ނޮވެމްބަރުާއި ޑިސެމްބަރުމަސް ތެރޭ މާލެ ސަރަހައްދުން އެކަނި 243 އަށް ވުރެ ގިނަ ވަރި ކޮށްފިއެވެ.
ފެމިލީ ކޯޓުން ބުނީ ނޮވެމްބަރުމަހު 169 ކައިވެނި ކޮށްދީފައިވާއިރު 108 ކައިވެންޏަކުން 216 މީހުން އަނބިފިރިކަމުގެ މާތް ގުޅުން ކަނޑާލި ކަމަށެވެ. މިދިޔަ އޮކްޓޯބަރު މަހުގައި ވެސް 135 ވަރި ކޮށްފައިވައެވެ.
ރާއްޖޭގައި ވަރީގެ ނިސްބަތް އިތުރުވަމުން ދިޔުމުގެ އެންމެ ބޮޑު މައްސަލަ އަކި ކައިވެނީގެ ހަގީގީ ދިރިއުޅުމުން ބޭރުން ކަންކަން ކުރުމެވެ.
ހެދިފައިވާ ބައެއް ސާވޭތަކުން އެނގޭ ގޮތުގައި “އޮފީސް ލޯބި” އުފެދުމުގެ ސަބަބުން ވެސް ވަރަށް ގިނަ ބަޔަކު ވަނީނކުރީގެ ކައިވެނި ރޫޅަލާފައެވެ.
ފެމިލީ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ނޮވެމްބަރުގައި ގޮތުގައި ކުޑަކުދީންނާއި ގުޅުން ހުރި 12 މައްސަލައެއް ނިންމާފައިވާ އިރުގައި، ޚަރަދުގެ 17 މައްސަލައެް ވަނީ ނިންމާފައެވެ.
