Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރުހުނަސް ނުރުހުނަސް ގްރީންލޭންޑު އަތުލާނެ ކަމަށް ބުނެ ޓްރަމްޕު އިންޒާރު ދީފި
  • ޚަބަރު

ރުހުނަސް ނުރުހުނަސް ގްރީންލޭންޑު އަތުލާނެ ކަމަށް ބުނެ ޓްރަމްޕު އިންޒާރު ދީފި

admin January 10, 2026
IMG_9172

ވޮޝިންޓަނުން ފިޔަވަޅެއް ނާޅައިފިނަމަ ގްރީންލޭންޑް ރަޝިޔާގެ ނުވަތަ ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ވެއްޓިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ، ވައިޓް ހައުސްގައި ތެލާއި ގޭސް އުފައްދާ ކުންފުނިތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.


“އަހަރެމެން މިއުޅެނީ ގްރީންލޭންޑަށް ކަމެއް ކުރަން، އެމީހުންނަށް ކަމުދިޔަޔަސް ނުދިޔަޔަސް،” ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ އަކީ “ޑެންމާކުގެ ފޭނެއް” ކަމަށާއި ނަމަވެސް ގްރީންލޭންޑުގެ ސަރުކާރާ އެކު “ޑީލް ހަދަން ބޭނުންވާ” ކަމަށް ފާހަގަކުރެއްވިއެވެ. ރީތި ގޮތުގައި ވިޔަސް ނުވަތަ ހުތުރު ގޮތުގައި ވިޔަސް އެކަން ކުރަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.


ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު ވެނެޒުއެލާގައި ރައީސް ނިކޮލަސް މަޑޫރޯ އަތުލައިގަތް އަސްކަރީ އޮޕަރޭޝަނަށް ފަހު، އެމެރިކާގެ ރައީސް ވަނީ އެމެރިކާގެ ސަލާމަތަށްޓަކައި، އެމެރިކާގެ ދަށަށް ގްރީންލޭންޑް ގެންނަން ބޭނުންވާކަން ތަކުރާރުކޮށްފައެވެ.


ގްރީންލޭންޑުގައި ނޭޓޯގެ ސިފައިން އިތުރުކުރުމަށް ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލަފް ޝޯލްޒް މިދިޔަ އަހަރު ގޮވައިލެއްވިކަން ވެސް ފާހަގަ ކުރެވެއެވެ. އޭނާ އެގޮތަށް ގޮވައިލެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑް ގަތުމަށް 2019 ވަނަ އަހަރު ހުށަހެޅުއްވި ހުށަހެޅުމާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުންނެވެ. އޭރު ޑެންމާކުން ވަނީ ގްރީންލޭންޑަކީ ވިއްކާ ތަނެއް ނޫން ކަމަށް ބުނެ ދެކޮޅު ހަދާފައެވެ.


އަދި ހުސްވި ހަފްތާގައި ޑެންމާކުން ބުނެފައިވަނީ ގްރީންލޭންޑު އަތުލަން ބަޔަކު އުޅޭ ނަމަ އެ ބަޔަކާއި ދެކޮޅަށް ޙަމަލާ ދޭނެ ކަމަށެވެ. އެ ބަޔަކާއި އެކު ވާހަކަ ދައްކާނީ ވެސް އޭގެ ފަހުން ކަމަށް ޑެންމާކުން އިންޒާރު ދިނެވެ. މިއީ ޑެންމާކުން އެމެރިކާ އަށް ދިން ނުސީދާ އިންޒާރެކެވެ.


މޫސުމަށް އަންނަ ބަދަލުތަކާއި ގަނޑުފެން ވިރިގެން ދިއުމުގެ ސަބަބުން ގްރީންލޭންޑުގެ ސަރަހައްދުގެ ސަލާމަތާއި ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް އުފެދިފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.

އެމެރިކާގެ މަނަވަރުތައް ފެތި ހަފުސްވެ ބޭޒާރުވެދާނެތީވެ ކަޑަވެގެން މަޝްވަރާ ކުރެވޭތޯ ބަލަނީ - އިންޓެލ...

އިނގިރޭސި ސަފީރު އިސްލާމް ވެއްޖެ

ރައީސްގެ ކޮމިޝަނަށް ބަދަލުތަކެއް

Continue Reading

Previous: ލިވަޕޫލާއި އާސެނަލް މެޗު ނިންމާލީ ޕޮއިންޓަކުން
Next: އީރާނުގެ ވެރިކަން ވައްޓާލައި ޤައުމާއި ޙަވާލުވާނީ އެމެރިކާގައި ހުރި މީހަކު ކަމަށް އިޢުލާން ކޮށްފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.