި މީޑިއާތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ބޭނުންވާ ކަމަށެވެ.
އެމެރިކާ އާއި ޔަހޫދީން އަޑީގައި ތިބެ އީރާނާއި ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރާތީވެ ތެހެރާނު ސަރުކާރުން ވަނީ އެ ޤައުމުން އިންޓަނެޓް ކަނޑާލާފައެވެ. އެހެން ކަމުން އީރާނުގެ މުޒާހަރާ ތަކާއި ގުޅޭ ތެދު ޚަބަރު ހޯދުމަކީ ދަތި ކަމެކެވެ. އެމެރިކާގައި ހުންނަ އިންސާނީ ހައްގުތަކާ ބެހޭ އިދާރާ އިން ރިޕޯޓްކޮށްފައިވާ އީރާނު މުޒާހަރާތަކުގައި ގޮތުގައި 5،459 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ފުލުހުންގެ ދިހަވަރަކަށް މީހުން ވެސް ހިމެނެއެވެ.
