ދީނީ އިލްމުވެރިޔާ އައްޝައިހު އަބްދުލް އަޒީޒް ހުސައިން (އަޒީބެ)އަށް ސްޓްރޯކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ.
އަޒީބެއަށް ސްޓްރޯކެއް ޖެހިފައިވާ ކަން ހާމަކޮށް އަޒީބެގެ ދަރިފުޅު އަހްމަދު ކުމައިލް ވަނީ ފޭސްބުކްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. އެ ޕޯސްޓްގައި ބުނެފައިވަނީ އަޒީބެއަށް ސްޓްރޯކެއް ޖެހި މިވަގުތު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ.އަދި އަޒީބެގެ ސިކުނޑީގެ ނާރެއް ފިތިފައިވާ ކަމަށާއި އެންމެހާ ފަރާތްތަކުން ހެޔޮ ދުއާ ކޮށްދިނުމަށް ވެސް އެ ޕޯސްޓުގައި އެދިފައިވެއެވެ.
އަޒީބެއަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު އިލްމުވެރި އެކެވެ.
