Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޔުކްރެއިންގެ ސޫމީ ސަރަޙައްދުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
  • ޚަބަރު

ޔުކްރެއިންގެ ސޫމީ ސަރަޙައްދުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

admin September 16, 2025
FILE PHOTO: Italian President Mattarella meets with Ukrainian President Zelenskiy at Quirinale Palace

FILE PHOTO: Ukrainian President Volodymyr Zelenskiy speaks during a meeting with Italian President Sergio Mattarella at Quirinale Palace, in Rome, Italy, July 9, 2025. Italian Presidency Press Office/Paolo Giandotti/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY/File Photo

ޔޫކްރެއިންގެ އުތުރުގައި އޮންނަ ސޫމީ ސަރަޙައްދާއި ރަޝިޔާއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައިވާ ރަށްތަކުގައި ޔޫކްރެއިންގެ ލަޝްކަރުތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މީގެ މަސްތަކެއް ކުރިން ރަޝިޔާއިން ފެށި ކެމްޕޭނެއްގެ ދަށުން އެ ސަރަޙައްދުގެ ބައެއް ރަށްތަކަށް ރަޝިޔާގެ ފައުޖުތަކުން ވަނީ އަތްގަދަ ކޮށްފައެވެ. ނަމަވެސް، އެ ސަރަޙައްދުތަކުގައި ބާރުގަދަ ކުރުމަށް ރަޝިޔާގެ ފައުޖުތަކުން ކުރަމުންދާ މަސައްކަތްތައް އަދިވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.


ރަޝިޔާއާއި ޔޫކްރެއިންގެ ސޫމީއާ ގުޅޭ ސަރަޙައްދީ ރޮނގުގެ ސަރަޙައްދުތަކަށް އަތްގަދަ ކުރުމަށް ރަޝިޔާއިން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ ސަރަޙައްދުތަކުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާގެ ސިފައިން ފަހަތަށް ޖައްސަމުންދާ ކަމުގައި ރައީސް ޒެލެންސްކީ ވަނީ ހާމަކުރައްވާފައެވެ. “ސޫމީ ސަރަޙައްދުން ރަނގަޅު ނަތީޖާތަކެއް ދަނީ ލިބެމުން،” އޭނާ ވިދާޅުވިއެވެ.


ޔޫކްރެއިންގެ އިރުމަތީގެ ބައެއް ސަރަޙައްދުތަކަށް ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފައިވާއިރު، 1,000އެއްހާ ކިލޯމީޓަރަށް ދެމިގެން ގޮސްފައިވާ ހަނގުރާމައިގެ ކުރީ ސަފުގައި ދެ ޤައުމުގެ ސިފައިން ދަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރަމުންނެވެ. ޔޫކްރެއިންގެ އަސްކަރީ އިސް ކޮމާންޑަރު އޮލެކްސާންދްރް ސިރްސްކީއާ ޙަވާލާ ދެއްވައި ރައީސް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ދޮންޏެސްކާއި ޚަރްކިވްގެ ސަރަޙައްދުތަކުގައި ޔޫކްރެއިންގެ ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައެވެ.


މި މޭރުމުން ޒެލެންސްކީ ވާހަކަފުޅު ދައްކަވާފައި މިވަނީ، ޔޫކްރެއިންގެ މައި ސަރަޙައްދެއް ކަމުގައިވާ ނީޕްރޯޕެތުރޮވްސްގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރަޝިޔާއިން ވެސް ބުނަމުންދާ ދަނޑިވަޅެއްގައެވެ. ޔޫކްރެއިންގެ އިރުމަައްޗަށް އަތްގަދަ ކޮށްފައިވާ ރަޝިޔާގެ ފައުޖުތަކުން ކުރިއެރުންތަކެއް ހޯދަމުންދާ ކަން މި ހަނގުރާމައިގެ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މި ގޮތުން، ދޮންބާސް ސަރަޙައްދުގެ ދޮންޏެސްކާއި ލުހާންސްކްގެ އިތުރު އަވަށްތަކެއް ވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.


ޔޫކްރެއިންގެ މައި ހަތަރު ސަރަޙައްދެއްގެ ގިނަ ރަށްތަކަކާއި އަވަށްތަކެއް މި ވަގުތު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި ދޮންޏެސްކް، ލުހާންސްކް، އަދި ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަން ހިމެނެއެވެ. “އަޅުގަނޑުމެންގެ ފައުޖުތަކުން ދަނީ ސަރަޙައްދީ ރޮނގާ ދިމާލަށް ދަތުރު ކުރަމުން،” ޔޫކްރެއިންގެ ސިފައިން ކުރިއެރުންތަކެއް ހޯދަމުންދާ ކަން ހާމަކުރައްވައި ޒެލެންސްކީ ވިދާޅުވިއެވެ.


ދެ ޤައުމުގެ ދެމެދުގައި ‘ބަފަރ ޒޯނެއް’ ނުވަތަ ރަޝިޔާގެ ކޮންޓުރޯލުގެ ދަށުގައި އޮތް ސަރަޙައްދެއް ކަނޑައެޅުމަށް ކްރެމްލިނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކެމްޕޭނުގެ ދަށުން ސޫމީގެ އިތުރުން އެ ސަރަޙައްދުގައިވާ ރަށްތަކަށް ރަޝިޔާއިން ދަނީ މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ސޫމީގެ އިތުރުން ޚަރްކިވްގެ އިރުއުތުރުގައި އޮތް ކޫޕިއަންސްކަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ރަޝިޔާގެ ސިފައިންނަށް އަމާޒުކޮށް ޔޫކްރެއިންގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ.


ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ރަޝިޔާއިން ބުނީ، ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް މަޖުބޫރުވީ ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އާ ގުޅުމަށް ކުރަމުން ދިޔަ މަސައްކަތްތައް ޔޫކްރެއިނުން ހުއްޓައިނުލުމުން ކަމުގައެވެ. ނޭޓޯއަކީ ރަޝިޔާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. ނޭޓޯގެ މެންބަރު ޤައުމުތަކުން ދަނީ ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އެމެރިކާއެވެ.

ޝައިޚް އަޒީބެ އަށް ސްޓްރޯކެއް ޖެހިއްޖެ، ހެދި ދުޢާ ކޮށްދީ!

އިންޑިއާގައި ފުލައިޓެއް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެ

ކުއްލި ޚަބަރު: އިސްރާއީލާއި އެމެރިކާގެ 47 ޖާސޫސުން އިރާނުން ހައްޔަރުކޮށްފި

Continue Reading

Previous: މީޑިއާ ބިލް ހިނގާނީ ރެޖިސްޓަރޑް މީޑިއާ ތަކަށް އެކަނި
Next: މީޑިއާ ބިލު ޤާނޫނުއަސާސީއާއި ތަޢާރުޒުނުވާ ކަމަށް ކައުންސެލަރ ޖެނެރަލް ވިދާޅުވެއްޖެ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.