Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ފަލަސްތީނާމެދު އަރަބީންގެ ދެއްކުންތެރިކަން
  • ރިޕޯޓް

ފަލަސްތީނާމެދު އަރަބީންގެ ދެއްކުންތެރިކަން

އަލްއުސްތާޛް ޢަލީ އާދަމް April 15, 2025
IMG_4865

ފަލަސްޠީނުގެ ބިންތައް ފޭރުމަށް އިޒްރޭލުން ލޭއޮހޮރުވާތާ ޤަރުނެއްވަނީ އެވެ. އެކަމާ ނުރުހި ކުށްވެރިކޮށް މުސްލިމުން މުޒާހަރާކޮށް ޖަލްސާ ތަކާއި ކޮންފަރެންސް ތައް ބާއްވައި ، ބަޔާންތަކާއި ޤަރާރުތައް ނެރޭތާ ވެސް ޤަރުނެއް ވަނީއެވެ، އިޒްރޭލުން ކުރާކަމެއް ކުރެއެވެ، އެމެރިކާ އާއި ފްރާންސް ، އިނގިރޭސިވިލާތާއި ޖަރުމަނާއި އިޓަލީ އާއި ޕޮލެންޑާއި ހަންގޭރީ އާއި މިނޫނަސް މުސްލިމުންގެ މައްޗަށް ޢަދާވާތްތެރިކަން ގެންގުޅޭ ހުޅަގުގެ ޤައުމުތަކުން ، ފާޅުގައި އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދެއެވެ، ފަލަސްޠީނު ގެ ރައްޔިތުން ޔަހޫދީން ގެ އަޅުވެތިކަމުން ސަލާމަތްވުމަށް ޖިހާދު ކުރަމުން އަންނަތާ ޤަރުނަކާ ގާތަށް ދަނީއެވެ،

ނަމަވެސް މިނިވަން ވެވޭގޮތެއް ނުވިއެވެ، މިކަން މިގޮތަށް އޮތްއިރު ، އިންޑޮނޭޝިޔާގެ ކްރިސްޓިޔަނުން ދައުލަތެއް އުފެއްދުމަށް މަސައްކަތް ފެށިތާ 2 އަހަރު ވީތަނާހެން އީސްޓިމޯރު ކިޔާ ކްރިސްޓިޔަނު ދައުލަތެއް ހުޅަގުގެ އިސްތިޢުމާރީ ބާރުތަކުގެ އެހީތެރިކަމާއެކު އުފަންކުރުވިއެވެ. ހަމަ އެގޮތަށް ސޫދާނުގެ ކްރިސްޓިއަނުންނަށް ވެސް ދައުލަތެއް އުފަންކޮށް ދިނެވެ،

ނަމަވެސް ފަލަސްޠީނުގެ ދައުލަތެއް ، ބަރުމާގެ މުސްލިމުންނަށް ދައުލަތެއް ، ފިލިޕީންސްގެ މެންޑަނާއޯ ޖަޒީރާ ގެ މުސްލިމުންނަށް ދައުލަތެއް ، ޖުއްމޫކަޝްމީރުގެ މުސްލިމުންނަށް ދައުލަތެއް އުފެއްދިޔަކަ ނުދިނެވެ، އެއިން ކޮންމެ ބަޔަކަށް އެހީވާ މީހަކު ނުވަތަ ބަޔަކާއި ސަރުކާރަކަށް ލިބެނީ ޓެރަރިސްޓުންގެ ލަޤަބެވެ،

އެހެންކަމުން ، މިކަންކަމާއި މިސަބަބުތައް މިގޮތަށް ހުރުމުން އިސްލާމީ ޤައުމުތަކުން ފަލަސްޠީނުގެ މުޖާހިދުންނަށް ހަތިޔާރު ފޯރުކޮށް ނުދޭންވީ ސަބަބެއް އަދި އެކަމަށް އުޒުރެއް އޮވެގެން ވާނެކަމަކަށް އަހުރެންގެ ނިކަމެތި ބުއްދި އަކަށް ނުވިސްނެއެވެ،

މުޒާހަރާ ކުރުމަކީ އިޒްރޭލުގެ ޖަރީމާތަކަށް ނުރުހޭކަން ދެއްކުމެވެ، އެކަމުން އިޒްރޭލަށް އަސަރެއް ނުކުރާނަމަ ޤަޠުލު ޢާއްމުތައް ހިންގާ ވަގުތު ބޭނުންވާނީ ، ހަތިޔާރު ފޯރު ކޮށް ދިނުމެވެ، މުޒާހަރާ ކުރެވިއްޖެއެވެ، ފޫހިވެ މާޔޫސްވެ އިންސާނިއްޔަތަށްޓަކާވެސް ހަތިޔާރު ފޯރުކޮށްދިނުން އިސްލާމީ ދައުލަތްތަކުގެ ސަރުކާރުތަކުގެ މައްޗަށް ލާޒިމު ނުވާނެ ހެއްޔެވެ،؟

ފަލަސްޠީނުގެ މުޖާހިދުންނަށް އެހީތެރިވާންވީ ހަމައެކަނި މުސްލިމުންނަށް ވީތީއެއް ނޫނެވެ، އެއީ މުޅި އިންސާނިއްޔަތަށްޓަކައި ވެސް ކުރަންޖެހޭ ކަމެކެވެ، އިސްމީ އުއްމަތަކީ މީހާ އުފަންވި ޤައުމަކަށް ނަޞަބަކަށް ކުލައަކަށް ބެލުމެއް ނެތި އިޙްސާންތެރިވެ ހަމްދަރުދީގެ އެހީތެރިވުމަށް ބާރުއަޅާ ދީނެވެ، ޙައްޤާއި ބާޠިލު ހ ވަކިކޮށްދޭ ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ ،

ފަލަސްޠީނުގެ ރައްޔިތުން ސަލާމަތް ކުރުމުގެ ޘައުޤުވެރިކަމެއް ، ފަލަސްޠީނާއި ޖެހިގެން އޮތް އެއްވެސް ޢަރަބި ޤައުމެއްގެ ވެރިއެއްގެ ހިތަކު ނެތެވެ، އެއަށްވުރެ ބޮޑަށް އެބައި މީހުންގެ ޣީރަތްތެރިކަން ވަނީ ގެއްލިފައެވެ، ރައްޔިތުން ބައިވެރިކުރުމެއް ނެތި ހިންގާ އަމިއްލަ ވެރިކަން ހިމާޔަތް ކުރުމަށްޓަކައި އަމިއްލަ ޤައުމުގެ ރައްޔިތުންގެ މައްޗަށް ހިންގާ ލާއިންސާނީ އަނިޔާތައް ކުޑައެއް ނޫނެވެ ، އެހެންކަމުން ރައްޔިތުންގެ އިޙްސާސްތަކަށް އިޚްތިރާމު ކުރުމުގެ އާދައަކީ މިއަދުގެ ޢަރަބި ދައުލަތްތަކުގެ ވެރިންގެ ކިބާގައި ނެތް އެއްޗެކެވެ، ދެއްކުންތެރިކަމުގެ ގޮތުން ބޭރުފުށުން ކުރާކަމެއް ނޫނީ ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކުން ނުކުރެއެވެ. މިއީ ޢަރަބިންގެ ބިންތަކާއި ޤައުމުތައް ހުޅަނގުގެ ޤައުމުތައް ބޭނުންވާހާ ފަސޭހައިން އެވެރިންނަށް އިސްތިޢުމާރު ކުރެވުނު އަޞްލު ސަބަބެވެ.

ޙަމާސް ނައްތާލުމަށްވުރެ އެމެރިކާއާއި އިސްރާއީލުގެ ސިޔާސަތު މާ ނުރައްކާ!

އީރާނުން އެމެރިކާގެ ބޭސްތައް ފުނޑާލާވަރުގެ ނުރައްކާތެރި ހަތިޔާރު ހޯދައިފިކަމަށް ބުނެ އެމެރިކާ ފަހަތަ...

“މޯލްޑިވްސް2.0”އާއި ބެހޭގޮތުން އޮޅުވާނުލާ! އީ-ވޯޓިން އަކަށް ދާކަށް ނޫޅޭ

Continue Reading

Previous: ރައީސް މުޢިއްޒުގެ އަގުހުރި ޖިހާދަށް ތަޢުރީފް އޮހެނީ
Next: އެމްޑިޕީގެ މައްސަލަ އ.ދ އަށް

Related Stories

Screenshot_20260310-165248
  • ރިޕޯޓް

ބައިނަލްއަޤްވާމީ ޤާނޫނުގައި ޠަބައީ ރަށްވެހީންނާއި އިސްތިޢުމާރީ ބީރަށްވެހީންގެ ތަފާތު – ފޯޅަވަހީގެ ތާރީޚީ ރަށްވެހީންނާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ޙައްޤާ ގުޅޭ ޤާނޫނީ ނަތީޖާތައް

admin March 10, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
C87CAEA1-7913-446C-BA9D-01FE7A6B07C8
  • ރިޕޯޓް
  • މީހުން

ޚާމަނާއީ މަރުވީ ހެދުނު ޅައެއްޗަކުން

admin March 1, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.