Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ލިވަޕޫލާއި އާސެނަލް މެޗު ނިންމާލީ ޕޮއިންޓަކުން
  • ބޭރު ކުޅިވަރު

ލިވަޕޫލާއި އާސެނަލް މެޗު ނިންމާލީ ޕޮއިންޓަކުން

admin January 9, 2026
arsenal-liverpool-772463

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އާސެނަލް އިން ވަނީ ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ހަތަރު ހަމަލައެއް ފޮނުވާލާފަ އެވެ.

މި މެޗަށް އާސެނަލް ނިކުތްއިރު އަނިޔާގެ ސަބަބުން ހޫގޯ އެކިޓީކޭ އަށް ވަނީ މި މެޗުގައި ކުޅެވޭ ގޮތް ނުވެފަ އެވެ.އާސެނަލް އިން މި މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް މި ހާފުގައި އެންމެ ރަގަޅު ފުރުސަތެއް ލިބިފައިވަނީ އާސެނަލް އަށެވެ. އެ ޓީމުގެ ޑިފެންޑަރ ބްރޭޑްލީ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

މިދިޔަ ބުދަ ދުވަހު އެސްޓަން ވިލާ އާއި މެންޗެސްޓަރ ސިޓީ ކުޅުނު މެޗު އެއްވަރުވުމާއިއެކު މި މެޗަށް އާސެނަލް އިން ނިކުމެފައިވަނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނެގުމަށެވެ.ނަމަވެސް މި މެޗު އެއްވަރުވުމާއިއެކު އާސެނަލް އަށް މިހާތަނަށް ކުޅުނު 21 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 43 ޕޮއިންޓެވެ.

ލިވަޕޫލް އަށް 21 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.ލިވަޕޫލް އަށް މި މެޗުން ޕޮއިންޓެއް ލިބިފައިވާއިރު އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުވެސް ބަލިނުވެ ނިންމާލާފަ އެވެ.

ރިއަލް މެޑްރިޑްގެ އުންމީދުތައް ފުނޑާލައި، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އާސެނަލް

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

ބަސް ވިކޭނެއޭ ބުނި އަމޯރިމް، ޔުނައިޓެޑުން ބޭރުކޮށްލައިފި

Continue Reading

Previous: އެތްލެޓިކޯ ބަލިކޮށް ރެއާލް މެޑްރިޑް ފައިނަލަށް
Next: ރުހުނަސް ނުރުހުނަސް ގްރީންލޭންޑު އަތުލާނެ ކަމަށް ބުނެ ޓްރަމްޕު އިންޒާރު ދީފި

Related Stories

1CD68552-ED1C-4053-B0E0-B9EDAF092B0F
  • ބޭރު ކުޅިވަރު
  • ޚަބަރު

ހިލޭ އަންހެނެއްގެ ގައިގައި މާނޭ ބައްދާލީ ލޯބިވާ އަނބިކަނބަލުން އެދިގެން

admin February 3, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
FC0F7476-372C-4B53-9027-165EBA1C6A46
  • ބޭރު ކުޅިވަރު

ގޯލު ނުޖަހާ އެކަކުވެސް ނެތް، އެންމެން ދައްކަނީ ރާއްޖެ ގަދަ ވާހަކަ

admin January 17, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.