އިނގިރޭސިވިލާތުން ސައޫދީއަށް ކަނޑައަޅާފައިވާ ސަފީރު ސައިމަން ކޮލިސް (Simon Collis) إسلآم ދީން ޤަބޫލުކުރައްވައިފިއެވެ.
އިސްލާމް ދީން ޤަބޫލުކުރެއްވުމަށް ފަހު އެމަނިކުފާނަށްވަނީ مدینہ منورہ مسجدِ نبوي އަށް ޒިޔާރަތްކުރެއްވުމުފެ ނަޞީބު ލިބިވަޑައިގެންފައެވެ.

ހިދާޔަތަކީ މީހަކު ދެއެއްޗެއް ނޫންކަމެވެ. ހިދާޔަތުގެ ނޫރަކީ ﷲ ގެ ޙަޞްރަތުން ލިބޭ އެއްޗެއްކަމާއި ، ވަގުތު ޖެހުމުން ޙައްޤުގެ އަލިކަން ޚުދު އެމީހެއްގެ ހިތަށް ފޯރާނެކަމެވެ.
ﷲ އެމަނިކުފާނު ގެ ފައިތިލަ އިސްލާމްކަން މަތީ ޘާބިތުވެ ލަހައްޓަވާށިއެވެ. އެމަނިކުފާނުގެ އެ ނިންމެވުމަކީ ، ދުނިޔެއާއި އާޚިރަތުގައި އެމަނިކުފާނަށް ބަރަކާތްލިބުމުގެ ސަބަބެއްކަމުގައި ލަހައްޓަވާށިއެވެ. آمين
