ވެނެޒުއެލާގެ ތެރޭގައި ޖާސޫސްކޮށް، ރައީސް ނިކޮލަސް މަދޫރޯ ސީދާ އުޅުއްވާ ތަން ހޯދުމަށްފަހު އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަގައިގެން ގެންގޮސް ޤައުމުން ވެސް ބޭރުކޮށްލުމަށްފަހު އެމެރިކާގެ އަސްކަރީ ޖަލެއްގައި ބަންދުކޮށްފިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މަދޫރޯގެ ވެރިކަން މިހާރު ނިމުނީ ކަމަށާއި މީގެފަހުން ވެނެޒުއެލާ ހިނގާނީ އެމެރިކާގެ ދަށުންނެވެ.
ޓްރަމްޕް ވިދާޅުވީ ވެނެޒުއެލާގެ ވެރިކަން އިންސާފުވެރިކަމާއި އެކު (އިންތިޚަބަކުން) އެހެން ފަރާތަކާއި ޙަވާލުކުރަންދެން އިންތިޤާލީ މަރުޙަލާގައި ވެނެޒުއެލާގެ ކަންކަން ބަލަހައްޓަނީ އެމެރިކާގެ ސަރުކާރުންނެވެ.
ޓްރަމްޕް ވަނީ ދުނިޔޭގެ ތެޔޮ ކުންފުނިތައް ވެސް ވެނެޒުއެލާއަށް ދިޔުމަށް ގޮވާލާފައެވެ. ވެނެޒުއެލާ އަކީ ދުނިޔޭގައި ފާހަގަ ކުރެވިފައިވާ އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ޤައުމެވެ.
ޓްރަމްޕް ބޭނުންވަނީ ވެނެޒުއެލާގެ ވެރިކަމަށް މާރިއާ ކޮރީނާ މަޗާޑޯ ގެންނާށެވެ. އަދި އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

